Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓަށް އެދުމުގެ ފުރުސަތު

ފްލެޓަށް އެދުމުގެ ފުރުސަތު އާ ސަރުކާރުން ހުޅުވާލާނެ: މާރިޔާ

30 ސެޕްޓެމްބަރު 2018 | އާދީއްތަ 18:18

ކޯލިޝަން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާގުޅޭ ތަފްސީލީ މައުލޫމާތު ސަރުކާރު އެކުލަވާލުމާއެކު ރައްޔިތުންނަށް ލިބިގެންދާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 ސެޕްޓެމްބަރު 2018 | އާދީއްތަ 18:18
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށާއި ފެލެޓަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަނެ ކަމަށް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގައި އާދިއްތަ ދުވަހު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުުގައި މާރިޔާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް މިހާރު ފްލެޓް ދޫކުރުމުގެ މެންޑޭޓެއް ނެތް ކަމަށާއި ރައްޔިތުންނަށް ފްލެޓް ދޭނަމޭ ބުނެ، ވުޖޫދުގައިނުވެސް ނެތް ފްލެޓްތަކެއް ހަވާލުކޮށްފި ކަމަށް ބުނެ ކޮންމެހެން ލިޔުންތަކެއް ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ ފުރިހަމަ އަދި ތަފްސީލީ މައުލޫމާތު ކޯލިޝަން ސަރުކާރު އެކުލަވާލެވުމާއެކު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށް މާރިއާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކާއި ފްލެޓް އެދި ހުށަހަޅާފައިވާ ފޯމުތަކަށް ވާނެގޮތެއް އަދި ދަންނަވަން ނޭނގޭ ކަމަށާއި، އެކަން އެނގޭނީ އާ ސަރުކާރު އެކުލަވާލުމުން ކަމަށް މާރިއާ ވިދާޅުވި އެވެ. ނަމަވެސް ފްލެޓް ދޫކުރުމުގައި އެންމެ ހައްގުވާ ފަރާތްތަކަށް ފްލެޓް ދީފައިވާނަމަ އެއީ މައްސަލައެއް ނޫންކަމަށާއި އެހެންނަމަވެސް ފްލެޓް ދޫކުރުމުގައި ބޭއިންސާފުން ކޮށްފައިވާ ކަންކަން ބެލުމަކީ ކުރަންޖެހޭ ކަމެއްކަމަށް މާރިއާ ވިދާޅުވި އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާ މިދަނޑިވަޅުގައި ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދޫކުރުމާއި މީހުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން މީހުން ވަކިކުރުމާއި މުސާރަ ބޮޑު ކުރުމުގެ ކަންކަން ކުރުމުގެ ފުރުސަތު މިހާރު ނެތް ކަމަށާއި މިހާރު އޮތީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ވެރިކަން ހަވާލު ކުރުމުގެ މަސައްކަތް ކުރުން ކަމަށްވެސް މާރިއާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް