Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 03:36

ދީނީ އިލްމުވެރިންނަށް މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ނުދޭހާ މިނިވަންކަން މިސަރުކާރުން ދީފައިވާކަމަށް ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 03:36
މުހައްމަދު ޝަހީމް އަލީ ސައީދު

މުހައްމަދު ޝަހީމް އަލީ ސައީދު

ކޮރަޕްޝަން އަކީ ނަސޭހަތް ދީގެން ރަނގަޅުކުރެވޭނެ ކަންތައްތައް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ބާއްވާ ރިޔާސީ އިންތިހާބުގައި، ރައީސް ޔާމީނަށް ތާއީދު ކުރައްވާ މަދު އިލްމުވެރިންތަކާއެކު ދަރުބާރުގޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ކޮރަޕްޝަނާއި އަނިޔާވެރިވުން އެއީ ނަސޭހަތްދީގެން ގައުމުގައި ރަނގަޅުކުރެވޭނެ ކަންކަންކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންނަށް މި ޝަކުވާ މިއިވެނީ އެކިއެކި މުއައްސަސާތަކުގެ ކޮރަޕްޝަން ހުންނަނީއޭ ނުވަތަ ބައެއްމީހުން އަނިޔާވެރިވަނީއޭ. މިކަންކަމަކީ ނަސޭހަތްދީގެން ރަނގަޅު ކުރެވޭނެ ކަންތައްތައް. އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެގެން ރަނގަޅުކުރެވޭނެ ކަންތައްތައް. އެކަމަކު އެގައުމެއްގެ ހަމަޖެހުމާއި އެގައުމެއްގެ އެގައުމެއްގެ ސުލްހަވެރިކަމާއި އެގައުމެއްގެ ދީނީ ވަހުދަތަށް ހުރަސް އެޅިއްޖެކަމުގައިވާނަމަ މި ދެންނެވި އަސާސްތައް ހަލާކުވެއްޖެ ކަމުގައިވާނަމަ ދެން އެގައުމެއް ރަނގަޅު ގޮތުގައި ދެމިއެއް ނޯންނާނެ."ޝަހީމް ވިދާޅުވިއެވެ.

ދިވެހި ތާރީޚުގައި ވެސް އެންމެ ބޮޑު ޚިޔާނާތް ހިންގާފައިވަނީ މި ސަރުކާރުން ކަމަށް ރައީސް އަބްދުﷲ ޔާމީން އިއުތިރާފުވެވަޑައިގެންފައިވާއިރު، އެ މަނިކުފާނުގެ މި ވެރިކަމުގައި އަނިޔާވެރިކަން ވެސް އިންތިޚާއަށް ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އާ ގާނޫނު އަސާސީ އުފަންވެ، ސިޔާސީ ޕާޓީތައް އުފެދުމަށް ފަހު އިދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުން ޖަލަށްލީ މި ސަރުކާރުންނެވެ.

ދީނީ އިލްމުވެރިންނަށް މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ނުދޭހާ މިނިވަންކަން މިސަރުކާރުން ދީފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. މިސަރުކާރުން އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށާއި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒުގެ ދީނީ ދަރުސް ދެއްވުން މިސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތި ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އެއްވެސް ސަރުކާރެއް ނާދޭ އިސްލާމީ ދައުވަތަށް މިހާ މިނިވަންކަން ދީފައި އޮތް ސަރުކާރެއް. އެއްވެސް ސަރުކާރެއް ނާދެ ރައީސް ޔާމީންގެ ސަރުކާރު ފިޔަވައި އިސްލާމީ ދައުވަތަށް މިހާ މިނިވަންކަން ދީފައި އޮތް ސަރުކާރެއް. ނިކަން ބައްލަވާ އަޅުގަނޑުމެންގެ އެއް އަޚް ޑރ. އިޔާޒު އަބްދުލް ލަތީފު. އަޅުގަނޑުގެ ވަރަށް ގާތް އަޚެއް ރަހުމަތްތެރިއެއް. އެބޭފުޅާއަކީ ސަރުކާރާއި އިދިކޮޅު ވަރަށް ވަރުގަދަ ފަހުލަވާނެއް. އެކަމަކު އެބޭފުޅާގެ އިސްލާމީ ދައުވަތަށް ސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތި ކުރައްވައިފިތޯ. އެއް ދުވަހު ފުރުޣާން މިސްކިތުގައި. އަނެއް ދުވަހު ހުޅުމާލެ މިސްކިތުގައި. ބަރާބަރަށް ތަރުތީބުކޮށް ދެ މިސްކިތުގައި އިމާމުކަން ކުރުމާއި ނޫނީ ދަރުސް ދެއްވުން. އެއް މިސާލު އަޅުގަނޑު މިދެންނެވީ،"ޝަހީމް ވިދާޅުވިއެވެ.

ދީނީ ފަތުވާއެއް ދީގެން މިސަރުކާރު އެއްވެސް ދީނީ ޢިލްމުވެރިއަކަށް ގޯނާއެއް ކޮށްފައި ނުވާ ކަމަށް ޝަހީމް މީގެ ކުރިންވެސް ވިދާޅުވެފައެވެ. ނަމަވެސް ޝެއިޚް އިލްޔާސް ހުސައިން ދީނީ ފަތުވާ ދެއްވުމުގެ ހުއްދަ 2016 ގައި މިސަރުކާރުން ބާތިލް ކުރިއެވެ.

ޝެއިޚް އިލްޔާސްގެ ދީނީ ދަރުސް ދެއްވުމުގެ ހުއްދަ ބާތިލުކުރީ އައްޑޫސިޓީ ފޭދޫ މިސްކިތުގައި، ނުބައްލަވައި ހުކުރު ހުތުބާ ވިދާޅުވުމުންނެވެ. ނަމަވެސް އޭނާއަކީ އޭރު ނުބައްލަވައި ޚުތުބާ ވިދާޅުވުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް