ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 13:23
ޕީޕީއެމްގެ އެންމެން އެކަކަށް ޖަލްސާގެ ތެރެއިން
ޕީޕީއެމްގެ އެންމެން އެކަކަށް ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
އިލްމުވެރިއަކު އެމްޑީޕީއާ ގުޅޭ ހިސާބަކީ އެމީހެއްގެ ދީނީ އިލްމުވެރިކަމުގެ މެންޑޭޓް ނިމޭ ހިސާބު: ޝަހީމު
އިބްރާހިމް ނާސިރުގެ ކާޓޫން ކުރެހި ހިސާބުން ރަނގަޅު ކުރަންޖެހޭ
ދީނީ މެނިފެސްޓޯގައި ހަމައެކަނި އޮތީ މިސްކިތްތައް ކައުންސިލްތަކާ ހަވާލު ކުރުން އެކަނި

އެއްވެސް އިލްމުވެރިއަކު އެމްޑީޕީއާ ގުޅޭ ހިސާބަކީ އެމީހެއްގެ ދީނީ އިލްމުވެރިކަމުގެ މެންޑޭޓް ނިމޭ ހިސާބު ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންގމޭޓް ޑރ ޝަހީމު އަލީ ސައީދު ވިދާޅުވިއެވެ.

ޕީޕީއެމް އިން އެންމެން އެކަކަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ ޝަހީމު ވިދާޅުވީ، އެމްޑީޕީއަކީ ބޭރުގެ އިސްތިއުމާރީ ބާރުތަކުން ނުފޫޒް ފޯރުވާ، އިސްލާމީ ވަހުދަތު ނަގާލަން ރާއްޖޭގައި އިންދާފައިވާ ގަހެއް ކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގިލައްވާނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާނު އަބްދުﷲ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކަމަށެވެ.

"ވަރަށް ސާބިތުކަމާއެކު މިދަންނަވަނީ ޖަދަލުކުރައްވަން ވަޑައިގަންނަވާ. އިސްލާމް މާއްދާ އުވާލަން މަސައްކަތް ކުރި. އަރަބި އިސްލާމީ ތައުލީމު ނައްތާލަން މަސައްކަތްކުރި." ޝަހީމު ވިދާޅުވިއެވެ.

ޝަހީމު މިހެން ވިދާޅުވިއިރު  2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލު ކުރުމަށްޓަކައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޝާހީމު ހިމެނިވަޑައިގަންނަވައެވެ. އަދި އެދުވަސްވަރު ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި ވަރަށްބޮޑަށް ޙަރަކާތްތެރިވެ ވަޑައިގެންނެވި އެވެ.

ޝަހީމު ވިދާޅުވީ، އިސްލާމް މާއްދާ އުވާލުމަށް މަސައްކަތް ކުރިކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

ޝަހީމު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ނަވީން ޕިއްލޭ ގެނެސްގެން އިސްލާމު ދީނުގެ އުސޫލަށް ބަދަލުކުރުމަށް އޭނާ ލައްވާ ގޮވާލި ކަމަށެވެ.

" މިވަރުގެ ބަޔަކަށް ކިހިނެތްތޯ ރާއްޖޭގައި ދިވެހި ދައުލަތުގެ ރިޔާސަތު ރަން ތަބަކަކަށްލާފައި ދޭނީ. ދެން މިއަދު އިއްޒަތުގެ ރަން ހާރުތައް އެއުރެންގެ ކަނދުގައި އެޅުނު ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ތިމަންނަމެން މިއަދު މިތިބީ ހެދުނު ގޯސްތައް ރަނގަޅުކުރަންށޭ. އަދާވާތްތެރިންނާ އެކު ވެސް ކޯލިޝަން ހެދޭނެއޭ. އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރުގެ ކާޓޫނު ކުރެހި ހިސާބުން ރަނގަޅު ކުރާށޭ. އެހިސާބުންނޭ ރަނގަޅު ކުރަންވީ." ޝަހީމު ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ، އޭރު ކަންކަން ކުރި ގޮތަށް މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ކާޓޫނު ކުރަހާކަށް މިއަދުގެ ޒުވާނުން ފުރުސަތު ނުދޭނެ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރާއްޖޭގެ އެއްވެސް ލީޑަރަކު ނުގެންނަ ފަދަ ދީނީ ސިޔާސަތެއް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއިރު އެ ސިޔާސަތުގައި އެއްވެސް ކަމެއް ނެތް ކަމަށެވެ. ހަމައެކަނި އޮތީ ސިޓީ ކައުންސިލްތަކަށް މިސްކިތްތައް ދޭ ވާހަކަ ކަމަށާއި އެއީ މީގެ ކުރިންވެސް ކަންކަން ކޮށްފައިވާ ގޮތް ކަމަށެވެ.

- ކޮމެންޓް