Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ބުދުތައް 5 ގަޑިއިރު ތެރޭ ނުނަގައިފި ނަމަ ނަގާނަން: ފުލުހުން

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 10:13

ފަސް ގަޑިއިރު ގުނާނީ މިއަދު 1:30 އިން ފެށިގެން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 10:13
ސިއްރު ފެންފުށީގައި ހުރި ކޮރަލޭރިއަމް

ސިއްރު ފެންފުށީގައި ހުރި ކޮރަލޭރިއަމް

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ސިއްރު ފެންފުށި ރިސޯޓު ހިންގަމުންދާ ކުންފުނީގެ މައްޗަށް ކޮށްފައިވާ އަމުރާ އެއްގޮތަށް ފަސް ގަޑި އިރުގެ ތެރޭގައި އެ ރިސޯޓުން ބުދުތައް ނުނަގައިފި ނަމަ، ފުލުހުންނާއި ސިފައިން ނުކުމެ އެ ބުދުތައް ނަގާނެ ކަމަށް ފުލުހުން ބުނެފިއެވެ

ސިއްރު ފެންފުށީގައި ހަދާފައިވާ ކޮރަލޭރިއަމްގައި ހުރި ބުދުތައް މެންދުރު 1:30 ފެށިގެން ފަސް ގަޑިއިރުގެ ތެރޭގައި ނެގުމަށް ސިވިލް ކޯޓުން ވަނީ މިއަދު އަމުރެއް ނެރެފައެވެ. އަދި އެ ފަސް ގަޑިއިރުގެ ތެރޭގައި ބުދުތައް ނުނަގައިފި ނަމަ ހަތް ދުވަހުގެ ތެރޭގައި އެ ބުދުތައް ނަގަން ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްފައި ވެއެވެ.

Advertisement - newsAdvertisement

ސުވާލު ކުރުމުގެ ފުރުސަތު ނުދީ ނޫސްވެރިން ބައިތިއްބައިގެން އިސްކަންދަރު ކޮށީގައި ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ބުދުތައް ނަގަން ކޯޓުން އަމުރުކުރީ ބުދުތައް ބަހައްޓާފައި ވަނީ ޓޫރިޒަމް މިނިސްޓްރީން ދިން ހުއްދައާ އެއްގޮތަށް ކަމަށް ނުވާތީ ކަމަށެވެ. އެހެން ކަމުން ކޯޓުން ދީފައިވާ ވަގުތު ހަމަވާ އިރު ރިސޯޓުން ބުދުތައް ނުނަގައިފި ނަމަ ފުލުހުންނާއި ސިފައިން އެ ބުދުތައް ނަގާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

ސިއްރު ފެންފުށީގައި ބުދު ބަހައްޓައިގެން ހަދާފައިވާ ކޮރަލޭރިއަމްގެ މައްސަލަ ހޫނުވެ ބުދުތައް ނަގަން ސަރުކާރުން އަންގާފައި ވަނީ އެ މައްސަލާގައި އިލުމުވެރިންގެ ފާޑު ކިއުންތައް ވެސް އަމާޒުވެފައިވަނިކޮށެވެ. ބުދުތައް ބެހެއްޓި މައްސަލާގައި ސަރުކާރަށް ވެސް އެތައް ފާޑު ކިއުމެއް އަމާޒުވެފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑުގެ އުފުލުން ދައްކުވައިދޭ ގޮތަށް އެ ރިސޯޓުން ހެދި ކަނޑުއަޑީގެ ގެލަރީގައި އިންސާނުންގެ ސޫރަ ފެންނަ ގޮތަށް ހަދާފައިވާ ބުދުތަކެއް ބެހެއްޓި މައްސަލަ ފެންމަތިވީ މިއަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައެވެ. އެކަމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އެންގެވުމަށް ޖުލައި 28 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ބުދުތައް ނަގަން ސިއްރު ފެންފުއްޓަށް އަންގައި ސިޓީއެއް ފޮނުވައިފައެވެ.

އެހެން ނަމަވެސް އެބުދުތައް ނަގާފައި ނުވާތީ ހުށަހެޅި މައްސަލާގައި ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ، އެ ބުދުތަކަކީ އިސްލާމް ދީނުގެ ވަހުދަތާއި ދިވެހި ދައުލަތުގެ މަސްލަހަތާ ހިލާފު ތަކެތިކަން ލިޔެކިތުންތަކުން އެނގެން އޮންނަ ކަމަށެވެ. އެފަދަ ކަމަކަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް