ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 12:11
ޗީފް އޮފް ޑިފެންސް ފޯސް، އިންތިހާބީ ރައީސްއާ ބައްދަލުކުރައްވަނީ
ޗީފް އޮފް ޑިފެންސް ފޯސް، އިންތިހާބީ ރައީސްއާ ބައްދަލުކުރައްވަނީ
އެމްޑީޕީ
އިންތިގާލީ މަރުހަލާ
ޗީފް އޮފް ޑިފެންސް ފޯސް އިބޫއާ ބައްދަލުކުރައްވައިފި
އިބޫ ވަނީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްއާ ވެސް ބައްދަލުކުރައްވާފައި
ބައްދަލުވުން ކުރިއަށްދިޔައީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި

ޗީފް އޮފް ޑިފެންސް ފޯސް މެޖަރ ޖެނެރަލް އަހްމަދު ޝިޔާމް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ 11:00 ގައި އިބްރާހިމް މުހައްމަދު ސޯލިހާއި ޝިޔާމް ބައްދަލުކުރައްވާފައިވާއިރު މި ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ޑިފެންސް މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖެނެރަލް ޝިޔާމްއާ ބައްދަލުކުރައްވާފައިވާއިރު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވެސް ވަނީ އިބޫއާ ބައްދަލުކުރައްވާފައެވެ. އޭގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާ ވެސް އިންތިހާބީ ރައީސް އަންނަނީ ބައްދަލުކުރައްވަމުންނެވެ. އެގޮތުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރާ ބައްދަލުކުރައްވާފައިވާ އިރު އާދިއްތަ ދުވަހު ކަސްޓަމްސްގެ މުވައްޒަފުންނާއި އިސްވެރިންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް