Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަބްދުﷲ ރިޔާޒު

ރިޔާޒު ބަންދުގައި ބަހައްޓަމުން ދަނީ ގާނޫނީ އަސާސެއް ނެތި އާރބިޓްރަރީކޮށް: ވަކީލުން

ރިޔާޒަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުނީ މިއަދު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 17:26
ރިޔާޒުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރު ކޯޓަށް ވަޑައިގަންނަވަނީ

ރިޔާޒުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރު ކޯޓަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކުރި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް ބަންދުގައި ބަހައްޓަމުން ގެންދަނީ އެއްވެސް ގާނޫނީ އަސާސެއް ނެތި އާރބިޓްރަރީ ކޮށް ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ކުރިން ފުލުހުންގެ ކޮމިޝަނަރުގެ މަގާމު ވެސް އަދާކުރެއްވި ރިޔާޒު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، އޭނާގެ ފޯނު ހުޅުވައިނުދިން ކަމަށް ބުނެ ދައުލަތުން އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާގައެވެ. އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް، ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު މަހާއި ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކުރީ އޭޕްރީލް 24 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ރިޔާޒުގެ ވަކީލުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސަރވިސް އިން ދޫކޮށްފައިވާ ޗިޓުގައި ރިޔާޒުގެ ހުކުމް ތަންފީޒުކޮށް ނިމޭ ތާރީޚު ކަމުގައި ބަޔާންކޮށްފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހެވެ.

ބަޔާނުގައިވާ ގޮތުގައި، ރިޔާޒު މިވަގުތު ބަންދުން ދޫނުކޮށް ހިފަހައްޓާފައިވަނީ ހައިކޯޓުން ހުކުމް ކުރުމުގެ ކުރިން ކޯޓުން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރުތަކަށް ރިއާޔަތްކޮށް ކަމަށް ހޮނިހިރު ދުވަހު ކަރެކްޝަނުން ވަނީ އަންގާފައެވެ.

ވަކީލުން ވިދާޅުވާ ގޮތުގައި، އެހެން ނަމަވެސް ޝަރީއަތުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް ބަދަލުކުރެވޭ ހިސާބުން ފެށިގެން އޭގެ ކުރިން އެ މީހާގެ މައްޗަށް އެހެން ހުރިހާ މައްސަލަތަކެއްގައި ކޮށްފައިވާ ބަންދު އަމުރުތައް ބާތިލުވެގެންދާކަމީ އެޔާމެދު ދެބަސްނުވެވޭނެ، ކަނޑައެޅިގެން އެނގެން އޮތް ސާފު އަމަލީ އުސޫލެކެވެ.

"އަދި އެއީ މިއަދާ ހަމައަށް ވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އަމަލުކުރަމުން ގޮސްފައިވާ ގާނޫނީ އުރުފެކެވެ." ބަޔާނުގައިވެއެވެ.

ވަކީލުންގެ ބަޔާނުގައިވާ ގޮތުގައި، މިވަގުތު ރިޔާޒު ބަންދުގައި ބެހެއްޓުމުގައި ރިއާޔަތްކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނާ މައްސަލަތަކަކީ، އެ މައްސަލަތަކުގެ ޝަރީއަތް މިއަދާ ހަމައަށް ވެސް ފެށިފައިނުވާ މައްސަލަތަކެކެވެ.

"ޝަރީއަތް ފެށުމުގެ ލިމިޓޭޝަން ޕީރިއަޑް ހަމަވެފައިވާ ބާތިލު މައްސަލަތަކެކެވެ. އެހެނީ އަބްދުﷲ ރިޔާޒު ހައްޔަރުކުރެވުނީ 2 މާޗް 2018 ވަނަ ދުވަހު ކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 140 ވަނަ މާއްދާ ބަޔާންކުރާ ގޮތުން، އެ ހައްޔަރު ނިސްބަތްކުރެވިފައިވާ މައްސަލައެއްވާނަމަ އެ މައްސަލައެއްގެ ޝަރީއަތް ލިޔެކިޔުންތައް ލިބޭތާ 70 ދުވަހުގެ ތެރޭގައި ފަށަންޖެހޭތީއެވެ." ބަޔާނުގައިވެއެވެ.

މިކަންކަން ފާހަގަކުރައްވައި، ރިޔާޒުގެ ވަކީލުން ވަނީ ޝަރީއަތް ކުރުމުގެ ލިމިޓޭޝަން ހަމަވެފައިވާ އެންމެހާ މައްސަލަތައް، އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނަރަލަށް ގޮވާލައްވާފައެވެ.

ރިޔާޒުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު، އެ ކޯޓުން ވަނީ ހުކުމް ތަންފީޒުކޮށް ނިމެން 72 ގަޑިއިރަށް ވެފައިވަނިކޮށް މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.

"ޝަރީއަތް ކުރުމުގައި ރިއާޔަތްކުރެއްވުމަށް މާތްﷲ ބާވާލެއްވި ގޮތަކީ މިއީ ކަމުގައިވާނަމަ، އަބްދުﷲ ރިޔާޒުގެ ފަރާތުން ކުރާނެ ހަމަ އެއްވެސް ޝަކުވާއެއް ނެތެވެ." ރިޔާޒުގެ ވަކީލުންގެ ބަޔާނުގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު