ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 15:47
އޮފިޝަލުންތަކެއް ކަމަށް ބުނެ ސޯޝަލް މީޑީއާގައި އާންމުވެފައިވާ ފޮޓޯތަކެއް
އޮފިޝަލުންތަކެއް ކަމަށް ބުނެ ސޯޝަލް މީޑީއާގައި އާންމުވެފައިވާ ފޮޓޯތަކެއް
ޓްވިޓަރ
ރިޔާސީ އިންތިހާބު 2018
ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
އީސީގެ ޑޮކިއުމެންޓްތަކެއް ހަވާލެއް ނުކުރާނެ ކަމަށް އެ އިދާރާއިން ބުނޭ
ތަކެތި ހަވާލުކުރަނީ އޮފިޝަލުންތަކަކާ ކަމަށް ބުނޭ

އިންތިހާބުގައި ބޭނުންކުރާ ޓެބްލެޓާއި ބައެއް ޑޮކިއުމެންޓްތައް ޕީޕީއެމްގެ ޖަގަހައެއްގައި ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެއެވެ.

ސޯޝަލް މީޑީއާގައި ދައުރުވާ މި ފޮޓޯތަކުން ފެންނަނީ ފެކްކޮށްފައި ހުރި ކަރުދާސްތަކެއްގެ އިތުރުން ޓެބްލެޓެކެވެ. އޭގައި ޖަހާފައި ވަނީ ށ. ފޯކައިދޫއެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމު ވިދާޅުވީ، އެއީ އިލެކްޝަންސް ކޮމިޝަނުގެ ލިޔެކިއުންތަކެއް ނޫން ކަމަށެވެ. އިލެކްޝަންސްގެ ލިޔެކިޔުންތައް ހުންނާނީ ބަންދުކޮށްފައި ކަމަށާއި އެތަކެތި ނުކެނޑޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް އެފޮޓޯތަކުގައި ތިބީ އޮފިޝަލުންކަން ނުވަތަ ނޫންކަން ކަށަވަރު ނުކުރެވޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. 

އޮފިޝަލުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ނަގާ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ އަދި ސިޔާސީ ހަރަކާތްތަކުގައި ވެސް ބައިވެރިނުވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް އިސީން ވަނީ ޝަރުތުކޮށްފައެވެ.

މިފަދަ ފޮޓޯތަކެއް އާންމުވެފައިވާ އިރު މިދިޔަ އަންގާރަ ދުވަހު ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވެސް އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް އީސީން ކަނޑައަޅާފައިވާ ބަޔަކު ބައިވެރިވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް ހާމަކޮށްފައި ވެއެވެ. އަދި އެފަދަ ބައެއް މީހުންގެ ފޮޓޯތައް ވެސް އާންމުކޮށްފައި ވެއެވެ. 

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ އެއްވެސް އޮފިޝަލަކު ސިޔާސީ އެއްވެސް ހަރަކާތެއްގައި އުޅޭކަން އެނގިއްޖެ ނަމަ އެއޮފިޝަލަކު ވަކިކުރާނެ ކަމަށް ބުނެފައެވެ.

- ކޮމެންޓް
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 10:56
ާއަލިބެ/މެލޭޝިޔާ
ޢިލެކްޝަނުން ހަމަޖައްސާފަ ތިބި އޮބްޒާވަރުން ޕީޕީ އެމް ކެމްޕެން ގަ މިހާރު ވެސް ބައިވެރި ވަމުން އެބަދޭ ފޮޓޯ ތަށް ވެސް ޝޯޝަލް މީޑިޔާ ގަ ދައުރު ވަމުން އެބަ ދޭ ނުކެރޭނެ ފިޔަވަޅު އަޅަން ވެސް ތިހާ ގަޓް ހުރި ބަޔަކު އިލެކްޝަންގަ ނޫޅޭ ޔާމީންގެ ޕަޕެޓުން ހައްތާ ވެސް..ޤައުމް ހަލާކް....