Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫ މޮޅުވުމާއެކު ބައެއް މީހުންގެ އިހްސާސްތައް ބަންޑުކޮށްލައިފި

30 ސެޕްޓެމްބަރު 2018 | އާދީއްތަ 06:56

އެންމެ ބޮޑު މަރުހަބާއަކާ ޝުކުރެއް ރައްދު ވަނީ އާންމު ރައްޔިތުނަށް: މަހްލޫފު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 30 ސެޕްޓެމްބަރު 2018 | އާދީއްތަ 06:56
އިބޫ މިއަދު އެމްޑީޕީގެ ހަރުގެއަށް ވަޑައިގަތުމުން އެމަނިކުފާނާ އެކު ބައެއް މީހުން ފޮޓޯ ނަގަނީ؛-ފޮޓޯ ރާއްޖެއެމްވީ

އިބޫ މިއަދު އެމްޑީޕީގެ ހަރުގެއަށް ވަޑައިގަތުމުން އެމަނިކުފާނާ އެކު ބައެއް މީހުން ފޮޓޯ ނަގަނީ؛-ފޮޓޯ ރާއްޖެއެމްވީ

ނިމިގެންދިޔަ ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާފައިވާތީ އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިހްސާސްތައް ބަންޑުކޮން ކޮށްލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބޫ އިންތިހާބުވެއްޖެ ކަން އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާއާއެކު އިއުލާން ކުރުމުން ހޮނިހިރު ދުވަހުގެ ހަވީރު އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި އުފާފާޅުކުރުމުގެ އެއްވުގައި އާންމުން ވަނީ އިބޫއަށް މަރުހަބާ ދެންނެވުމުގެ ޝުއޫރުތައް ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

މި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވީ ހަގީގީ މަރުހަބާ ރައްދު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ކަމަށެވެ. އަދި ވިދާޅުވީ މޮޅު ލިބުނީ ދިވެހި ރައްޔިތުނަށް ކަމަށެވެ.

"ރައްޔިތުނަށް ލިބިގެންދިޔަ ނަސްރެއް މިއީ. ތިޔަ ބޭފުޅުން ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމަށް މި އިންތިހާބު ކާމިޔާބު ވެގެން ދިއުން. އެހެން ކަމުން ދިވެހި ރައްޔިތުންނަށް އައްސަރިބަހާއި ސާބަސް. ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ގިނަ ދުވަސްތަކަކަށް ފަހު އެއްވުމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ފާހަގަ ކުރައްވައި މަހްލޫފު ވިދާޅުވީ އަދިވެސް ރައީސް އަބްދުﷲ ޔާމީން ކަމެއް ކުރެއްވުމަށް ވިސްނަވާފާނެ ކަމަށެވެ. ނަމަވެސް ދެން ނަތީޖާއަކަށް ބަދަލެއް ނާންނާނެ ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުނު ނަމަ 20 ޕަސެންޓް ވެސް ނުލިބޭނެ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.

އުފާ ފާޅުކުރުމަށް ބޭއްވި އެއްްވުމުގައި މިއަދު މަހްލޫފު ވާހަކަ ދައްކަވަނީ:-ފޮޓޯ ރާއްޖެއެމްވީ

މި އެއްވުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މިއަދު ކުރެވެނީ މިނިވަން ކަމުގެ އިހްސާސް ކަމަށެވެ. އޭނާ ވަނީ އިންތިހާބުން މޮޅުވުމަށް ފަހު ވެސް ޑިމޮކްރަސީ ދެމެހެއްޓުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. އަދި އިންސާފުގެ މަގަށް ރާއްޖެ ގެންދިއުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ އަބަދު ވެސް އިންސާފު އިސްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޙަރަކާތުގައި ބައެއް ފަރާތްތަކުން އިބޫއަށް މަރުހަބާގެ މެސެޖް ރައްދު ކުރީ ޅެންބަހުންނެވެ. އަދި އަނެއް ބަޔަކު އޭނާގެ އާއިލާގެ ފަރާތުންނާއި ތަމްސީލްކުރާ ދާއިރާތަކުގެ ރައްޔިތުންގެ ނަމުގައި ތަހްނިޔާގެ މެސެޖް ރައްދުކުރި އެވެ.

އުފާފާޅުކުރުމަށް ބޭއްވި މި އެއްވުމަށް އިންތިހާބީ ރައީސް އިބޫ އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ވަޑައިގެން އާންމު މެމްބަރުންނާއި ބައްދަލު ކުރައްވައި ސަލާމް ކުރެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް