ޕްރޮގްރެސް ޝެއަރޑްގެ ނަމުގައި ޕީޕީއެމްގެ މެނިފެސްޓޯ އާންމުކޮށްފިއެވެ.
ޕީޕީއެމް އިން ދެން އަންނަ ފަސް އަހަރެއްގައި ހާސިލްކުރާނެ ކަންކަން ހިމަނައިގެން އާންމުކޮށްފައިވާ މެނިފެސްޓޯގައި އަރބަން ތިން ޒޯނެއް ތަރައްގީ ކުރުމަށް ހިމަނާފައިވާއިރު ޖުމްލަ ދިހަ ދާއިރާއަކުން ތަރައްގީ ގެންނާނެ ގޮތްތައް ވަނީ ބަޔާންކޮށްފައެވެ.
ސިޓީއެއް ތަރައްގީ ކުރުމަށް ކަނޑައަޅާފައި ވަނީ ގްރޭޓަރ މާލެ ސަރަހައްދާއި ހއ އަދި ހދ ސަރަހައްދުގައި އައިހެވެން މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ސަރަހައްދާއި ގއ، ގދ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ސަރަހައްދު ތަރައްގީ ކުރުމެވެ.
ތިން ޒޯނެއް ތަރައްގީ ކުރުމުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އެސަރަހައްދުތަކުގައި ތަރައްގީ ކުރެވޭނެއެވެ. މީގެއިތުރުރުން ސީޕްލޭން ހަބެއް ތަރައްގީ ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގެ 10000 އެނދު ތަރައްގީ ކުރުމަށް ވަނީ ހިމަނާފައެވެ. އެ ޒޯނުގައި ހިމެނޭ ބޮޑެތި ހުރިހާ ރަށްތައް ބްރިޖެއް ނުވަތަ ކޯޒްވޭއަކުން ގުޅާލުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި އިންޓަރނޭޝަނަލް ސީޕްލޭން ހަބެއްގެ އިތުރުން މެރީން ޓްރާންސްޕޯޓް ހަބެއް ގާއިމް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އިސްލާމިކް ސެންޓަރަކާއި ފައިނޭންޝިއަލް ސެންޓަރެއްގެ އިތުރުން އިންޓަރނޭޝަނަލް ސްކޫލުތަކައި މަލްޓި ސްޕެޝާލިޓީ ހޮސްޕިޓަލެއްގެ އިތުރުން މި ތިން ޒޯނުގައި މަލްޓި ޕާޕަސް ކޮންވެންޝަން ސެންޓަގެއް ގާއިމް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ހުރިހާ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ހައްލުކޮށްދިނުމާއި ވޭސްޓްމެނޭޓްމެންޓް ސެންޓަރެއްގެ އިތުރުން ނޭޗަރ ޕާކެއް ގާއިމް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ސިޓީއަކާއި ރަށަކަށް ލިބޭނެ ތަރައްގީވެސް މެނިފެސްޓޯގައި ބަޔާންކޮށްފައިވެއެވެ.އެގޮތުން ސިޓީއެއްގައި ނަމަ ޑޮމެސްޓިކް އެއަރޕޯޓަކައި ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމައި މަދުވެގެން 500 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމުގެ އިތުރުން ސިޓީ ހޮސްޕިޓަލެއް ތަރައްގީ ކުރެވޭނެ އެވެ. މީގެ އިތުރުން ސްޓޭޑިއަމްއާއި ސްވިމިންގ އޭރިއާއެއްގެ އިތުރުން ބޭންކެއް، ސިޓީ ހޯލެއް އަދި ވޭސްޓްމެނޭޓް ކުރާގެ ސިސްޓަމެއް ގާއިމް ކުރެވޭނެ އެވެ.
މީހުން ދިރިއުޅޭ ރަށެއްގައި ނަމަ އެންމެ ދުރުވެގެން 30 މިނެޓްގެ ދަތުރަކުން ދެވޭނެ އެއަރޕޯޓެއް އޮތުމާއި ނަރުދަމާއާއި ފެނުގެ ހިދުމަތާއި އައުޓްޑޯ ޖިމްއެއްގެ އިތުރުން ކުޑަކުދިންގެ ޕާކެއް އަދި ކޮމިއުނިޓީ ސެންޓަރެއް ގާއިމް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މެނިފެސްޓޯގައި ވަނީ ފަތުރުވެރިކަމާއި ސިއްހީ ހިދުމަތާއި ތައުލީމާއި މެރިޓައިމް ހަބްތަކުގެ އިތުރުން ފައިނޭންސް އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އާއި ސޯޝަލް ޕްރޮޓެކްޝަންގެ ދާއިރާގެ އިތުރުން ޒުވާނުންނަށް ކޮށްދެއްވާނެ ކަންކަން ވަނީ ހާމަކޮށްފައެވެ.