Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު

މިއީ ކޯލިޝަންގެ ޕޯޑިއަމްގައި ވާހަކަފުޅު ދައްކެވި ފުރަތަމަ ފަހަރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 20:00
ކޯލިޝަންގެ ޕޯޑިއަމްގައި ފުރަތަމަ ފަހަރަށް ހިޔަލީ ވާހަކަ ދައްކަވަނީ

ކޯލިޝަންގެ ޕޯޑިއަމްގައި ފުރަތަމަ ފަހަރަށް ހިޔަލީ ވާހަކަ ދައްކަވަނީ

އޭނާއަކީ ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެއްވެސް ކަމެއްގައި އެއްވެސް ތަނަކަށް ހާޒިރު ނުކުރެއްވޭނެ ކަމަށް ޕީޕީއެމްގެ ކުރީގެ ރެޖިސްޓްރަރ ހިޔަލީ މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިޔަލީ ވިދާޅުވީ ސަރުކާރުގެ އެއްވެސް ވަޒީފާއެއް ބޭނުން ނުވާ ކަމަށެވެ. ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ބައިއަތު ހިފީ ވަރަށް އުފަލުން ކަމަށާއި އެއީ ތެދުވެރި އިޚްލާސްތެރިޔެއްކަން އެނގިވަޑައިގަންނަވާ ކަމަށް ހިޔަލީ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑު ޖެހިލުމެއް ނުވޭ ކޯޓު އަމުރެއް ނެރެގެން އަޅުގަނޑު ހައްޔަރު ކުރިޔަސް. އަޅުގަނޑު ކަހަރު ވަކޭ ވެސް ހިތަކަށް ނާރާ. އަޅުގަނޑަކީ ކެރޭ މީހެއް. އަޅުގަނޑަށް ކެރޭނެ." ހިޔަލީ ވިދާޅުވިއެވެ.

ޕީޕީއެމްގެ ރެޖިސްޓްރަރއަކަށް ވުމަށް ވެސް ހުށަހެޅުއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި ރައީސް މައުމޫން، އެ ޕާޓީގެ ރައީސްކަމުން ދުރުކުރި ފަހުން މުސާރަ ލިބިވަޑައިނުގަންނަވާ ކަމަށް ހިޔަލީ ވިދާޅުވިއެވެ.

ކޯލިޝަންގެ ޕޯޑިއަމްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ހިޔަލީ ވިދާޅުވީ މި ސަރުކާރުގައި އެއްވެސް މުސާރައަކަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު އެއްވެސް މުސާރައަކަށް މަސައްކަތެއް ނުކުރަން. މިސަރުކާރުގައި މި ހިސާބަށް. އަޅުގަނޑުގެ އެއްވެސް ފިރިހެން ދަރިޔެއް ވެސް މުސާރައަށް މަސައްކަތެއް ނުކުރޭ. އަޅުގަނޑު މިކޮޅަށް ނާދެވެންވޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑަކީ މިނިވަނެއް. އަޅުގަނޑު އެއްވެސް ބޭފުޅެއްގެ ދަށުވެފައެއް ނީންނާނެ. އަޅުގަނޑު ހަތަރެސްފައިން މަސައްކަތް ކުރަން. ލާހިކެއް ނޫން ރިޝްވަތުގެ ކަމެއްގަ ވެސް، ލާހިކެއް ނޫން ވައްކަމުގެ ކަމެއްގަ ވެސް، ލާހިކެއް ނޫން އެއްވެސް ކަމެއްގަ އަޅުގަނޑު ހާޒިރު ކުރާކަށް." ހިޔަލީ ވިދާޅުވިއެވެ.

އިބޫއަށް ވޯޓު ދެއްވަނީ ހިތުން ރުހުމުން ކަމަށާއި އެއީ ވަރަށް ހައްގު ވޯޓެއް ކަމަށް ހިޔަލީ ވިދާޅުވިއެވެ. އަދި 2009 ވަނަ އަހަރު ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާ އެ އަހަރު ހިޔަލީއަށް ގުޅުއްވުމަށްފަހު ބައިއަތު ހިފަން އެދިވަޑައިގަތުމުން އެކަމަށް އެއްބަސްވެވަޑައި ނުގަތުމުން ވިދާޅުވީ ބޭނުން ކުރެއްވުމަށްފަހު އޭނާ އެއްލަވާލައްވާނީ ކަމަށް ހިޔަލީ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު