Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ގޮވާލާ އަޑުއުފުލައިފި

28 ސެޕްޓެމްބަރު 2018 | ހުކުރު 14:08

ރައްޔިތުން މާލެ އެރުމަށް ތައްޔާރަށް ތިބުމަށް ބައެއް ބޭފުޅުން ގޮވާލެއްވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 28 ސެޕްޓެމްބަރު 2018 | ހުކުރު 14:08
ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ގޮވާ ބޭއްވި އެއްވުގެ ތެރެއިން:-އިންތިހާބު ދާއިމީ ނަތީޖާ އިއުލާން ނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރޭ

ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ގޮވާ ބޭއްވި އެއްވުގެ ތެރެއިން:-އިންތިހާބު ދާއިމީ ނަތީޖާ އިއުލާން ނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރޭ

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ލަސްނުކޮށް އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ އާންމު ރައްޔިތުން އަޑުއުފުލައިފި އެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީ ހުކުރު ދުވަހުގެ ހަވީރު ބޭއްވި އެއްވުމުގައި އާންމު ރައްޔިތުން ވަނީ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ނުފޫޒުގައި އިތުރަށް ނުޖެހި ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ގޮވާލާފައި އެވެ. އަދި މި އެއްވުމުގައި އިއްތިހާދުގެ ބޭފުޅުން ވެސް ވަނީ އެކަމަށް ގޮވާލާފައެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދުގެ އެއްވުމުގައި ވާހަކަ ދައްކަވަނީ؛-

މިގޮތުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މައްސަލަތައް އުފައްދައިގެން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން އުޅޭކަން އެނގޭ ކަމަށާއި އެކަން ކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ދާއިމީ ނަތީޖާ ޝީޓްގައި ސޮއިކޮށްފި ކަމަށް މެމްބަރުން ހާމަ ކުރަމުންދާ ކަމަށާއި ދެން އެ ނަތީޖާ ނީއްވާ މަޑުކުރަން ޖެހޭނެ ސަބަބެއް ނެތް ކަމަށެވެ.

"ދުނިޔޭގެ ގައުމުތަކުން އިންތިހާބު ގަބޫލުކޮށްފި. ދިވެހި ރައްޔިތުންގެ ނިންމުން ގަބޫލުކޮށްފި. މި ރާއްޖޭގައި އިތުރު ހަލަބޮލިކަމެއް ގެންނަން މަސައްކަތް ނުކުރައްވާތި. މި ރާއްޖެ ފާލުން ނައްޓާލުމުގެ ފުރުސަތު ރައީސް ޔާމިން ކުރާ ކަމަކުން ދޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. ޔާމިންގެ އަމަލުތައް މި ގޮތައް ހުރިކަމަށްވާނަމަ ރައްޔިތުން ތައްޔާރުވާތި. އޭނާއަށް އެ ޖާގަ ދީގެން ނުވާނެ،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތް އެއްކޮށް ނިމޭނީ އިންތިހާބުގެ ނަތީޖާ މުއައްސަސާތަކުން އެއްކޮށް ގަބޫލުކޮށް ވެރިކަން ރީތިކޮށް ބަދަލުވުމުން ކަމަށެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަ މިއަދުގެ އެެއްވުގައި ވާހަކަ ދައްކަވަނީ:-

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އިންތިހާބުގެ ދާއިމީ ނަތީޖާ އަކީ ހަތް ދުވަސްވުމުން އިއުލާން ކުރަން އޮންނަ ކަމެއް ނޫން ކަމަށައި ހަތް ދުވަސް ތެރޭގައި ދާއިމީ ނަތީޖާ ސާފުވުމާއެކު އެކަން އިއުލާން ކުރަން ޖެހޭނެ ކަމަށެވެ. އަދި ދާއިމީ ނަތީޖާ މިހާރުން މިހާރުން އިއުލާން ކުރުމަށް އޭނާ ވެސް ވަނީ ގޮވާލާފަ އެވެ.

"އަޅުގަނޑުމެން ބޭނުމެއް ތިރީސް ސާޅީސް ހާސް ވޯޓު އިތުރަށް ލިބިފައި އޮތް ނަތީޖާއެއް ބަދަލުކުރާކަށް. އެ ނަތީޖާ ބަދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ތި ބޭފުޅުން ތައްޔާރަށް ތިއްބަވާ. މި ނަތީޖާ އިއުލާން ކުރުމަށް ގޮވާލީ ދިވެހި ރައްޔިތުނަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މި އެއްވުމުގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ނިމިއްޖެ ކަމަށާއި އިންތިހާބުގެ ނަތީޖާއަށް ބަދަލެއް ދެން ނުގެނެވޭނެ ކަމަށެވެ. ދެން ފެންނާނީ ރައީސް ޔާމިންގެ އަތުގައި ބިޑިއަޅުވައިގެން ކޯޓަށް ގެންދާތަން ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީ މިއަދު މީހުން އެއްވެސް އަޑު އުފުލަނީ:-

އެމްއާރުއެމްގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ވެސް ވިދާޅުވީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށް، ހުތުރު ގޮތަކަށް އެކަން ދާން އުޅޭހެން ހީވާ ކަމަށާއި ރައީސް ޔާމިނަށް އެ ފުރުސަތު ނުދޭނެ ކަމަށެވެ.

"އެތައް ދުވަހެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުޑަގޮޅިތަކުގައ ބައިތިއްބައިފި. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ އަޑު ނީއްވޭ ގޮތައް ބައިތިއްބައިފި. ދެން އޮތީ ރައީސް ޔާމިން ކޮށްފައި އޮތް ކަންކަން ބެލުން. އެކަން ދިވެހި ރައްޔިތުން ބަލާނެ.،" ނާދިރާ ވިދާޅުވި އެވެ.

ކޯލިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް އެކަމަށް ގޮވާލާ އެއްވުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް