Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރާއްޖެ ތަރައްޤީކުރެވެން އަންނަނީ މިއަދުގެ ކިޔަވާ ކުދިން ނުކުމެ ޤައުމު ތަރައްޤީކުރުމުގައި ބައިވެރިވެގެން: ހަސަން ލަތީފް

15 ސެޕްޓެމްބަރު 2018 | ހޮނިހިރު 13:33

ޒުވާނުންގެ ކުރިއެރުމަށް އެކަށީގެންވާ ފުރުސަތުތަކެއް ނެތް، ނަަމަވެސް އިބޫގެ ވެރިކަމެއްގައި އެކަން ބަދަލުވެގެންދާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 13:33
މެލޭޝިޔާގައި ބޭއްވި އެއްވުމުގައި ހަސަން ލަތީފް ވާހަކަދައްކަވަނީ

މެލޭޝިޔާގައި ބޭއްވި އެއްވުމުގައި ހަސަން ލަތީފް ވާހަކަދައްކަވަނީ

ރާއްޖެ ތަރައްޤީކުރެވެންް އަންނަނީ މިއަދުގެ ކިޔަވާކުދިން ނުކުމެ ޤައުމު ތަރައްޤީކުރުމުގައި ބައިވެރިވެގެން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރާއްޖެ ތަރައްގީކުރަން ބޭނުންވަނީީ ފިތުރަތުގެ އުސޫލުންކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ ރާއްޖެ ތަރައްޤީކުރަންޖެހޭނީ ގުދުރަތީ އުސުލުގެ ތެރެއިން ކަމަށެވެ. އަދި ރާއްޖެ، ސްވިޒަލެންޑަށް ނުވަތަ އެހެން ވެސް ޤައުމަކަށް ހެދިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖަޒީރާ ރާއްޖޭގެ ވާހަކަ ފާހަގަކުރުމުން ރާއްޖެ 1950 ގެ އަހަރުތަކުގެ ފަަހަތަށް ގެންދަން މަސައްކަތްކުރާ ކަމަށް ބުނާ ކަމަށާއި، ނަމަވެސް އެއީ ދޮގެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ މޭރުމުން ވާހަކަ ކުރިއަށްގެންދަވައި ޖަޒީރާ ރާއްޖޭގެ ތަސައްވަރު ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ އެބޭފުޅުން އައު އީޖާދުތަކާއި ޓެކްނޮލަޖީ ތައާރަފްކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ ތަރައްޤީކުރައްވާނީ ފިތުރަތުގެ އުސޫލުން އުފެދިފައިވާ ގޮތަށް، ލާމަރުކަޒީ ފުރިހަމަ ނިޒާމެއްގެ ތެރެއިން ކަމަށް ހަސަން ވިދާޅުވިއެވެ.

މެލޭޝިޔާގައި ިދވެހި ގިނަ ކުދިންތަކެއް ތައުލީމް ހާސިލްކުރަމުން އަންނަކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ ޤައުމަށް އެންމެ ބޭނުން ވަނީ "ޒުވާން ވިސްނުމާއި، ޒުވާން ލެޔާއި، ޒުވާން ހުނަރު" ކަމަށެވެ. އަދި ރާއްޖެ ތަރައްޤީކުރެވެންް އަންނަނީ މިއަދުގެ ކިޔަވާކުދިން ނިކުމެ ޤައުމު ތަރައްޤީކުރުމުގައި ބައިވެރިވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ކިޔަވާ ކުދިންނަށް އަޅުގަނޑުމެންނަށް އެ ފުރުސަތު ފަހިކޮށްދެވޭނީ ކިޔަވާ ކުދިން އެ މަސައްކަތުގައި ޝާމިލްވާ ތިިބިއްޔާ، އަދި އެ ފުރުސަތު ބޭނުންކުރެވޭނެ މަގު ސަރުކަރުން ތަނަވަސްކޮށްދިނީމަ"

އެ މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ހަސަން ލަތީފް ވިދާޅުވީ އަދުގެ ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ނުކުރާ ކަމަށާއި، ނަމަވެސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމެއްގައި އެކަން ބަދަލުކުރައްވާނެ ކަމަށެވެ. އެގޮތުން ތައުލީމް ހާސިލްކުރުމަށް ފަހު ވަޒީފާ އަދާކުރުމަށް އަމިއްލަ ޤައުމަށްދާން ބޭނުންވާ ފަދަ ތަނަކަށް ރާއްޖެ ހައްދަވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ ވަޒީފާ ހޯދައިދޭނެ ސަރުކާރަކަށް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަންވެެގެންދާނީ"

ހަސަން ލަތީފްްގެ ވަހަކައިގައި ތަކުރާރުކޮށް ވަނީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހް ކަމިޔާބުކުރައްވާނެކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމެއް އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވުމަށް ހިނދުކޮޅެއް އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން ފަހަގަކޮށް ހަސަން ވދާޅުވީ މިހާރުގެ ހާލަތަކީ ވައްކަމާާއި އަނިޔާވެރިކަމާއި ކޮރަޕްޝަނާއި، އަދުލު އިންސާފު އެއްވެސް މިންވަރަކަށް ނެތް ހާލަތެއް ކަމަށެވެ. މިއީ އެ ހާލަތު ބަދަލުކުރަން ލިބިފައިވާ ހިނދިކޮޅު ކަން ފާހަގަކޮށް ހަސަން ވިދާޅުވީ މިއީ ރައްޔިތުން ބޭނުންވާ އުފާވެރި ދުވަސް ހޯދުމަށް ލިބޭ ހިނދުކޮޅު ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް