ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 14:29
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމެއް
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމެއް
ރާއްޖެއެމްވީ
ނޫސްވެރިކަމުގެ އެވޯޑް
ނޫސްވެރިކަމުގެ އެވޯޑަށް ނުވަ ދާއިރާއަކުން 31 ހުށަހެޅުން ލިބިފައިވޭ: އެމްއެމްސީ
އެންމެ ގިނަ ހުށަހެޅުމަށް ހުށަހަޅާފައިވަނީ އިޖުތިމާއީ އަދި ސިޔާސީ ދާއިރާއިން
ވިޔަފާރި ދާއިރާއިން ފަސް ހުށަހެޅުމެއް ލިބިފައިވޭ
ފީޗަރ ލިޔުމުގެ ދާއިރާއިން ހަތަރު ހުށަހެޅުމެއް ލިބިފައިވޭ

ނޫސްވެރިކަމުގެ އެވޯޑަށް ނުވަ ދާއިރާއަކުން 31 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީން ބުނެފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި 31 ހުށަހެޅުން ހުށަހަޅާފައިވާ އިރު އެންމެ ގިނަ ހުށަހެޅުން ހުށަހަޅާފައިވަނީ އިޖުތިމާއީ ދާއިރާ އާއި ސިޔާސީ ދާއިރާއަށެވެ.އެގޮތުން ކޮންމެ ދާއިރާއަކުން 6 ހުށަހެޅުމަށް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ވިޔަފާރި ދާއިރާއިން ފަސް ހުށަހެޅުމެއް ލިބިފައިވާ އިރު ފީޗަރ ލިޔުމުގެ ދާއިރާއިން ހަތަރު ހުށަހެޅުމަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ދެ ހުށަހެޅުން ލިބިފައިވާ އިރު ވީޑިއޯ ޖަރނަލިޒަމްގެ ދާއިރާއިން ދެ ހުށަހެޅުން ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އެންމެ އުންމީދީ ނޫސްވެރިޔާއަށް އެއް ފަރާތަކުން ކުރިމަތިލާފައިވާ އިރު ފޮޓޯ ޖަރނަލިޒަމްގެ ދާއިރާއިން ތިން މީހުން ވަނީ ކުރިމަތިލާފައެވެ. އަދި ޝައުރީ ދާއިރާއިން ދެ ހުށަހެޅުމަށް ލިބިފައިވެއެވެ.

ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލާފައިވަނީ އޯގަސްޓް 14 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 18 ވަނަ ދުވަހަށެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:

1. އިޖުތިމާއީ ދާއިރާ

2. ސިޔާސީ ދާއިރާ

3. ޝަރުއީ އަދި ޤާނޫނީ ދާއިރާ

4. ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ

5. ކުޅިވަރުގެ ދާއިރާ

6. ފޮޓޯ ޖާނަލިޒަމްގެ ދާއިރާ

7. ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ

8. ފީޗަރ ލިޔުމުގެ ދާއިރާ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް