Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އިންތިހާބީ ޝަކުވާތަކަށް ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ހައިކޯޓު ހުޅުވަން ނިންމައިފި

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 16:23

އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް

އަމްނާ އިމާދު
އަމްނާ އިމާދު | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 16:23
ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު

މިއަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވާފައި ހުންނާނެ ކަމަށް އެކޯޓުން ބުނެފިއެވެ.

ހައިކޯޓުން ބުނީ، އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި 22 ސެޕްޓެމްބަރ 2018 ވާ ހޮނިހިރު ދުވަހު މެންދުރު ފަހު 14:00 ން ރޭގަނޑު 22:30 ށް އަދި، 23 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ ހެނދުނު 8:00 ން އެރޭ ރޭގަނޑު 12:00 އަށް ހައިކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.

Advertisement - newsAdvertisement

އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދީފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ނުވަތަ، ސިޔާސީ ޕާޓީއަކަށް، އޮބްޒަރވަރަކަށް މޮނިޓަރ ކުރާ މީހަކަށް ނޫންނަމަ އިންތިޚާބާ ބެހޭ ކަންކަން ހިންގައި ބަލަހައްޓާ މީހަކަށްވެސް ހައިކޯޓަށް ހުށަހެޅިދާނެއެވެ. އިންތީޚާބީ މައްސަލަތައް ހުށަހަޅާނީ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހަޅާ ފޯމުން ކަމަށް ހައިކޯޓުން މައުލޫލާތުދެއެވެ.

ހައިކޯޓުން ބުނީ ކޯޓު ހުޅުވާފައި ހުންނަ ރަސްމީ ގަޑި ފިޔަވައި އެހެން ގަޑިއެއްގައި މައްސަލައެއް ހުށަހަޅާ ނަމަ، ހައިކޯޓުގެ ރެޖިސްޓްރޭޝަނާ ގުޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށާއި، އިންތިޚާބީ މައްސަލަތަކާ ގުޅިގެން ހައިކޯޓާ މުޢާމަލާތު ކުރުމަށް elections@highcourt.gov.mv އަށް އީމެއިލް ކުރުމުން ހައިކޯޓުގެ ފަރާތުން އެ ފަރާތަކާ ގުޅައި، އެކަން އޮތް ގޮތެއް ސާފުކޮށްދޭނެ ކަމަށެވެ.

އިންތިޚާބީ މައްސަލަތައް ހުށަހެޅުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަކީ، ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް، މައްސަލައިގެ ލިޔުންތަކާއި އެކު މައްސަލަ ހުށަހެޅުންކަން ފާހަގަކުރައްވައި ހައިކޯޓުން ބުނީ މައްސަލަ ހުށަހަޅާ ސަބަބާއި، އެކަމުގެ ތަފްސީލް އަދި މައްސަލައާއި ގުޅޭ ހެކިތައް ހުށަހެޅުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

އިންތިޚާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. އަދި ރަސްމީ ނަތީޖާ އިޢުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިޚާބީ ހުރިހާ މައްސަލައެއް ބަލާ ނިންމަން ޖެހޭ ކަމަށް ހައިކޯޓުން މައުލޫމާތުދެއެވެ.

އިންތިޚާބީ މައްސަލަތައް ހުށަހަޅާ ފޯމްތައް، ހައިކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

22 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!
20 އެޕްރީލު 2017

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

20 އެޕްރީލު 2017
އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!
01 އެޕްރީލު 2017

ގާސިމް ހާޒިރު ކުރުން އާދިއްތަ ދުވަހަށް ބަދަލުކޮށްފި

01 އެޕްރީލު 2017
ގާސިމް ހާޒިރު ކުރުން އާދިއްތަ ދުވަހަށް ބަދަލުކޮށްފި
27 މާރިޗު 2017

ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!

27 މާރިޗު 2017
ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!
25 މާރިޗު 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!

25 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!
24 މާރިޗު 2017

އާރތް އަވަރ" ފާހަގަކުރުން ހޮނިހިރު ދުވަހު

24 މާރިޗު 2017
އާރތް އަވަރ" ފާހަގަކުރުން ހޮނިހިރު ދުވަހު
23 މާރިޗު 2017

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

23 މާރިޗު 2017
ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ
12 މާރިޗު 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު

12 މާރިޗު 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް