Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ކިޔުތައް ދިގުވެ ޝަކުވާ ބޮޑުވެއްޖެ

23 ސެޕްޓެމްބަރު 2018 | އާދީއްތަ 08:09

ކިޔުތައް ލަސްވާން ދިމާވާ މައިގަނޑު ސަބަބަކީ ޓެބްލެޓްތައް ބޭނުންކުރުމުގައި މައްސަލަތައް ދިމާވުން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 23 ސެޕްޓެމްބަރު 2018 | އާދީއްތަ 08:09
ކިޔުތައް ދިގުލައިގެން ގޮސް ބައެއް ތަންތަނުގައި އެތައް ސަތޭކަ ބަޔަކު ކިޔުގައި އެބަ ތިބި

ކިޔުތައް ދިގުލައިގެން ގޮސް ބައެއް ތަންތަނުގައި އެތައް ސަތޭކަ ބަޔަކު ކިޔުގައި އެބަ ތިބި

ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ރައީސަކަން ކުރައްވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ ކިޔުތައް ދިގުވެ، ޝަކުވާތައް ބޮޑުވެއްޖެއެވެ.

މިއަދު ހެދުނު ވޯޓުލުމަށް ހުޅުވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިޔުތަކަށް އަރާފައެވެ. ނަމަވެސް އެ ވަގުތު ކިޔު އަށް އެރި މީހުންނަށް ވެސް ވޯޓު ލެވިފައި ވަނީ ދެތިން ގަޑިއިރަށް ފަހުއެވެ. ކިޔުތަގުގެ ދިގުމިން އެތައް ސަތޭކަ ފޫޓު ދުރުމިނަށް ދެމިފައިވާއިރު ބައެއް މަރުކަޒުތަކުގެ ބޭރުގައި އެތައް ސަތޭކަ ބަޔަކު އެބަ ތިއްބެވެ.

Advertisement - newsAdvertisement

ކިޔުތައް ވަނީ އެތައް ސަތޭކަ ފޫޓުގެ ދުރުމިނަށް ދަމާލައިފައި

ބައެއް ސަރަހައްދުތަކުގައި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން އަވީގައި ގިނަ ވަގުތު ތިބެން ޖެހުމުން އެނބުރުން އެރުން ފަދަ މައްސަލަތައް ކުރިމަތިވެ ހޮސްޕިޓަލަށް ވެސް ގެންގޮސްފައި ވެއެވެ.

ވޯޓުލާ މަރުކަޒުތަކުން ކިޔު ނަމްބަރު ދޫކުރުމުގައި ވޯޓާސް ލިސްޓް އޮންލައިންކޮށް ޗެކުކުރުމަށް ގެންގުޅޭ ޓެބްލެޓުގައި މައްސަލަތަކެއް ދިމާވެ، ވޯޓުލުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ. އިލެކްޝަން ކޮމިޝަނުން ޓެބްލެޓް ބޭނުންކޮށްފައި ވަނީ ބައެއް ފަރާތްތަކުން އެބޭނުން ކުރުމާ މެދު ކަންބޮޑުވުން ފާޅު ވެސް ކޮށްފައި ވަނިކޮށެވެ.

ނަމަވެސް ވޯޓުލާ ވަގުތު ދެމިގެން ގޮސް ގިނަ ބަޔަކު ޝަކުވާކުރަން ފެށުމާ ގުޅިގެން ގިނަ ސަރަހައްދުތަކުގައި މިހާރު ވޯޓުލުން ކުރިއަށް ގެންދަނީ ޓެބްލެޓްތަކާ ނުލައެވެ. ނަމަވެސް އަދިވެސް އެކަށީގެންވާ ބާރު މިނެއްގައި ވޯޓުލުން ކުރިއަށް ނުދާތީ ގިނަ ސަރަހައްދުތަކުގައި އަދިވެސް ދިގު ކިޔު އެބަ އޮތެވެ.

ރާއްޖެއިން ބޭރުގައި ވެސް ކިޔުތައް ދިގުވެ އާންމުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. އެގޮތުން މެލޭޝިއާގެ ވޯޓު ފޮއްޓަށް ރަޖިސްޓްރީކޮށްފައިވާ މީހަކު ބުނީ ކިޔުތައް ކޮޅުން ލައިގެން ގޮސްފައިވާ ކަމަށާއި މިކަން އިންތިޒާމް ކޮށްފައި ވަނީ އެއްވެސް ހަމައެއް ލަމައެއް ނެތި ކަމަށެވެ.

މިއީ ފަހުގެ ތާރީޚެއްގައި ވޯޓުލާން އެންމެ ގިނަ ވަގުތު ހޭދަކުރަން ޖެހުނު ފަހަރެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ މީހުން 2008 ގައި ވެސް އަދި 2013 ގައި ވެސް ވޯޓުލި ކަމަށާއި ނަމަވެސް މިއީ މިހާ ގިނަ ވަގުތު ނެގި ފުރަތަމަ ފަހަރު ކަމަށެވެ. ކިޔުތައް ދިގު ނަމަވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އަމާން އޮމާން ކަމާ އެކު ވޯޓުލުން ކުރިއަށް ދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ޕީޕީއެމަށް ވަނުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާ ޝަކުވާތައް އިތުރުވެއްޖެ

13 އެޕްރީލު 2017
ޕީޕީއެމަށް ވަނުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާ ޝަކުވާތައް އިތުރުވެއްޖެ
01 އެޕްރީލު 2017

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

01 އެޕްރީލު 2017
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
20 މާރިޗު 2017

ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

20 މާރިޗު 2017
ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ
08 މާރިޗު 2017

އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް

08 މާރިޗު 2017
އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް
05 މާރިޗު 2017

ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

05 މާރިޗު 2017
ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް