Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްޕީއާރްސީ

އެންމެ މޮޅު ވީޑިއޯ ހުށަހަޅާ ފަރާތަކަށް އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބޭ މުބާރާތެއް އެމްއެމްޕީއާރްސީ އިން ފަށައިފި

1 މިނެޓުގެ ވީޑިއޯ ކްލިޕް ހުށައަޅަން ޖެހޭނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ސެޕްޓެމްބަރު 2018 | ހޮނިހިރު 14:52
ލޯމާ އައިލެންޑް ރިސޯޓު - މުބާރާތުގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ކަންކަން މާކެޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ލޯމާ އައިލެންޑް ރިސޯޓު - މުބާރާތުގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ކަންކަން މާކެޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

އެންމެ މޮޅު ވީޑިއޯ ހުށަހަޅާ ފަރާތަކަށް އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބޭ މުބާރާތެއް އެމްއެމްޕީއާރްސީ އިން ފަށައިފިއެވެ.

އެމްއެމްޕީއާރުސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މުބާރާތަކީ ރެޑް ބުލް އާއި ގުޅިގެން ބާއްވާ ދެ ވަނަ ފޭސްބުކް ވީޑިއޯ މުބާރާތް ކަމަށާއި އެ މުބާރާތަކީ ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭ ތަފާތު ކަންކަމުގެ މައްޗަށް ތައްޔާރު ކުރާ 1 މިނެޓުގެ ވީޑިއޯ ކްލިޕް ހުށައެޅުމަށް ބާއްވާ މުބާރާތެއް ކަމަށެވެ.

މުބާރާތުގައި ސާފުކުރުމާއި ސްނޯކުލިންގ ފަދަ ކަންތައްތައް ހިމަނައިގެން ވީޑިއޯ ތައްޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ހުޅުވާލާފައިވާއިރު އެ މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ކަންކަން މާކެޓް ކުރުން ކަމަށް ވެސް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

އެންމެ މޮޅު ވީޑިއޯ ތައްޔަރުކޮށް ހުށައަޅާ ފަރާތަކަށް އެއްލައްކަ ވިހި ހާސް ރުފިޔާ ހުށައަޅާފައިވާ އިރު، އެންމެ މޮޅު 10 ވީޑިއޯ އެމްއެމްޕީއާރުސީގެ އޮފިޝަލް ޓުވިޓަރ ޕޭޖުގައި ފީޗާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި މުބާރާތައް ވީޑިއޯ ހުށައަޅަން ބޭނުންވާ ފަރާތްތަކުން ވީޑިއޯ ހުށައެޅުމަށް ހަމަޖެހިފައި ވަނީ ވިޒިޓް މޯލްޑިވްސް ވެބްސައިޓު މެދުވެރިކޮށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ވީޑިއޯ ހުށައެޅޭނެ ސުންގަޑިއަކީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުން ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 02:00 ޖެހުމާއި ހަމައަށެވެ. ވީޑިއޯތަކަށް ވޯޓުލުމަށް ފުރުސަތު ނޮވެމްބަރު 28 ވަނަ ދުވަހުން ފެށިގެން ގޮސް ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

އެމްއެމްޕީއާރްސީގެ ފަރާތުން މިދިޔަ އަހަރު ވެސް މި މުބާރާތް ބާއްވާފައިވާއިރު އޭރު މުބާރާތަށް 46 ވީޑިއޯ އާންމުން ވަނީ ހުށައަޅާފައެވެ.

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2018

އުރީދޫއިން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތައާރަފުކޮށްފި

21 ޑިސެމްބަރު 2018
އުރީދޫއިން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތައާރަފުކޮށްފި
27 ނޮވެމްބަރު 2018

އެޑްވެންޗާޒް އޮފް މޯލްޑިވްސްގެ މުބާރާތަށް ވީޑިއޯ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

27 ނޮވެމްބަރު 2018
އެޑްވެންޗާޒް އޮފް މޯލްޑިވްސްގެ މުބާރާތަށް ވީޑިއޯ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
20 އޮކްޓޯބަރު 2018

ކަނބަލުންގެ ލޯން 74 ފަރާތަކަށް ހަވާލުކޮށްފި

20 އޮކްޓޯބަރު 2018
ކަނބަލުންގެ ލޯން 74 ފަރާތަކަށް ހަވާލުކޮށްފި
06 އޮކްޓޯބަރު 2018

ވީޑިއޯ މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

06 އޮކްޓޯބަރު 2018
ވީޑިއޯ މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި
20 ސެޕްޓެމްބަރު 2018

ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސްތަކުގެ ތެރޭގައި ދިރާގު ހިމެނިއްޖެ!

20 ސެޕްޓެމްބަރު 2018
ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސްތަކުގެ ތެރޭގައި ދިރާގު ހިމެނިއްޖެ!
20 ޖުލައި 2018

މާކިއުރީ އިންޖީނަށް އަހުލުވެރިވުމުގެ ފުރުސަތު ހަތް ފަރާތަކަށް ދީފި

20 ޖުލައި 2018
މާކިއުރީ އިންޖީނަށް އަހުލުވެރިވުމުގެ ފުރުސަތު ހަތް ފަރާތަކަށް ދީފި
03 ޑިސެމްބަރު 2017

ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ގައިސަރަށް!

03 ޑިސެމްބަރު 2017
ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ގައިސަރަށް!
21 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި

21 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި
01 އޮކްޓޯބަރު 2017

ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު

01 އޮކްޓޯބަރު 2017
ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު
05 އޯގަސްޓު 2017

މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް

05 އޯގަސްޓު 2017
މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު