Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯޓުލާތަން ބަދަލުކުރުން

މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި

22 ސެޕްޓެމްބަރު 2018 | ހޮނިހިރު 15:03

ވޯޓު ފޮށި އަސްލު ބަހައްޓަން ހަމަޖެހިފައިވަނީ ވަރަށް ހާމަ ސަރަހައްދެއްގައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 22 ސެޕްޓެމްބަރު 2018 | ހޮނިހިރު 15:03
ޝެރެޓަން ފުލް މޫން ރިސޯޓުގެ މަންޒަރެއް

ޝެރެޓަން ފުލް މޫން ރިސޯޓުގެ މަންޒަރެއް

ރިޔާސީ އިންތިޚާބުގައި ޝެރެޓަން ފުލް މޫން ރިސޯޓުގެ ވޯޓުލާ ފޮށި ބަންދުކޮށްފައިވާ ކޮޓަރިއަކަށް ބަދަލުކުރުމުން މުވައްޒަފުން ނިކުމެ، ހަޅުތާލުކޮށްގެން އެ ވޯޓު ފޮށި އަސްލު ބަހައްޓަން ހަމަޖެހިފައިވާތަނަށް ބަދަލު ކޮށްފިއެވެ.

މިއަދު ހަވީރު ރިސޯޓު މުވައްޒަފުންނާއި އިލެކްޝަން ކޮމިޝަނުގެމުވައްޒަފުންނާއި ދެމެދު ވަނީ ހޫނު ގަދަ ބަހުސެއް ހިނގާފައެވެ. މުވައްޒަފުން ބުނީ ބަންދުކޮށްފައިވާ ކޮޓަރިއެއްގެ ތެރޭގައި ވޯޓު ފޮށި ބެހެއްޓުމަކީ ޓްރާންސްޕޭރެންސީ ގެއްލިދާނެ ކަމެއް ކަމަށާއި އެހެން ނުހެއްދުމަށެވެ. އަދި ވޯޓު ފޮށި ބަހައްޓަން ކުރިން ހަމަޖައްސާފައި ހުރި ތަން ރަގަނޅުކަމަށާއި އެތަނަކީ ހާމަކަން ބޮޑުތަނެއް ކަމަށް މުވައްޒަފުން ވަނީ ފާހަގަ ކޮށްފައެވެ.

Advertisement - newsAdvertisement

ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެ އެމްވީއަށް މައުލޫމާތު ދިން އެ ރިސޯޓުގެ މުވައްޒަފަކު ބުނީ ވޯޓުލާ ފޮށި އިލެކްޝަންސް ކޮމިޝަނުން ބަހައްޓާތަން ބަދަލު ކުރި ކަމުގެ ޚަބަރު ލިބުނީ ހަވީރު ފަހެއް ޖަހަނިކޮށް ކަމަށެވެ. ރިސޯޓުގެ މުވައްޒަފުންނަށް އެ މައުލޫމާތު ލިބުމާއެކު ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ކުރިމައްޗަށް ގޮސް ވަނީ ހަޅުތާލު ކޮށްފައި ކަމަށާއި އިލެކްޝަންސް ކޮމިޝަނުގެ ދެ މުވައްޒަފުން އެއާއެކު އަލުން ބައްދަލު ކުރި ކަމަށެވެ. ބަންދު ކޮށްފައިވާ ކޮޓަރީގައި ވޯޓުލުމަށް ރިސޯޓުގެ މުވައްޒަފުން ދެކޮޅު ހެދުމުން ކުރިން ވޯޓުލާން ހަމަޖައްސާފައި ހުރި އޯޕެން ހަޓަށް ވޯޓުލާ ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން އެއްބަސްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ކަން ހަމަޖެހުނީ ގާތް ގަޑަކަށް 5:20 ގައި ކަމަށް އޭނާ ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދެ މުވައްޒަފުންނާއި ހަވާލާދީ ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ރިސޯޓުގެ މުވައްޒަފު ބުނީ ބަންދު ކޮށްފައިވާ ކޮޓަރިއަށް ވޯޓު ފޮށި ލާން ނިންމީ އިލެކްޝަންސުގެ މުވައްޒަފުން އެއަރ ކޮންޑިޝަންގެ ތެރޭގައި ތިބުމަށްކަމަށް އެ މީހުން ބުނިކަމަށެވެ.

އެ ރިސޯޓުގެ އެޗްއާރ މެނޭޖަރަށް ރާއްޖެ އެމްވީއިން ގުޅުމުން، އެބޭފުޅާ ވިދާޅުވީ ވޯޓުލާން ހަމަޖެހިފައި ވަނީ އިލެކްޝަންސުން ހަމަޖައްސައިފައިވާ ހާމަކަން ބޮޑު ތަނެއްގައި ކަމަށެވެ. ބަންދުކޮށްފައި ހުރި ކޮޓަރިއަކުން ހާމަކަން ބޮޑު ސަރަހައްދަކަށް ވޯޓުލާ ފޮށި ބަދަލު ކުރީ ކީއްވެތޯ ރާއްޖެއެމްވީ އިން އެހުމުން އެބޭފުޅާ ވިދާޅުވީ އެއީ އަސްލު ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައިވާ ތަނަށް ވުމުންކަމަށެވެ.

އެ ރިސޯޓުގައި އެކަހަލަ ހާދިސާއެއް ހިނގިތޯ އިލެކްޝަންސް ކޮމިޝަނަށް ގުޅައި އެހުމުން އެބޭފުޅުން ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތެއް އަދު ލިބިފައި ނުވާކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް