Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ބަދަލުވުން

ސަރުކާރު ބަދަލުވުމުގެ ތެރޭގައިވެސް އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބެން ޖެހޭ: އިބޫ

25 ސެޕްޓެމްބަރު 2018 | އަންގާރަ 11:16

ވޯޓްލާ ވޯޓު ގުނުމާ ހަމައަށްވެސް ގޮންޖެހުންތައް ހުރި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 ސެޕްޓެމްބަރު 2018 | އަންގާރަ 11:16
އަންގާރަ ދުވަހު ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް

އަންގާރަ ދުވަހު ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް

ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި ސަރުކާރު ބަދަލުވުމުގެ ކަންކަން ކުރުމުގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބުން ވަރަށް މުހިއްމު ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ވުމަށްފަހު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފަހުވަގުތާ ޖެހެންދެންވެސް ވަރަށް ގިނަ ހުރަސްތަކާއި ކުރިމަތިވެފައިވާ ކަމަށާއި ވޯޓްލައި، ވޯޓު ގުނުމާ ހަމައަށްވެސް ގޮންޖެހުންތައް ހުރިކަމަށެވެ.

Advertisement - newsAdvertisement

އިބޫ ވިދާޅުވީ ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ރަށްރަށުން ބައްދަލުވި މީހުންގެ ފުށުން އެކަން ވަރަށް ބޮޑަށް އެނގިވަޑައިގަތް ކަމަށެވެ. ހުރިހާ ރަށަކުންވެސް އެންމެ ބޮޑަށް ދައްކަމުން ދިޔައީ އިންސާފް ޤާއިމް ކޮށްދިނުމުގެ ވާހަކަ ކަމަށާއި ކޮރަޕްޝަނާއި ވައްކަން އިތުރުވެފައިވާ މިންވަރުގެ ވާހަކަ ކަމަށްވެސް އިބޫ ވިދާޅުވިއެވެ. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، ވެފައިވާ ވައުދާއި އެއްގޮތައް ފުރަތަމަ ދުވަހުން ފެށިގެންވެސް އިންސާފް ޤާއިމް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން. ކުރަން ޖެހޭ މަސައްކަތްތައް ގިނަ. މި އެދެނީ މި ޓްރާންސިޝަން ތެރޭގައިވެސް އެންމެން އެކަތި ގަނޑެއްގެ ގޮތުގައި ދެމިތިބުން ވަރަށް މުހިއްމު. ކޯލިޝަން ދެމެހެއްޓުމާއި ވައުދުތައް ފުއްދުމުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދައުރު ވަރަށް ބޮޑު" އިބޫ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ ކޮމިޓީއެއް ހަދައިގެން ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ދެތިން ދުވަހުގެ ތެރޭގައި ވަރަށް ގިނަ ފަރާތްތަކުން އެމަނިކުފާނާއި ބައްދަލުކޮށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި ކުންފުނިތަކާއި މުއައްސަސާތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި ބޭރުގެ ބައެއް ފަރާތްތަކުންވެސް ގުޅުއްވައި ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤިންކަން އަރުވަމުންދާ ކަމަށް އިބޫ ވިދާޅުވިއެވެ.

"އެހެންވީމާ ކުރިއަށް އޮތް ދުވަސްތަކަކީ ހެޔޮ ރަނގަޅު ދުވަސްތަކެއް ކަމަށް ބަލަން. ކުރަން ހުރި މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކަކުންވެސް އެހީތެރިވެދެއްވާނެ" އިބޫ ވިދާޅުވިއެވެ.

އިބޫ ވަނީ ގުޅިފައިވާ ޕާޓީތަކުން މިއިންތިޚާބު ކާމިޔާބު ކުރުމަށް އެހީތެރިވެދެއްވައި، ވޯޓު ދެއްވި އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް