Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ވޯޓު ގުނުމުގައި އަމަލުކުރާ ގޮތް، އެތައް ބައެއްގެ ކަންބޮޑުވުން

ވޯޓު ކަރުދާސް ގުނުމުގައި އޮޅުވާލުމަށް މަސައްކަތް ކުރާނެ ކަމަށް އިދިކޮޅުން ބުނޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 14:36
ރިޔާސީ އިންތިހާބުގެ ވޯޓް މަރުކަޒުގެ އޮފިޝަލަކު ވޯޓާސް ލިސްޓް ބަލަނީ

ރިޔާސީ އިންތިހާބުގެ ވޯޓް މަރުކަޒުގެ އޮފިޝަލަކު ވޯޓާސް ލިސްޓް ބަލަނީ

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ އިރު މި އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ހާއްސަކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ދަނީ އިންތިހާބާ ގުޅޭގޮތުން ތަފާތު އެކި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އެންމެ ފުރަތަމަ އިންތިހާބުގެ ރީރަޖިސްޓްރޭޝަނާ ގުޅޭ ގޮތުންނެވެ. ދެން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނާ ގުޅޭ ގޮތުންނެވެ. އޭގެފަހުން މިހާރު އުފައްދާ ސުވާލަކީ އިންތިހާބުގެ ނަތީޖާ ޓެބްލެޓަށް އެންޓަރ ކުރުމަށްފަހު ނަތީޖާ އިއުލާނު ކުރާނެ ކަމަށް ބައެއް އޮފިޝަލުންނަށް އިރުޝާދު ދީފައިވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފާޅުކުރަމުންދާ ކަންބޮޑުވުންތަކެވެ.

ބައެއް އޮފިޝަލުންނާ ހަވާލީ ސޯޝަލް މީޑީއާގައި ގިނަ ބަޔަކުވަނީ އެވާހަކަތައް ހިއްސާކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެފަދަ މައުލޫމާތު ތަކެއް ހާމަކޮށްފައެވެ. އެގޮތުން ނަތީޖާ އިއުލާނު ކުރުމަށްފަހު ޓެބްލެޓަށް ނަތީޖާ އެންޓަރ ކުރުމަށް ހަމަޖެހިފައިވާ އެއަށްފަހު އެ މައުލޫމާތުތައް ޕްރިންޓް ކުރާނެ ކަމަށް ހާމަކޮށްފައިވެއެވެ.

މި ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަނުން ދަނީ ދޮގުކުރަމުންނެވެ. ބާއްވާ ކޮންމެ ޕްރެސް ކޮންފަރެންސެއްގައި އެކަންކަމާ ގުޅޭ ގޮތުން ޖަވާބުދާރީވެއެވެ.

އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ޝީޓް ފޮނުވާނީ އިއުލާނު ކޮށް، އިންތިހާބީ މަރުކަޒުގައި ތަތްވެސް ކުރުމަށްފަހު ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް އެ މައުލޫމާތުތައް ފޮނުވާނީ ނަތީޖާ ޝީޓް ތަތްކުރުމަށްފަހު. އެއްވެސް ވޯޓު ފޮއްޓެއްގެ ނަތީޖާއެއް އެތާނގެ ވޯޓުލާ މަރުކަޒުގައި ގުނާ ތަނުގައި ހާޒިރުވެ ތިބޭ ފަރާތްތަކަށް އެންގުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އެމައުލޫމާތެއް ނޭނގޭނެ" ޝަރީފު ވިދާޅުވިއެވެ.

މިހެން ޝަރީފު ވިދާޅުވި ނަމަވެސް ވޯޓު ގުނުމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުން ކޮންމެ ވޯޓު ކަރުދާސްކޮޅެއްގެ ސައްކަން ކަށަވަރު ކުރާނެ ކަމަށް ވިދާޅުވުމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިނގައިފާނެ ކަމަށާއި ޓެބްލެޓަށް އެންޓަރކޮށް ވަކި ސޮފްޓްވެއަރއެއްގެ ތެރެއިން ނަތީޖާއަށް ބަދަލުތަކެއް ގެނެސްފާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އާންމު އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ވޯޓު ގުނުމަށް ހަމަޖެހިފައިވާ ތަނަކަށް ވޯޓު ފޮށިތައް ގެންގޮސް ހަމަވުމާއެކު، ވޯޓު ގުނުމުގެ މަސައްކަތް ވީހާ އަވަހަކަށް ފަށަންވާނެއެވެ. ވޯޓު ގުނުމަށްޓަކާ، ވޯޓު ފޮށިތައް ކަނޑައި ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދާނީ، ކޮމިޝަނަރ އޮފް އިލެކްޝަންސް އެކަމަށް ކަނޑައަޅާ ބަޔެކެވެ. މީގެ އިތުރުން ވޯޓު ކަރުދާހާއި ގުޅޭ ގޮތުން ވަރަށް ސާފުކޮށް ކަންކަން ހާމަކޮށްފައިވެއެވެ. އެގޮތުން ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން މެނުވީ އިންތިހާބުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ޕެކެޓެއް، ނުވަތަ ވޯޓުކަރުދާސްލާފައިވާ ފޮށްޓެއް، ނުވަތަ ވޯޓު ކަރުދާސް ލާފައިވާ މިނޫންވެސް އެއްޗެއް ހުޅުވައި، ވޯޓު ފޮށްޓެއް ކަނޑައި، އެއިން ވޯޓުކަރުދާސް ނަގައި ބަލައިގެންނުވާނެ ކަމަށާއި ނުވަތަ ހަލާކު ކުރުމައި ނުވަތަ ގެއްލުން ދީގެން ނުވާނެ ކަން ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އިންތިހާބުގެ ކަންތައް ހިންގާ ފަރާތުން މިވޯޓު ކަރުދާސް ދޫކުރަންވާނީ، ވޯޓުފޮށި ހުންނަތަނަށް ވޯޓުލާމީހާ އައުމުން، އެމީހެއްގެ އަތަށް ކަމަށް ބަޔާންކޮށްފައިވާއިރު ވޯޓުކަރުދާސް ވޯޓުލާ ސަރަހައްދުން ބޭރަށް ގާނޫނާ ހިލާފަށް ނުގެންދެވޭނެ ފަދަ ގޮތަކަށް އިންތިޒާމު ހަމަޖެހިފައިވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މިހުރިހާ ކަމެއް ސާފުކޮށް ބަޔާންކޮށްފައިވާ އިރު ވޯޓު ކަރުދާސް ވޯޓުލާ ނިމުމުން ސައްހަކަން ކަށަވަރު ކުރުމާ ގުޅިގެންވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ރިޔާސީ އިންތިހާބުގައި ޖުމްލަ 262135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 472 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ވޯޓުފޮށި ބަހައްޓާ ހުރިހާ ސަރަހައްދެއްގައި އެންމެ ފުރިހަމަކަމާއެކު ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނަމުންދާއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ދަނީ އިންތިހާބުގެ އެކި ކަންކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާ އިރު މީގެ ކުރީގެ އިންތިހާބުތަކޭ އެއްގޮތަށް ވޯޓު ގަންނަ ވާހަކަތަކާއި ވޯޓަށް މަކަރު ހެދުމަށް ރާވަމުންދާ ވާހަކަތައް އަންނަނީ އިތުރުވަމުންނެވެ. މިފަދަ ކަންތައްތައް ހުއްޓުވޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާވެސް އަދާކޮށްގެންނެވެ. ވަކި ބައެއް މަންފާއަށް ދޭ ފައިސާކޮޅަކަށް ހެއްލި މުޅި ދިވެހި ރައްޔިތުންގެ ހައްގަށް އަރައިގަތުމަށް މަސައްކަތް ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކު ފުރުސަތުދީގެން ނުވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ މިނިވަންކަމާ ސުވާލު އުފައްދާ ހުރިހާ ކަމެއް ދޮގުކޮށް ނިންމާލުމުގެ ބަދަލުގައި އެފަދަ ސުވާލު އުފައްދާ ކަންކަން ސާފުކޮށްދީ ރައްޔިތުންނަށް ކަންކަން ވަމުންދާ ގޮތް އޮޅުން ފިލުވައިދޭންޖެހެއެވެ. އެފަދަ މައްސަލަތަކުގައި މީހަކު މައްސަލަ ވަކިން ހުށަޅޭނި ނަމަވެސް އަމިއްލައަށް އިސްނަގައިގެން އެ މައްސަލަތައް ބަލަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

27 މެއި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

20 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު