ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 22:19
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ ދަރުބާރަށް ވަޑައިގެން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ ދަރުބާރަށް ވަޑައިގެން
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނަން: އިބޫ
 
ލުއި ލޯނު ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ދޫކުރާނަން
 
ކުލި ނުދެއްކޭ ފަރާތްތަކަށް ސަބްސިޑީ ދޫކުރާނަން

ދައުރު ނިމޭ އިރު ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ރައްޔިތުންގެ ދަރުބާރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ އިރު ފަސޭހަ ކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ލިބޭ އާމްދަނީ އިން ކުލި ނުދެއްކޭ ހާލަތުގައި ސަބްސިޑީ ދެވޭނެ ގޮތްތަކެއް ފަހިކޮށްދެއްވާނެ ކަމަށެވެ. އިބޫ ވިދާޅުވީ، ފަސޭހަ ކަމާއެކު ރައްޔިތުންނަށް އުޅެވޭ ގޮތްތައް ފަސޭހަ ކޮށްދިނުމަށް އެކަމާ ގުޅޭ ޕޮލިސީތައް އެކުލަވާލާނެ ކަމަށެވެ. 

ބޯހިޔާވަހިކަމުގެ ސިޔާސަތު ތިން ބަޔަކަށް ބަހާލެވިފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

"ފުރަތަމަ ބަޔަކީ، އެއްވެސް ގޮތެއް ނެތި  ބޯހިޔާވަހިކަން ނެތި  ތިބި ފަރާތްތަކަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އެމީހަކަށް އަމިއްލައަށް ތަނެއް ކުއްޔަށް ހިފައިގެން އުޅެވެންދެން އެކަން ކޮށްދޭގޮތަށް. ދެވަނަ ބަޔަކީ ކުލި ނުދެއްކޭ ހާލަތުގައި ސަބްސިޑާއިސް ކުރާ ސިޔާސަތު. މިކަމުގައި އަމިއްލަ ފަރާތްތަކުންވެސް، ހައުސިންގ ވިޔަފާރި ކުރާ ފަރާތްތަކަށްވެސް މި ޕޮލިސީގައި ބައިވެރިވެވޭނެ.  ތިންވަނަ ބަޔަކީ ބޭނުންވާ ފްލެޓް ނުވަތަ ގެއެއް ގަތުމަށް ބޭނުންވާ ފަރާތްތަކަށް  ބޭނުންވާ ލޯނު ފަސޭހަ ކަމާއެކު ލިބޭ ގޮތް ފަހިކޮށްދިނުން." އިބޫ ވިދާޅުވިއެވެ

 އިބޫ ވިދާޅުވީ، ބޯހިޔާވަހިކަން ފަސޭހަ ކޮށްދިނުމަށްޓަކާ ލޯނު ދޫކުރާނެ ކަމަށާއި އެގޮތުން މަހަކު 5000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ހަ ޕަސެންޓް އިންޓްރެސްޓް ރޭޓަކާއެކު ލޯނު ހަމަޖެހިގެންދާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
80%
0%
20%
0%
0%
ކޮމެންޓް