Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށްދިނުމަށް އިބޫއަށް ހުށަހަޅައިފި

30 ސެޕްޓެމްބަރު 2018 | އާދީއްތަ 17:05

މިއީ އާ ސަރުކާރަށް ބަޖެޓް ހުށަހެޅުމަށް ދިން ފުރުސަތެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 ސެޕްޓެމްބަރު 2018 | އާދީއްތަ 17:05
މިއަހަރުގެ ބަޖެޓް ދިރާސާކުރުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔައިރު ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި

މިއަހަރުގެ ބަޖެޓް ދިރާސާކުރުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔައިރު ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރުމަށް އަލަށް އިންތިޚާބުވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ދައުލަތުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖުލީހަށް ހުށަހަޅަން ޖެހެއެވެ.

Advertisement - newsAdvertisement

މިގޮތުން މި ޒިންމާ އަދާކުރުމުގެ ގޮތުން 2018 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން އެ މިނިސްޓްރީ އާއި ދައުލަތުގެ މުއައްސަސާތަކުން 2019 ވަނަ އަހަރަށް އަންދާޒާ ކުރާ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ކުރަމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީޚު ކަމަށްވާ އޮކްޓޯބަރު 31 ގެ ނިޔަލަށް މަސައްކަތް ނިންމުމަށް މަސައްކަތް ދަނީ ކުރެވެމުން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް 2019 ވަނަ އަހަރު ދިވެހި ދައުލަތް ހިންގަވާނީ އަލަށް އިންތިޚާބު ކުރެވުނު ސަރުކާރުން ކަމަށްވާތީ އާއި އެސަރުކާރުން ދައުލަތުގެ ހިންގުމާއި ހަވާލުވާއިރު ބަޖެޓް ހުށަހެޅުމުގެ ސުންގަޑި ވާނީ ހަމަވެފައި ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން ދެކޭ ގޮތުގައި އައުސަރުކާރުގެ އޮނިގަނޑާއި ސިޔާސަތުތައް ހިމެނޭހެން 2019 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމަކީ މުހިއްމުކަމަކަށް ވާތީ 2019 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމަށްޓަކައި، ބަޖެޓުގައި ހިމަނުއްވަން ބޭނުންފުޅުވާ އިދާރީ ބަދަލުތަކާއި އައު ސިޔާސަތުތަކުގެ ތަފްސީލު ހިމެނޭ ހެން، 2019 ވަނަ އަހަރުގެ ބަޖެޓު، އިންތިޚާބީ ރައީސްގެ ފަރާތުން ތައްޔާރުކޮށްދެއްވުމަށް ވާނީ ދަންނަވާފައި ކަމަށެވެ. މިކަމުގައި ފިނޭންސް މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާ ވާހަކަވެސް ވާނީ ދަންނަވާފައި ކަމަށް ފިނޭންސް މިނިސްޓްރީން ދިވެހި ބަހުންނާއި އިންގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް