Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އައިޑީކާޑު ގަންނަ މީހުން ހެއްކާއެކު ފަޅައިއަރުވާލާ، ރާއްޖެޓީވީން ހާއްސަ އިނާމެއް!

14 ސެޕްޓެމްބަރު 2018 | ހުކުރު 09:17

މި މަހުގެ 23ގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 14 ސެޕްޓެމްބަރު 2018 | ހުކުރު 09:17
އައިޑީ ކާޑުތަކެއް: އައިޑީކާޑު ގަންނަ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި

އައިޑީ ކާޑުތަކެއް: އައިޑީކާޑު ގަންނަ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އައިޑީކާޑު ގަންނަ މީހުންނަކީ ކޮބައިކަން އެނގޭނެ ގޮތަށް ސައްހަ މައުލޫމާތާއި ހެކި ހުށަހަޅާ ފަރާތްތަކަށް ހާއްސަ އިނާމެއް ދިނުމަށް ރާއްޖެޓީވީން ނިންމައިފިއެވެ.

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ހުސައިން ފިޔާޒު މޫސާ ވިދާޅުވީ މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އައިޑީކާޑާއި ލައިސެންސް ކާޑާއި ޕާސްޕޯޓް ފަދަ ދަތަކެތި ގަންނަ މީހުންގެ ވަނަވަރާއި ސާފު ހެކި ހުށަހަޅާ ފަރާތްތަކަށް ހާއްސަ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފިޔާޒު ވިދާޅުވީ އައިޑީކާޑު ގަންނަ މީހުންގެ ވަނަވަރާއި ސާފު ހެކި މި މަހުގެ 23ގެ ނިޔަލަށް ރާޢްޖެޓީވީއަށް ހުށަހެޅުމަށް އެދޭ ކަމަށާއި އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ، އެކަމުގައި މައުލޫމާތު ރާއްޖެ ޓީވީގެ ހޮޓްލައިން ނަންބަރު 9110099 އަށް ގުޅައިގެން ހިއްސާ ކުރެއްވުމަށެވެ. ނުވަތަ ރާއްޖެ ޓީވީގެ އީމެއިލް ކުރެއްވުމަށް ފިޔާޒު އެދިވަޑައިގެންނެވި އެވެ.

އައިޑީކާޑު ގަންނަ މީހުންގެ މައުލޫމާތާއި ހެކި ރާއްޖެޓީވީއަށް ހުށަހެޅި ކޮންމެ ފަރާތަކަށް، ހާއްސަ އިނާމެއް ދިނުމަށް ރާއްޖެޓީވީން ނިންމާފައި ވަނީ އިންތިހާބާ ދިމާކޮށް އައިޑީކާޑު ގަންނަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައި ވާތީ އެވެ.

އައިޑީކާޑު ގަންނަ މީހުންގެ މައުލޫމާތު ރާއްޖެޓީވީއާ ހިއްސާ ކުރަން، ހުޅުވާލި ސަބަބާ ގުޅޭ ގޮތުން ފިޔާޒު ވިދާޅުވީ ވޯޓުލުމުގެ ހައްގުން ރައްޔިތުން މަހުރޫމް ކުރުމަށް އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދުމަކީ މީޑިއާގެ ދައުރު އޮތް ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ވިދާޅުވީ ފަސް އަހަރުން އެއް ފަހަރު ރައްޔިތުންނަށް ލިބޭ ހައްގުގެ ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށް ދީ، ވޯޓުލުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ރާއްޖޭގެ ޑިމްކޮރަސީ ހަރުދަނާ ކުރުމަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއް އޭނާ ވިދާޅުވި އެވެ.

"މިފަދަ ކަންކަން ހުއްޓުވަންޖެހޭ، އެހެން ނޫނީ ކުރިއަށް އޮތްތަނުގައި މީޑިއާގެ މިނިވަން ކަމެއް ވެސް މިހާރު މި އޮންނަ ވަރަށް ވެސް ނޯންނާނެ،" ފިޔާޒު ވިދާޅުވި އެވެ.

އައިޑީ ކާޑު ގަތުމުގައި ހަރަކާތްތެރިވާ މީހުންގެ މައުލޫމާތު ހިއްސާ ކުރާ ފަރާތްތައް ހާމަނުކުރާނެ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް