Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުރަހަ ވެބްސައިޓް

ވަޒީފާތަކާ ގުޅޭ ގުރަހަ ވެބްސައިޓް ލޯންޗްކޮށްފި

ވެބްސައިޓްގެ މައިގަނޑު މަޤްސަދަކީ ވަޒީފާގެ ދާއިރާ އަށް ނުކުންނަ ކުދިންނަށް ވަޒީފާގެ މައިދާނުގައި ބޭނުންވާ ހުނަރު ފޯރުކޮށްދިނުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 10:26
ޔޫތް ލީޑަރޝިޕް ފްރޮގްރާމްގެ ތެރެއިން: ގުރަހަ ވެބްސައިޓް ލޯންޗުކޮށްފައި ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން

ޔޫތް ލީޑަރޝިޕް ފްރޮގްރާމްގެ ތެރެއިން: ގުރަހަ ވެބްސައިޓް ލޯންޗުކޮށްފައި ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން

ގުރަހަ ވެބްސައިޓް ލޯންޗްކޮށްފިއެވެ.

ގުރަހަ ވެބްސައިޓްގެ މައިގަނޑު މަޤްސަދަކީ ސްކޫލް ނިންމައި ވަޒީފާގެ ދާއިރާ އަށް ނުކުންނަ ކުދިންނަށް ވަޒީފާގެ މައިދާނުގައި ބޭނުންވާ ހުނަރާއި ގާބިލިއްޔަތުކަން ހޯދައި ދިނުމާއި، ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައި ދިނުމެވެ.

Advertisement - newsAdvertisement

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މިނިސްޓްރީން ހިންގަމުން ގެންދާ ދަސްވާރާއި ބީޓެކް ފަދަ ޕްރޮގްރާމްތަކުގައި ދަރިވަރުންނާއި ގާތުން ކުރެވުނު މަސައްކަތުން އެނގިގެން ދިޔައީ ސްކޫލް ދައުރު ނިންމުމަށް ފަހު ރަނގަޅު ތަމްރީނެއް ލިބިގެން ވަޒީފާގެ މައިދާނަށް ނުކުންނަ ދަރިވަރުންނަށް ވެސް ވަޒީފާއަށް ކުރިމަތިލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ދަތިތަކެއް ހުރި ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން އެފަދަ ވަރަށް ގިނަ ކުދިންނަށް މިހާތަނަށް ސީވީ ތައްޔާރުކުރުމުގައްޔާއި އެޕްލިކޭޝަން ޕްރޮސެސްގެ އެހެނިހެން ކަންކަމުގައި އުފާ އޮފީހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެހެން ކަމުން ގުރަހަ ވެބްސައިޓް އިފްތިތާހް ކުރެވުނީ މިފަދަ ކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވޭ ފަދަ ނިޒާމެއް ގާއިމް ކުރުމުގެ ގޮތުންނެވެ.

މި ވެބްސައިޓް ވެގެންދާނީ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ގުޅާލެވޭ ފާލަމަކަށެވެ. ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތަކަށް ވެސް މި ވެބްސައިޓްގައި ރެޖިސްޓްރީ ކުރެވޭނެއެވެ. މީގެ އެންމެ ޚާއްސަ ކަމަކަށް ވާނީ މި ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓްރީވުމުން އެ މީހެއްގެ ތަޢުލީމާއި ތަޖުރިބާއަށް ބިނާކޮށް އެމީހަކު ޝައުގުވެރިވާ ފަދަ ވަޒީފާތަކާއި ގުޅުވައިދީ، މިފަދަ ވަޒީފާއާ ބެހޭ މަޢުލޫމާތު ނޮޓިފިކޭޝަންގެ ގޮތުގައި އެ މީހަކަށް ލިބިގެންދިޔުމެވެ.

މި ވެބްސައިޓް މެދުވެރިކޮށް ޒުވާނުންނަށް ފަސޭހަކަމާ އެކު ސީވީ ތައްޔާރުކުރުމާއި، ވަޒީފާގެ ބާޒާރުގައި ހުރި ވަޒީފާގެ މަޢުލޫމާތުތައް ބެލުމާއި، ޝައުގުވެރިވާ ވަޒީފާތަކަށް ވެބްސައިޓް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ތަޢުލީމީ މަރުކަޒުތަކުން ހުރި މަތީ ތަޢުލީމުގެ ފުރުސަތުތަކާއި ކޯސްތަކުގެ މަޢުލޫމާތާއި، ވަޒީފާތަކަށް ބޭނުންވާ ހުނަރު އިތުރު ކުރުމަށް ތައްޔާރުކޮށްފައި ހުންނަ ތަފާތު ވީޑިއޯތައް ވެސް މި ވެބްސައިޓުން ބަލާލެވޭނެއެވެ.

ގުރަހަ ޕްރޮޖެކްޓްގެ ދަށުން ސްކޫލް ނިންމައި ވަޒީފާ ހޯދާ ކުދިންނަށް އަމާޒުކޮށް ޕޮލިޓެކްނިކްގައި ކެފޭއެއްގެ ޚިދުމަތް ވެސް މިވަގުތު ލިބެމުންދާނެއެވެ. މި ކެފޭގައި ގުރަހަ ވެބްސައިޓް ފަސޭހައިން ބޭނުންކުރެވޭނެ ވަސީލަތްތައް ވަނީ ގާއިމްކޮށްފައެވެ.

ޒުވާނުންނަށް ގިނަ ފުރުސަތު ހޯދައިދީ ޒުވާނުންނަކީ މުޖްތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިނިސްޓްރީގެ އުފާ އޮފީހުން އިސްނަގައިގެން ފެށި ޕްރޮޖެކްޓަކީ ވެސް ޅަޒުވާނުންނަށް ދިމާވާ މިފަދަ ދަތިތައް ހައްލުކުރުމުގެ ގޮތުން ފެށި ޕްރޮޖެކްޓެކެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް ތައާރަފުކޮށްފި

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު