Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓާޓާ ފްލެޓް

250 މިލިއަން ޑޮލަރުން ގެއްލުމަކުން ސަލާމަތްވުމަށް ޓާޓާއާއެކު އަލުން އެއްބަސްވުން ހަަދައިފި

30 ސެޕްޓެމްބަރު 2018 | އާދީއްތަ 05:47

ތައިސޭ ކޮށިން ބޮޑު ބިމެއް ޓާޓާ އަށް ވަނީ ދީފައި

| 30 ސެޕްޓެމްބަރު 2018 | އާދީއްތަ 05:47
އޯޑިއޯން އާއި ނާދީ ހުރި ބިމުގައި ފެލެޓް އެޅުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބިނގާ އަޅަނީ

އޯޑިއޯން އާއި ނާދީ ހުރި ބިމުގައި ފެލެޓް އެޅުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބިނގާ އަޅަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފްލެޓު އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލުކުރުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ދޭންޖެހިދާނެ ކަމުގެ ބިރު އޮތުމާއެކު އަލުން އެއްބަސްވުން ހަދައިފި އެވެ.

މަޖީދީ މަގު އޯޑިއޯން އާއި ސޯސަން މަގުގައި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓު އެޅުމަށް ޓާޓާ ކުންފުންޏާއެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރި މިދިޔަ އަހަރުގެ އޭޕްރީލް އެވެ.

Advertisement - newsAdvertisement

ޓާޓާގެ ފްލެޓްތައް އެޅުމަށް ބިން ސާފުކޮށް ފެންސް ޖަހާފައި

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އޭރު ވިދާޅުވި ގޮތުގައި އެއްބަސްވިން ބާތިލުކުރީ އޯޑިއޯން އާއި ނާދީ ހުރި ބިމުގައި 127 ލަގްޒަރީ ފްލެޓް އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ފެށުމަށް ދިން ނޯޓިސްގެ މުއްދަތުގައި މަސައްކަތް ނުފެށުމުންނެވެ. އެއްބަސްވުން ބާތިލުކުރިއިރު، އެ ދެ ބިމުގައި ފްލެޓު އެޅުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބިންގާ ވެސް އަޅާފައިވެ އެވެ. އޯޑިއޯން ހުރި ބިމުގައި 45 ފެލެޓް އެޅުމަށް އޭރު ނިންމާފައިވާއިރު، ނާދީހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ 75 ފްލެޓެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓާޓާގެ އެއްބަސްވުން އަލުން އެކުލަވާލީ ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނިން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައި، އެ މައްސަލަ ދިވެހި ދައުލަތަށް ކާމިޔާބު ނުވާނެކަން އެނގުމުންނެވެ. މި އާބިޓްރޭޝަން ކުރިއަށް ގެންދިޔައީ އިންޑިއާގަ އެވެ.

އެއްބަސްވުން އަލުން އެކުލަވާލާފައިވާއިރު، އޯޑިއޯން ހުރި ބިމުގެ ބަދަލުގައި އެއަށް ވުރެ ބޮޑު ބިމެއް ތައިސޭ ކޮށިން ޓާޓާއަށް މިހާރު ވަނީ ދީފަ އެވެ. އަދި ކުރީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ނާދީ ހުރި ބިމާއި، ރިސޯޓް ހެދުމަށް ރަށެއް ދިނުން ވެސް މިފަހަރުގެ އެއްބަސްވުމުގައި ވެސް ހިމެނެ އެވެ.

ގާކޮށްޓާއި ކުރިން އަރަބިއްޔާ ހުރި ބިމުގައި ފްލެޓްތައް ހަދާފައި ވަނީ ވެސް ޓާޓާއިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް