Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޮޅިވަރަމްގެ ނަރުދަމާ

ނޮޅިވަރަމްގެ ނަރުދަމާ ނިޒާމް ނިންމުން ފާހަގަކުރި އިރު މަސައްކަތް ނުނިމޭ!

16 ސެޕްޓެމްބަރު 2018 | އާދީއްތަ 09:29

ނޮޅިވަރަމުގައި ނަރުދަމާގެ ނިޒާމް އިފްތިތާހް ކޮށްދެއްވާފައި ވަނީ މިދިޔަ ޖުލައިމަހުގެ 17 ވަނަ ދުވަހު ރައީސް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 09:29
ހދ. ނޮޅިވަރަމުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ގާއިމުކޮށް އެ ނިޒާމުގެ ޚިދުމަތް ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ރަސްމީކޮށް ފައްޓަވައި ދެއްވަނީ

ހދ. ނޮޅިވަރަމުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ގާއިމުކޮށް އެ ނިޒާމުގެ ޚިދުމަތް ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ރަސްމީކޮށް ފައްޓަވައި ދެއްވަނީ

ހދ. ނޮޅިވަރަމްގެ ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ރައީސް ޔާމިން އިފްތިތާހު ކޮށްދެއްވާފައިވާއިރު އެ ޚިދުމަތުގެ މަސައްކަތް ނުނިމޭ ކަމަށް އެރަށުގެ ކައުންސިލަރ ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަމް ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ރަޝީދު އާދަމް ރާއްޖެއެމްވީއަށް ވިދާޅުވީ އެރަށުގެ ނަރުދަމާގެ މަސައްކަތް ނުނިމޭ ކަމަށާއި އެމަސައްކަތް ކުރާނެ މީހަކު އެރަށުގައި ނެތް ކަމަށެވެ. ޖުމްލަ 74.36 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްގެން ގާއިމު ކުރި ކަމަށް ބުނާ ނަރުދަމާ ނިޒާމު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ.

Advertisement - newsAdvertisement

ނޮޅިވަރަމުގައި ގާއިމްކޮށްފައިވާ ކަމަށް ބުނާ ނަރުދަމާގެ ނިޒާމް ހިންގައި ބަލަހައްޓާނީ، ފެނަކަ ކޯޕަރޭޝަނުން ކަމަށް، ސަރުކާރުން ވަނީ ބުނެފައެވެ.

އަޙްމަދު ރަޝީދު އާދަމް ވިދާޅުވީ ނަރުދަމާ ލުމަށް ގެއެއްގެ އިންފާރުން އެތެރެއަށް ކަނެކްޝަން ގުޅާލެވޭ ގޮތަށް ހޮޅިއެއް އަޅާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް ހޮޅިއާއި ގޭގޭގެ ނަރުދަމާއާ ގުޅާލާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގޭގޭގެ ކަނެކްޝަން ވެސް ނުނިމޭ. ހަމައެކަނި މެއިން ލައިންތައް ގެއަށް ވައްދާފައި. އިތުރު މަސައްކަތެއް ނުކުރޭ. އެ މަސައްކަތް އިތުރަށް ފެއްޓެން އޮތީ ގޭގެ ވެރިފަރާތުން އަމިއްލައަށް ކުޑަ ޖަންކްޝަނެއް ހެދުމަށް ފަހު ފާޑެއްގެ ދާގަނޑެއް ލެއްވުމުން ކަމަށް ފެނަކައިން މީގެ ކުރިން ވަނީ ބުނެފައި. ނަރުދަމާގެ މަސައްކަތެއް މިރަށުން ނުނިމޭ،" އޭނާ ވިދާޅުވިއެވެ.

ނޮޅިވަރަމުގައި ނަރުދަމާގެ ނިޒާމް އިފްތިތާހް ކޮށްދެއްވާފައި ވަނީ މިދިޔަ ޖުލައިމަހުގެ 17 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނެވެ.

އަޙްމަދު ރަޝީދު އާދަމް ވިދާޅުވީ ނަރުދަމާ އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތަކީ ސަރުކާރުން ބޭއްވި ރަސްމިއްޔާތެއް ކަމަށެވެ. އަދި އެ ރަސްމިއްޔާތުގެ ކަންތައްތަކުގައި އިސްކޮށް އުޅުނު މީހުންނާ ބައްދަލުކޮށް ރަށުގެ ރައްޔިތުން ނުރުހުންފާޅުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ހަވާލުކުރި އެއްވެސް މީހެއް އެރަށުގައި މިހާރު ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޝްރޫއުތައް އިފްތިތާހުކޮށް ނިމުން ފާހަގަކުރަމުންދާއިރު ނުނިމޭ ބައެއް މަޝްރޫއުތަކާއި ހޭދަކުރުމަށް ބުނާ ފައިސާއާ އެއްވަރަށް ރަށްރަށުގައި މަޝްރޫއުތައް ހިންގާފައި ނުވާ މައްސަލަ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. އެ ގޮތުން ސަރުކާރުން ނެރުނު "ރަށްވެހި ތަރައްގީ" ރަށްރަށުގައި ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގާފައިވާ ކަމަށް ބުނެ މިލިއަނުން އަދަދުތައް ޖަހާފައިވާ އިރު އެފަދަ ބައެއް މަޝްރޫއުތައް ނުފަށައި އަދި ނުނިމި ހުރި ކަން ވަނީ ފާހަގަކުރެވިފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް