Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓުލުމުގެ އިންތިޒާމްތަކާމެދު ހުރި ބައެއް ކަންތައްތަކަށް ހައްލު ހޯދައިދޭނެ ކަމަށް އީސީން ބުނި : ހިސާން

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 03:58

ޓްރޭނިންގައި ކިޔާދިން ގޮތަށް ބައެއް ކަންކަން ނުކުރާނެ ކަމަށް ބުނި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 03:58
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓް ހިސާން ހުސެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓް ހިސާން ހުސެއިން

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ މެދު ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތައް އިލެކްޝަނަށް ހުށައެޅުމުން އެޝަކުވާތަކަށް ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީކަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވަނީ އީސީއަށް ހުށައެޅި ކަންބޮޑުވުންތަކާ އަދި އެކަންކަމާމެދު އެ ފަރާތުން ދީފައިވާ ޖަވާބު މީޑިޔާއާ ހިއްސާ ކުރައްވާފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށްފަހު ނަތީޖާ ޝީޓް ޓެބްލެޓަށް އެންޓަކުރުމަށް ފަހު ޕްރިންޓް ކުރުމެވެ. ކުރިން މިހެން އޮތް ނަމަވެސް ހިސާން ވިދާޅުވީ އެކަން އެގޮތަށް ނުކުރުމަށް އީސީއިން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި މިހާރު އިލެކްޝަނުން ޔަގީންކަން ދީފައި ވަނީ ކުރިއެކޭ އެއްގޮތަށް ނަތީޖާ ޝީޓްގައި ވަގުތީ ނަތީޖާ އަތުން ލިޔެ ވޯޓުލާ މަރުކަޒުގައި ހިއްޕުމަށް ފަހު ޓެބްލެޓް މެދުވެރިކޮށް ފަހުން އީސީއަށް ނަތީޖާ ފޮނުވުން ކަމަށެވެ.

Advertisement - newsAdvertisement
"އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މިއަދު ޔަގީންކަން ދެއްވި، ވިދާޅުވީ ކުރިން މި ފޮތުގައި (ވޯޓުލާ ދުވަހު އަމަލުކުރާނެ ގޮތް ބަޔާންކުރާ ފޮތުގައި) ލިޔެފައި އޮތީ ކުރިން އެގޮތައް އަމަލު ކުރަން ނިންމާފައި އޮތީމާ ކަމަށް. ނަމަވެސް އެ ގޮތަށް ބަދަލު ކޮށްފީމޭ،" ހިސާން ވިދާޅުވި އެވެ.

އަނެއް ކަމަކީ ވޯޓު ކަރުދާސް ބަންޑެލް ކުރުމަށްފަހު ރައްޔިތުނަށް ވޯޓު ކަރުދާސް ދެއްކުމަށް އޮންނަ އޮތުމާ ގުޅޭ ކަންބޮޑުވުމެވެ. ހިސާން ވިދާޅުވީ އެއީ ވެސް ވޯޓުލުމުގައި އަމަލުކުރަން ޖެހޭ ގޮތް ބަޔާން ކުރާ ފޮތުގައި ބަލަންވާ ވަރަށް ނުބަލާ ލިޔެފައިވާ އެއްޗެއް ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށެވެ. އަދި ވޯޓުގުނާއިރު ވަކި ވަކިން ގުނަމުންދާ ވަރަކުން ކަރުދާސްކޮޅު ދައްކަމުންދާނެ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ މިހާ ލަސް ދަނޑިވަޅެއްގައި އެ ބޭފުޅުން ޓްރޭނިން ދިން ފޮތުގައި މިހެން ލިޔެފައި އޮތީމަ. އެވަރަށް ބެލެން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ،" ހިސާން ވިދާޅުވި އެވެ.

ދެ ވޯޓް ފޮށި ފޮނުވާފައިވާ މަރުކަޒުތަކުގައި ދެ ވޯޓްފޮށި އަބަދުވެސް ފެންނާނެހެން ބެހެއްޓުމަށާއި އަދި އެ ބަންދުކުރުމާއި ހުޅުވުން އެންމެން ކުރިމަތީ ގައި ކުރިއަށް ގެންދިއުމަށް އިލެކްޝަނުގައި އެދުމުން އެކަން އެގޮތަށް ކޮށްދޭނެ ކަމުގެ ޔަގީންކަން އިލެކްޝަނުން ދީފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އަދި އެއްވެސް ސަބަބަކާހުރެ ވޯޓުލުން ހުއްޓާލަން ޖެހުނު ނަމަވެސް އަދި ފުލުހުން އެތަނަށް ވަންނަން ޖެހުނު ނަމަވެސް އެތަނުން އޮބްޒާވަރުންނާއި މޮނިޓަރުން ނު ނެރޭނެ ކަމުގެ ޔަގީކަން ވެސް އިލެކްޝަނުން ހޯދާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ވޯޓުލުމުގެ ކުރިން ވޯޓު ކަރުދާހުގެ ސެކިއުރިޓީ ސިފަތަކަކީ ކޮބައިކަން ބުނެދިނުމަށާއި އަދި ވޯޓުލާން އަންނަ މީހާއަށް އެ ވޯޓުކަރުދާހަކީ ސައްހަ ކަރުދާހެއްކަން ބުނެދިނުމަށް އެދުމުން އެކަމާމެދު ފަހުން ގޮތެއް ނިންމާނެ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އަދި ވޯޓު ގުނަމުންދާއިރު ބާރަށް ގުނަމުން ނުގޮސްދާނެތީ ކަންބޮޑުވުން އޮތް ކަމަށާއި އެހެން ނަމަވެސް ވޯޓު ގުނަމުންދާއިރު ބާރަށް ގުނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ވޯޓުލެވޭ މީހުންގެ ލިސްޓްގައި ނެތް މީހަކަށް ވެސް ވަކި މައްސަލަތަކެއްގައި އިލެކްޝަންސް ކޮމިޝަނުން ނިންމައިފި ނަމަ ވޯޓުލުމުގެ ފުރުސަތު ދޭ ގޮތައް އިލެކްޝަނުން ނިންމާފައިވީ ނަމަވެސް އެކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ. ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކޮށްފައިވާ ވޯޓާސްލިސްޓް އަދިވެސް އަތަށް ލިބިފައި ނުވާ މައްސަލައިގައި އިލެކްޝަނުން ދީފައިވާ ޖަވާބަކީ ވޯޓުލާ މަރުކަޒުގައި ސޮއިކޮށްފައިވާ ލިސްޓް އެންމެނަށް ފެންނާނެހެން ހަރުކޮށްފައި ހުންނާނެ ކަމުގެ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމައެހެންމެ ވޯޓުލާ ދުވަހު އަމަލު ކުރަން ޖެހޭ ގޮތް އެންމެނަށް ފެންނާނެހެން ވޯޓްލާ މަރުކަޒުގެ ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް އެދުނު ނަމަވެސް އެކަމާމެދު ގޮތެއް ނުނިންމާ ކަމަށް ހިސާން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް