Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސޯނޫ ނިގަމް

ބަންގިއާ ހެދި އުނދަގޫވާ ކަމަށް ސޯނޫ ނިގަމް ބުނުމުން ޓްވިޓާ ކެކިއަރައިފި

ސޯނޫ ނިގަމް އަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 17 އެޕްރީލު 2017 | ހޯމަ 14:53
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް

މުސްލިމަކަށް ނުވިޔަސް ކޮންމެ ދުވަހަކު ފަތިހު ބަންގިގޮވާ އަޑު އިވުމުން ނިދިން ހޭލަންޖެހޭތީ ވަރަށް އުނދަގޫވާ ކަމަށް ބުނެ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ކުރި ޓްވީޓަކާ ގުޅިގެން ގިނަ ބަޔަކު އޭނާ އަށް ފާޑުކިޔަން ފަށައިފިއެވެ.

ސޯނޫގެ މި ޓްވީޓާ އެކު ޓްވިޓާ ކެކިއަރާފައިވާ އިރު ބޮލީވުޑްގައި ވެސް ވަނީ މި މައްސަލައިގަ ދެބައި ވެފައެވެ.

ހޯމަ ދުވަހު ހެނދުނު ސޯނޫ ކުރި ޓްވީޓްތަކެއްގައި ވަނީ އިންޑިއާގެ މިސްކިތްތަކުގައި ލައުޑް ސްޕީކަރު ހަރުކުރަންޖެހޭތޯ ސުވާލު އުފައްދާފައެވެ. އަދި އެއީ ގަދަބާރުން އަޅުކަންކުރުވުން ކަމަށް ސިފަކޮށްފައި ވެއެވެ. އަދި އަޑުގަދަކޮށް ބަންގިގޮވުން ހުއްޓުވަންޖެހޭ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ސޯނޫ ކުރި އެހެން ޓްވީޓެއްގައި ބުނެފައި ވަނީ މުހައްމަދުގެ ފާނުގެ ޒަމާނުގައި ކަރަންޓް ވެސް ނުހުންނަ ކަމަށެވެ. އެހެން ކަމުން މި ޒާމާނުގައި އޭނާ އެ އަޑުތައް ކޮންމެހެން ތަހައްމަލުކުރަންޖެހެނީ ކީއްވެތޯ ވެސް ވަނީ ސުވާލު އުފައްދާފައެވެ. މިސްކިތްތަކެކޭ އެއްގޮތަށް ފައްޅިތަކާއި އަޅުކަންކުރާ އެހެން ތަންތަނުގައި ވެސް ލައުޑްސްޕީކަރު ބޭނުންކުރަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ފަހުން ކުރި ޓްވީޓެއްގައި ސޯނޫ ބުނެފައި ވެއެވެ. އަދި ދީން ގަބޫލުނުކުރާ މީހަކަށް އެ އަޑުތަކާ ހެދި ނިދި ގެއްލެންޖެހެނީ ކީއްވެތޯ ވެސް ވަނީ ސުވާލު އުފައްދާފައެވެ.

ރީތި އަޑަކާ އެކު އެތައް އަހަރުތަކެއް ވަންދެން ލަވައިގެ ދުނިޔޭގައި ރަސްކަންކުރަމުން އަންނަ ސޯނޫގެ މި ޓްވީޓްތަކާ ގުޅިގެން އޭނާގެ ސަޕޯޓަރުން ވެސް ވަނީ ރުޅިގަދަވެފައެވެ. ހާއްސަކޮށް އޭނާގެ ލަވަތަކަށް ސަޕޯޓްކުރާ މުސްލިމުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. އަދި އޭނާ ބޮއިކޮޓްކުރުމަށް ދަނީ ގޮވާލަމުންނެވެ.

މަޝްހޫރު ބައެއް ފަރާތްތަކުން ވެސް މި ޓްވީޓްތައް ރައްދު ދީފައެވެ. އެ ގޮތުން ބައެއް ފަރާތްތަކުން ބުނެފައި ވަނީ ތަނެއްގައި ދިރިއުޅޭ އިރު މުޖުތަމައުގައި އުޅޭ ހުރިހާ ފަރާތްތަކެއްގެ އިހްސާސް ދެނެގަންނަންޖެހޭ ކަމަށާއި އަޑުގަދަވެފެން އުނދަގޫވާ ނަމަ ހުއްޓަންޖެހޭ މާ ގިނަ ކަންކަން އެބަހުރި ކަމަށާއި އެ ގޮތުން ކާރުގެ ބަރުގޮނާއި އެނޫން ވެސް އިންޑަސްޓްރިއަލް މަސައްކަތްތަކާއި އަޑު ގަދަވާ ހުރިހާ ހަރަކާތެއް ހުއްޓަންޖެހޭ ކަމަށް އެ ފަރާތްތަކުން ބުންޏެވެ. އަދި އިންޑިއާއަކީ ޑިމޮކްރެޓިކް ގައުމެއް ކަމަށާއި އެކި ދީންތަކުގެ މީހުން އުޅޭ އިރު އެކަމަށް އިހްތިރާމްކުރަންޖެހޭ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޮޑެލިންގ ކެރިއާގެ ކުރީކޮޅު 'ނޯޒް ޖޮބް'އެއް ހެދިކަމަށް ޓައިރާ ބޭންކްސް އެއްބަސްވެއްޖެ!

މޮޑެލިންގ ކެރިއާގެ ކުރީކޮޅު 'ނޯޒް ޖޮބް'އެއް ހެދިކަމަށް ޓައިރާ ބޭންކްސް އެއްބަސްވެއްޖެ!

29 މާރިޗު 2018
އެކްޓަރަކަށް ވާން ބޭނުން ކަމަށް ބުނުމުން ބައެއް މީހުން މަލާމާތްކޮށް ހެދި: ސިދާތު މަލޯތުރާ

އެކްޓަރަކަށް ވާން ބޭނުން ކަމަށް ބުނުމުން ބައެއް މީހުން މަލާމާތްކޮށް ހެދި: ސިދާތު މަލޯތުރާ

27 ޑިސެމްބަރު 2017
އެންޖެލީނާ ޖޯލީއަށް ވުމަށް ހެދި ސާޖަރީގެ ވާހަކައަކީ ފޭކެއް: ރިޕޯޓް

އެންޖެލީނާ ޖޯލީއަށް ވުމަށް ހެދި ސާޖަރީގެ ވާހަކައަކީ ފޭކެއް: ރިޕޯޓް

07 ޑިސެމްބަރު 2017
 "ތަގްސް އޮފް ހިންދުސްތާން" ގެ މަންޒަރަކާއިހެދި އަމީތާބު އަރާރުމަކަށް

 "ތަގްސް އޮފް ހިންދުސްތާން" ގެ މަންޒަރަކާއިހެދި އަމީތާބު އަރާރުމަކަށް

08 އޮކްޓޯބަރު 2017
"ޖުޅްވާ2": ފާޑު ކިޔުންތަކާއި ހެދިވެސް ކާމިޔާބު

"ޖުޅްވާ2": ފާޑު ކިޔުންތަކާއި ހެދިވެސް ކާމިޔާބު

03 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު