Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވެވޭގޮތުގެ ނިޒާމް ގެނައީ ވެސް ރައީސް ޔާމީންގެ ސަރުކާރުން: މާރިއާ

17 ސެޕްޓެމްބަރު 2018 | ހޯމަ 13:40

ދައުލަތުގެ ފައިސާ އެކިއެކި އެކައުންޓްތަކަށް ޖަމާކުރެވޭ ގޮތަށް ނިޒާމު ބަދަލު ކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ސެޕްޓެމްބަރު 2018 | ހޯމަ 13:40
އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ

އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެވޭ ގޮތަށް ނިޒާމަށް ބަދަލު ގެނައީ ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިއާ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން އިންތިޒާމުކޮށްގެން "ރިޔާސީ ބަހުސް 2018" ނަމުގައި ބޭއްވި ހަފްލާއަށް ފާޑު ވިދާޅުވެ، އަދި އެ ހަފްލާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ހިޔާނާތް ނުހުއްޓުވުނީ ނިޒާމުގައި ހުރި މައްސަލައަކުން ކަމަށް ރައީސް ޔާމީން ގައުމީ ޔުނިވާރސިޓީން ބޭއްވި އެ ހަފްލާގައި ވިދާޅުވެފައިވާތީ، މާރިޔާ ވިދާޅުވީ ނިޒާމުގައި މައްސަލަތައް ހުރި ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރެވޭ ގޮތަށް ނިޒާމަށް ބަދަލު ގެނައީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

ދައުލަތަށް ލިބޭ އާމްދަނީ ކުރިން ޖަމާކުރަމުން އައީ އެއް އެކައުންޓަކަށް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެގޮތް ބަދަލުކޮށް ދައުލަތަށް ލިބޭ އާމްދަނީ އެކި އެކައުންޓްތަކަށް ޖަމާކުރާ ގޮތަށް ހެދުމުން ކޮރަޕްޝަން ހިންގަން ފުރުސަތު ބޮޑުވެގެން ދިޔަ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނަށް ހުށަހެޅި ބަދަލަކުން ކަމަށްވާއިރު، އެގޮތަށް ކަންކަން ނުކުރެއްވުމަށާއި އެއީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ. މާރިޔާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ހިޔާނާތް ނުހުއްޓުވުނީ ނިޒާމުގައި ހުރި މައްސަލައަކުން ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައުލޫމާތު ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހީމް ހިއްސާކުރެއްވުމުން ނިޔާޒު މަގާމުން ވަކިކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

މާރިއާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވާލުމުން އެކަން ކުރި ބޭންކުގެ މުވައްޒަފު ވަޒީފާއިން ވަކިކޮށް، އަދި އޭނާގެ މައްޗަށް ދައުވާކޮށް ޖަލަށް ހުކުމް ކޮށްފައި ވެސް ވާ ކަމަށެވެ.

އެހެންކަމުން ނިޒާމުގެ މައްސަލައެއް ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް އެކަމުން ރެކިވަޑައި ނުގެންނެވޭނެ ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް