Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން ޝަރީފާއި އަކްރަމް، ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތުގައި އުޅުއްވާ އިކްރާމް އާއެކު ހުޅުމާލޭގައި!

16 ސެޕްޓެމްބަރު 2018 | އާދީއްތަ 08:42

އެ މޭޒުގައި ތިއްބެވީ ޝަރީފާއި އަކްރަމާއި އިކްރާމް އެކަނި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 08:42
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް (ކ) ކޮމިޝަނުގެ މެމްބަރު އަކްރަމް (މ) އަދި ޕީއެސްއެމް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް (ވ)

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް (ކ) ކޮމިޝަނުގެ މެމްބަރު އަކްރަމް (މ) އަދި ޕީއެސްއެމް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް (ވ)

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަފްތާއަކަށް ކައިރިވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި އެކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް، އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިން ހަރަކާތްތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ދައުލަތުގެ މީޑިއާ ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް އަބްދުއްލަތީފް ބައްދަލު ކުރައްވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމު ވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފާއި އެކޮމިޝަނުގެ މެމްބަރު އަކްރަމް އަދި ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ބާއްވާ ބައެއް ޖަލްސާތައް ތައާރަފް ކުރުމަށާއި ރައީސް ޔާމީނަށް ތައުރީފް ކުރެއްވުމުގައި އަވަދިނެތި އުޅުއްވާ އިކްރާމް އާއެކު ހުޅުމާލޭގައި ހުންނަ ރެސްޓޯރަންޓެއްގައި ތިއްބެވި މަންޒަފު ފެންނަ ފޮޓާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަކްރަމް ވިދާޅުވީ ކޮމިޝަނުގެ ރައީސް ޝަރީފާއެކު ހުޅުމާލެގައި ހުންނަ ރެސްޓޯރަންޓެއްގައި ކޮފީއެއް ބޯލަން އިންނަވަނިކޮށް އިކްރާމަށް އެތަން ފެނިފެން އޭނާ އެމޭޒުކައިރިއަށް ވަޑައިގެންނެވީ ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ މަގުމަތިންނާއި އެހެނިހެން ތަންތަނުން ވެސް ރައްޓެހިންނާ ދިމާވުމުން ހާލުއަހުވާލު އަހާލާ ވާހަކަ ދައްކަމުންދާ ބީދައިން އިކްރާމްއާ ވެސް ހުޅުމާލެއިން ބައްދަލު ވެފައިވަނީ އެބީދައިން ކަމަށެވެ. އެއީ މާބޮޑު މައްސަލައެއް އޮތް ކަމަކަށް ދެކިވަޑައި ނުގަންނަވާ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

އެ ފޮޓޯއަކީ މިދިއަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ ޑޯވ ރެސްޓޯރަންޓްގައި އެ ތިން ބޭފުޅުން ތިއްބަވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އެއީ ރޭގަނޑުގެ ވަގުތެކެވެ. އަދި ތިން ބޭފުޅުން ވެސް ތިއްބެވީ ގޮނޑީގައި ހަމަޖެހިލައިގެން ފޯނާ ކުޅުއްވާށެވެ.

އިކްރާމަކީ ދައުލަތުގެ މީޑިއާ ހިންގުމުގައި އުޅުއްވާ ރައީސް ޔާމީންގެ ޕީއެސްއެމް ބޯޑަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އަދި އިކްރާމް ގެންދަވަނީ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ބައެއް ޖަލްސާތަކުގައިވެސް އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ނެވެ. އަދި ރައީސް ޔާމީންއަށް ސަނާ ކިޔުއްވުމުގައި އިކްރާމަކީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ ކަމާމެދު އިލެކްޝަންސް ކޮމިޝަނަށް ރައްޔިތުން ޝައްކު ކުރަމުންދާ މިދަނޑިވަޅުގައި އިކްރާމާއެކު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފާއި އެކޮމިޝަނުގެ މެމްބަރު އަކްރަމް ބައްދަލު ކުރައްވާ ފޮޓޯއެއް ސޯސަލް މީޑިއާގައި އާއްމުވެފައިވާއިރު، ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު އެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް