Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ޒުވާނުންގެ އަޑު އެހުމަށް ކައުންސިލެއް އުފައްދާނަން، ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ އަޑު އަހާނަން: އިބޫ

17 ސެޕްޓެމްބަރު 2018 | ހޯމަ 19:34

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމަށް މަގުފަހިކޮށްދޭނަން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 17 ސެޕްޓެމްބަރު 2018 | ހޯމަ 19:34
ބިލެތްދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ

ބިލެތްދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ

ގުޅިފައިވާ އިއްތިހާދުގެ ސަރުކާރަކީ ވަކި މީހެއްގެ ސަރުކާރެއް ނޫން ކަމަށާއި، އެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރަކަށް ހައްދަވާނެކަން ވިދާޅުވެ ސަރުކާރުގެ ނިންމުންތަކަށް ބަސް ކިޔުމަށް ޒުވާނުންގެ ހާއްސަ ކައުންސިލެއް އުފައްދަވާނެ ކަމަށް ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.

ގުޅިފައިވާ އިއްތިހާދުން އެކުލަވާލާ ސަރުކާރަކީ އެންމެ މީހެއްގެ ސަރުކާރެއް ނޫން ކަމަށާއި، އެންމެ ޕާޓީއެއްގެ ވެރިކަމެއްވެސް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އުފެދިގެންދާ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، އެ ސަރުކާރުގައި ރައްޔިތުންގެ ބަސް އަޑުއަހާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ޒުވާނުންގެ ބައިވެރިވުން އިތުރުކުރައްވާނެކަން ފާހަގަކޮށް އިބޫ ވިދާޅުވީ ސަރުކާރަށް ކަންކަން ހުށައެޅުމަށް މިނިވަން ކައުންސިލެއް އުފައްދަވާނެ ކަމަށެވެ.

Advertisement - newsAdvertisement

އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައްވެސް ރައްޔިތުންނާއި ގާތުން ކުރިއަށްގެންދިއުމުގެ ކަންތައްތައް ހަމަޖައްސަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ޕެޓިޝަން ހުށައެޅުމުގެ ފުރުސަތާއި، އެ ޕާޓިޝަންތަކަށް ބަހުސް ކުރުމުގެ ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ހުޅުވާލެވިގެންދަނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މުޅި ވެރިކަމުގެ ނިޒާމް ބައްޓަންކުރައްވާނީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރެއްވުމަށް ކަމަށެވެ.

ބިލެތްދޫއަށް ވަޑައިގެން އިބޫ އެ ރަށު ރައްޔިތުންނާއި ސަލާމްކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

އިބޫ ވިދާޅުވީ ރާއްޖޭގެ ހުރިހާ ދިމާލަކުންވެސް އިވުނީ އެއް އަޑެއް ކަމަށެވެ. އެއީ އިންސާފާއި، ހަމަހަމަކަން ނެތުމާއި، އަނިޔާވެރިކަމާއި ކޮރަޕްޝަނާއި، ވައްކަމާއި ފަސާދައަށް ރައްޔިތުން ނޫނެކޭ ބުނާ އަޑު ކަމަށެވެ. އެގޮތުން ޖަލުގައި ތިބި ފަރާތްތަކަށް ފޯނު ކޯލްތައް ކުރުމުގެ ފުރުސަތުވެސް ބަންދުކޮށްފައިވާކަން ފާހަގަކޮށް އިބޫ ވިދާޅުވީ އެކަމުންވެސް މި ސަރުކާރުގެ އަނިޔާވެރިކަން އެނގޭކަމަށެވެ. އަދި ސަރުކާރުގެ އަނިޔާވެރިކަމަށް ރައްޔިތުން ދެކޮޅު ކަމަށާއި، ރައްޔިތުން މަޑުކޮށްގެން ތިބީ މި މަހުގެ 23 ވަނަ ދުވަހަށް ކަމަށް އިބޫ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ ދުވަހުގެ ވޯޓުގައި އެ ހުރިހާކަމަކަށް ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށެވެ.

ބިލެތްދޫއަށްވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަން ވައުދުވެވަޑައިގެން އިބޫ ވިދާޅުވީ ރަށުން ގޯތި ދޫކުރުމުގެ އިންތިޒާމް ހަޖައްސަވައި، ބިން ނެތްކަމުގައިވާ ނަމަ ބިން ހިއްކަވާނެ ކަމަށެވެ. އަދި ބިލެތްދޫ ބަނދަރު ބޮޑުކޮށް ދެއްވާނެ ކަމަށާއި، ބިލެތްދޫއަކީ ފާނައިގެ މަސްވެރިކަން ކުރާ ރަށަކަށްވާއިރު، ހާއްސަ ދިރާސާތައް ކުރެވި އެކަމަށް ހާއްސަ ސަމާލުކަމެއްދެއްވައި ރައްޔިތުންނަށް މަންފާ ލިބޭގޮތް ހައްދަވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

ބިލެތްދޫގެ ބައެއް ޒުވާނުންނާއެކު އިބޫ ފޮޓޯއެއް ނަންގަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ރާއްޖޭގެ ގިނަ ރަށްތަކަށް ވަޑައިގެންނެވިފައިވާކަން ފާހަގަކޮށް އިބޫ ވިދާޅުވީ ރައްޔިތުން ކިޔުއްވި މަރުހަބާއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެއީ ރައްޔިތުން ނުހަނު ގިނަ ވަގުތާއެކު ގިނަ ހޭދަތަކެއް ކޮށްގެން މަރުހަބާ ދެންނެވުމަށް ކުރި މަސައްކަތްތަކެއްކަން ފާހަގަކޮށް، ރާއްޖޭގެ ހުރިހާ ރަށަކަުންވެސް އިއްތިހާދުގެ ޓީމަށް ކިޔުއްވި ހޫނު މަރުހަބާއަށް ވަނީ ޝުކުރު ދަންނަވައި، އެކަން އަބަދުވެސް ފާހަގަކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް