Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ނިހާނު ވިދާޅުވި 98 ޕަސެންޓް ދީނީ އިލްމުވެރިންނެއް ނުފެނުނު!

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 05:47

ހަފްލާގައި ބައިވެރިވެ ވަޑައިނުގަންނަވާ ކިތަންމެ އިލްމުވެރިންނެއް އެބަތިބި ކަމަށް ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 05:47
ރޭގެ ޖަލްސާއަށް ވަޑައިގެންނެވި އިލްމުވެރިން

ރޭގެ ޖަލްސާއަށް ވަޑައިގެންނެވި އިލްމުވެރިން

ރާއްޖޭގެ ދީނީ އިލްމުވެރިންގެ 98 ޕަސެންޓް ތާއިދު ކުރައްވަނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ލީޑަރު އަހުމަދު ނިހާން ޙުސައިން މަނިކު ވިދާޅުުވެފައި ވަނިކޮށް، ދީނީ އިލްމުވެރިންގެ މަދު ބަޔަކާއެކު ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް ޖަލްސާއެއް ބާއްވައިފިއެވެ.

ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރާއި ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން މިސަރުކާރުގެ އިސް މަގާމުގައި ތިއްބެވި ދީނީ އިލްމުވެރިންނެވެ.

Advertisement - newsAdvertisement

ރިޔާސީ އިންތިޚާބަށް ތިން ދުވަހަށް ވެފައިވާއިރު، ދީނީ އިލްމުވެރިންގެ ތާއިދު އޮތްކަން ދައްކަން ބޭއްވި ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުންގެ އަދަދު މަދުކަންް ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ހަމައެކަނި ދައުވަތު ދެއްވާފައިވާ އިލްމުވެރިން ކަމަށެވެ. އެކި އުޒުރުތަކާއި ހެދި މާލެއާއި ރާއްޖޭގެ ރަށްތަކުގައި އިލްމުވެރިން އެބަ ތިއްބެވި ކަމަށާއި "މިހާ ގިނަ އަދަދެއްގެ އިލްމުވެރިންނެއް" މިސަރުކާރު ނޫން ސަރުކާރެއް ދެމެހެއްޓުމަށް ވަޑައިގެންފައި ނުވާކަމަށެވެ.

"މިތަނަށް ވަޑައިގެން ތިއްބެވީ ވަރަށް މަދު ދީނީ އިލްމުވެރިންނެއް. އަޅުގަނޑުމެން ދައުވަތު ދީގެން ވާހަކަ ދައްކަން ދައުވަތު ދިން ދީނީ އިލްމުވެރިން އެކަނި. އަދި އޭގެ އިތުރުން ބައެއް ދައުވަތު ލިބިވަޑައިގެން ތިއްބެވި ބޭފުޅުން އެކަނި. އެކިއެކި އުޒުރުތަކާއި ވިދިގެން ރާއްޖެތެރެއިންނާއި އަދި މާލެއިން މިރޭ މި ހަފްލާގައި ބައިވެރިވެ ވަޑައިނުގަންނަވާ ކިތަންމެ އިލްމުވެރިންނެއް އެބަތިބި އަޅުގަނޑަށް އެބޭފުޅުންގެ މެސެޖް ކޮންމެ ދުވަހަކުމެ ލިބޭ. މިހާ ގިނަ އިލްމުވެރިންނެއް އެސަރުކާރެއް ދަމަހައްޓަން ބޭނުންވާ ސަރުކާރެއް ނާދޭ ރައީސް ޔާމީންގެ ސަރުކާރު ފިޔަވާ. އެއީ ކީއްވެގެންތޯ. އޭގައި އޮންނާނެ ސަބަބު ތަކެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިދެންނެވި ސަބަބުތަކާއި ހުރެ އަޅުގަނޑަށް ރައީސް ޔާމީނަށް ތާއީދު ކުރެވެނީ އެމަނިކުފާނުގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރަނީ އަޅުގަނޑުގެ ނަފްސް އަޅުގަނޑަށް އެބަ ގޮވާލާ،" ޝަހީމް ވިދާޅުވިއެވެ.

މި ސަރުކާރަށް ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން 98 ޕަސެންޓް އިލްމުވެރިން ތިއްބެވި ކަމަށް ވިދާޅުވެ ނިހާނު ކުރެއްވި ޓްވީޓްގައި ވަނީ 66 ދީނީ އިލްމުވެރިން ފޮޓޯއެއް ހިމަނުއްވާފައެވެ. އެހެން ބައެއް ބޭފުޅުންގެ ފޮޓޯ ހިމަނައި އެއީ އިސްލާމްދީނުގެ އަދުއްވުންގެ ގޮތުގައި ސިފަ ކުރައްވާފައި ވެއެވެ. އެ މީހުންނާ އެއް ކަނެއްގައި ބައެއް ދީނީ އިލްމުވެރިންގެ ފޮޓޯ ހިމަނައި، އެ އިލްމުވެރިން ވިސްނަން ނުވޭތޯ ސުވާލު ކުރައްވާފައި ވެއެވެ. ދީނުގެ ޢަދާވާތްތެރިން ކަމަށް ބުނެ ޝައިޚުންގެ ފޮޓޯ ހިމެނި މައްސަލައިގައި ޝެއިހް މުހައްމަދު އަނީލް ވަނީ ނިހާނާ ދެކޮޅަށް އަބުރުގެ މައްސަލައެއް ޕޮލިހަށް ހުށަހަޅާފައެވެ.

ފަހުން ނިހާން ވަނީ އެޓްވީޓު ޑިލީޓް ކުރައްވާފައެވެ. ނިހާން ކުރެއްވި ޓްވީޓް ޑިލީޓު ކުރެއްވީ އެ ޕޯސްޓުގައި ފޮޓޯ ޖަހާފައިވާ ބައެއް ދީނީ އިލްމުވެރިން އެކަމާއި ނުރުހުން ފާޅުކޮށް އެމައްސަލަ ހޫނު ވުމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2017

މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ

14 މާރިޗު 2017
މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ
07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
23 ފެބުރުއަރީ 2017

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

23 ފެބުރުއަރީ 2017
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު
21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
10 ފެބުރުއަރީ 2017

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

10 ފެބުރުއަރީ 2017
ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް