ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 21:09
އިބޫ އައިޓީ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރުން
އިބޫ އައިޓީ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރުން
ފާތިމަތު ޝަނާ މުހައްމަދު
ރިޔާސީ އިންތިހާބު 2018
އައިޓީ ދާއިރާގެ ތަޖުރިބާކާރުންނާ އިބޫ ބައްދަލުކުރައްވައިފި
ގާތްގަނޑަކަށް ދާއިރާގެ 15 ތަޖުރިބާކާރުންނާ ބައްދަލުކުރެއްވި
ބައްދަލުވުމުގައި ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބައްދަލުކުރައްވައިފި

އައިޓީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިފައިވާސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރައްވައިފިއެވެ.

އަންގާރަދުވަހު ކުރިއަށްދިޔަ ބައްދަލުވުމުގައި އިބޫ ވަނީ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދޭނެ ގޮތްތަކާގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި އެދާއިރާ ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު އޮޅުންފިލުވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގައި މަސައްކަތްކުރާ ގާތްގަނޑަކަށް 15 ވަރަކަށް ތަޖުރިބާ ކާރުން ބައިވެރިވެފައިވެއެވެ.

އައިޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކުރައްވާފައިވާ އިރު އިބޫ އަންނަނީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކޮށް އެދާއިރާތަކުގެ ކަންބޮޑުވުންތައް އޮޅުން ފިލުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް