Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ފައިސަލްގެ ގިނަ ވައުދުތަކެއް: މެލޭޝިޔާ އިން އާސަންދަ ލިބޭނެ ގޮތް ހަދައި، ވިސާ ކަންތައް ހައްލުކޮށްދޭނަން!

14 ސެޕްޓެމްބަރު 2018 | ހުކުރު 16:50

ވިސާގެ މައްސަލައަށް ހައްލެއް ހޯދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 14 ސެޕްޓެމްބަރު 2018 | ހުކުރު 16:50
މެލޭޝިޔާގައި ބޭއްވި ޖަލްސާގައި ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން

މެލޭޝިޔާގައި ބޭއްވި ޖަލްސާގައި ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

މެލޭޝިޔާއަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި އެ ޤައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތައް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ދިމާވާ ވިސާގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން ފައިސަލް ވިދާޅުވީ ޑިޕެންޑެންޓް ވިސާ ލިބުމުގައި ހުރި ދަތިތައް ވެސް މެލޭޝިޔާ ސަރުކާރާ ވާހަކަދައއްކަވައިގެން ހައްލުކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން އާސަންދައިގެ ހިދުމަތް އަވަށްޓެރި އިންޑިއާ އަދި ލަންކާ އިން ވެސް ލިބޭކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެ ބޭފުޅުންގެ ވެރިކަމުގެ ފުރަތަމަ ދުވަހުގައި މެލޭޝިޔާގައި ވެސް އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދަރިވަރުންނަށް ފައިސާ ހޯދުމަށްޓަކައި ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހު ދަރިވަރުންނަށް ލުއި ލޯން ދިނުމުގެ އިންތިޒާމްތައް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށެވެ.

މެލޭޝިޔާގައި ދިވެހި އާބާދީގެ ބޮޑު އިންސައްތައަކީ އަންހެނުންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެ ބޭފުޅުންގެ ވެރިކަމެއްގައި އަންހެނުން ބާރުވެރިކޮށް، ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.

"ތިޔަބޭފުޅުންނަށް ފެނިގެންދާނީ އަންހެން ބޭފުޅުންގެ ދައުރު، ތަރައްޤީގައި ފެނިގެންދާނެ. އެކަން އަޅުގަނޑުމެން ކަށަވަރުކުރާނަން"

ފައިސަލް ވިދާޅުވީ ސަރުކާރެއް އަންނަނީ ކޮންކަމަކާ މެދުތޯ ރައްޔިތުން ސުވަލުކުރައްވަންޖެހޭ ކަމަށެވެ. އަދި ސަރުކާރެއް އަންނަނީ ވަކި މީހަކަށް ބޮޑެތި އިނާޔަތްތަކެއް ދީ، ވަކި މީހެއްގެ ދަރިޔަކަށް ލޯނުތައް ދީ، ވަޒީފާގެ ބިރުދައްކައި ހަދަންތޯ ރައްޔިތުން ސުވާލުކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ މުވައްޒިފުން ތިބީ ބޮޑު ބިރުވެރިކަމެއްގައިކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި މުވައްޒިފުންނަށް ބިރު ނުދައްކާނެ ކަމަށާއި ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ހަމަހަމަ އުސޫލެއްގެ ތެރެއިން ކަމަށް ފައިސަލް ވިދާޅުވިއެވެ.

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ބޭއްވި ޖާފަތުގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ. ފައިސަލް ވަނީ ދިވެހިންނާއި ވަކިވަކިން މަޝްވަރާކުރައްވައި ހުރި ދަތިތައް ވެސް އޮޅުން ފިލުއްވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް