Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ރައީސް މައުމޫނާމެދު ނުބައި ތަސައްވުރެއް އުފެއްދީ މި ސަރުކާރުން: ނާދިރާ

15 ސެޕްޓެމްބަރު 2018 | ހޮނިހިރު 02:14

ރައީސް މައުމޫނާއި މެދު އަމަލުކުރެވުނު ގޮތް އެޕާޓީގެ ހަގީގީ މެންބަރުންނަށް ކިޔައިދިނުމުން ކަރުނަ އެޅިކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 02:14
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ނާދިރާ ވާހަކަ ދައްކަވަނީ

ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ނާދިރާ ވާހަކަ ދައްކަވަނީ

ރައީސް މައުމޫނާމެދު ނުބައި ތަސައްވުރެއް އުފެއްދީ އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ މި ސަރުކާރުން ކަމަށް މައުމޫން ރިފޯމް މޫވްމެންޓްގެ މެންބަރު އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ޅ. ހިންނަވަރުގައި ބޭއްވި ބޮޑު ޖަލްސާގައި ނާދިރާ ވިދާޅުވީ ރައީސް މައުމޫނުގެ އަތްޕުޅުން ޕީޕީއެމް އަތުލުމަށް ކޯޓަށް ދަމައި އަނިޔާ ދިންކަމަށެވެ. އަދި ޕީޕީއެމްގެ އަސްލު ހަގީގީ މެންބަރުންނަށް ރައީސް މައުމޫނާއި މެދު އަމަލުކުރެވުނު އިހާނެތި ގޮތްތައް ކިޔައިދެއްވި ބައެއް ފަހަރު އެމަނިކުފާނުގެ ލޯފުޅުން ކަރުނަ ފޭބިތަން ދެކެވަޑައިގެންނެވި ކަމަށް ނާދިރާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނުގެ އުމުރުފުޅު އައްޑިއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އެ މަނިކުފާނު ޖަލަށް ލުމަށް ހުކުމް އިއްވީ، ފުލުހުންގެ ތަހްގީގަށް ފޯނު ނުދެއްވި ކަމަށް ކުރި ތުހްމަތާ ގުޅިގެން، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގަ އެވެ. ​​​​

ނާދިރާ ވިދާޅުވީ ޕީޕީއެމްއާއި އެޕާޓީގެ ގޮފިތައް ހަލާކުކުރީ މުލިއާގޭގައި މަސައްކަތް ކުރެއްވި އަންހެނަކު އިސްކޮށް ހުންނަވައިގެންކަމަށެވެ. ގޮފިތައް ރޫޅާލައި ޕާޓީ ވީދައި ކުދިކޮށްލި ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދަށް ބެލުމެއް ނެތި އެކި އެކި ޖަރީމާ ހިންގަމުން ދިޔަކަމަށް އޭނާ ތުހްމަތުކުރެއްވެވި އެވެ.

"އަސާސީ ގަވާއިދުގައި ހުންނާނީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަންކަން. އެގޮތުން މި ފަސްގަނޑު ބޭރުގެ ބަޔަކަށް ނުވިއްކޭނޭ ސާފު ބަހުން އޮންނާނެ. މި ފަސްގަނޑުގައި ދިވެހިންގެ ބާރު ނޫން އެހެން ބޭރުގެ ބައެއް އަތްގަދަ ނުކުރެވޭނެކަމަށް އޮންނާނެ،" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ބިން ވިއްކުމަށް ގާނޫނު ފާސްކުރީ ރައީސް މައުމޫނު އެކަން ނުކުރެއްވުމަށް އެތައް ގޮތަކުން އާދޭސް ދަންނަވަމުން ގެންދަވަނިކޮށް ކަމަށެވެ. އެގޮތުން މެސެޖުންނާއި ސިޓީއިން އެންގުމުންވެސް އެކަމަށް ތަބާނުވި ކަމަށެވެ. އެ ބިލަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ފިޔަވާ ޕިޕީއެމްގެ ހުރިހާ މެންބަރުން ވޯޓް ދެއްވި ކަމަށް ނާދިރާ ވިދާޅުވިއެވެ.

"އެކަން ކަމަށް ބީރު ކަންފަތެއް ދިނީ އެމަނިކުފާނު ލޯބިފުޅުވާ ޕާޓީގެ ޕާލަމެންޓްގެ މެންބަރުން،" ނާދިރާ ވިދާޅުވިއެވެ.

މި އިންތިޚާބުގައި ރައީސް މައުމޫނަށް ތާއީދުކުރާ ގިނަ ބައެއްގެ ތާއީދު ކޯލިޝަން ކެނޑިޑޭޓަށް އިބޫއަށް ވޯޓް ދޭނެކަމަށް ނާދިރާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް