Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކ. މާފުށި

މާފުށިން ގޯތި ދޫކުރަން ދެކޮޅު ހަދާފައެއް ނުވާނެ، ސަރުކާރުން އެހަދަނީ ދޮގު: ކައުންސިލް

12 ސެޕްޓެމްބަރު 2018 | ބުދަ 13:47

ރަށުގެ އެއްފަރާތުގެ ބީޗު ހާއްސަ ކޮށްފައިވަނީ ގެސްޓުންނަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ސެޕްޓެމްބަރު 2018 | ބުދަ 13:47
ކ. މާފުށި

ކ. މާފުށި

ކ. މާފުށީގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ރަށު ކައުންސިލުން އެއްވެސް އިރެއްގައި ދެކޮޅު ހަދާފައިނުވާނެ ކަމަށާއި ގޯތި ދޫކުރުމަށް ކައުންސިލުން ދެކޮޅު ހެދި ކަމަށް ސަރުކާރުން ބުނާ ވާހަކައަށް މާފުށި ކައުންސިލުން ރައްދު ދީފި އެވެ.

މާފުށި ކައުންސިލްގެ ނާއިބު ރައީސް ނަޝީދާ އާދަމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ މާފުށިގައި ހުންނަ ތައުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒު (އިސްލާހިއްޔާ) ނެގުމަށްފަހު އެ ބިމުން މާފުށި ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ރަށު ކައުންސިލުން އެކަމާ ދެކޮޅު ހަމަދުންދާ ކަމަށް ސަރުކާރުން ބުނާބުނުމަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.

Advertisement - newsAdvertisement

ނަޝީދާ ވިދާޅުވީ އިސްލާހިއްޔާ ހުރި ބިމުގައި އަދި ވެސް އެތަނުގެ މުދަލާއި މުވައްޒަފުން އެބައުޅޭ ކަމަށާއި އަދި އިސްލާހިއްޔާ އުވާލާފައިވެސް ނުވާތީ އެކަންކަން ފުރިހަމަ ކޮށްދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

އިސްލާހިއްޔާ ހުރި ބިމުން ގޯތި ދިނުމަށް ސަރުކާރުން ނިންމާ ލޭންޑް ޔޫސް ޕްލޭން ހައުސިންގ މިނިސްޓްރީން ފޮނުވިއިރު އިސްލާހިއްޔާ ހުރި ބިމުގެ އިތުރުން ރަށުގެ ރައްޔިތުން ހިތްމަޖައްސާލާ މޫދަން އެރެން އޮތް ބީޗު ސަރަހައްދުންވެސް 24 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް ނަޝީދާ ވިދާޅުވި އެވެ.

ނަޝީދާ ވިދާޅުވީ މާފުށިން 1400 އަކަފޫޓްގެ 100 ގޯތި ދޫކުރުމުގެ ޖާގަ އިސްލާހިއްޔާ ހުރި ބިމުގައި ނެތުމުން ބީޗް ސަރަހައްދުން 24 ގޯތި ދޫކުރަން މިނިސްޓްރީން ނިންމާފައިވާތީ، އެ 24 ގޯތި ރަށުގެ އެހެން ސަރަހައްދުތަކުން ދޫކުރެވެން އޮތުމާއެކު އެކަން ފާހަގަކޮށް، އެކަން އެގޮތަށް ހަމަޖައްސާ ދެއްވުމަށް މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ކަމަށެވެ.

ނަމަވެސް އެސިޓީގެ ޖަވާބުގައި މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި މިނިސްޓްރީ މިހާރު ނިންމާފައިވާ ނިންމުން ބަދަލު ނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށް ނަޝީދާ ވިދާޅުވި އެވެ.

ނަޝީދާ ވިދާޅުވީ މާފުއްޓަކީ 2000 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެއް ނަމަވެސް އެރަށުގައި 5000އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށާއި ގެސްޓް ހައުސް ވިޔަފާރިއަކީ ރަށުގެ އެންމެބޮޑު އާމްދަނީ ކަމަށެވެ. އެހެންކަމުން ރަށުގެ އެއްފަރާތުގެ ބީޗު، ގެސްޓުންނަށް ހާއްސަކޮށްފައިވާއިރު، ރައްޔިތުންނަށް ރަށުގެ އަނެއް ފަރާތުގެ ބީޗު ހާއްސަކޮށްދިނުމަށް އެދުނުނަމަވެސް އެކަން މިނިސްޓްރީން ދެކޮޅު ހަދަމުންދާ ކަމަށެވެ.

ނަޝީދާ ވިދާޅުވީ ރަށުގެ އެހެން ސަރަހައްދުތަކުން 24 ގޯތި ދެވެން އޮތްއިރު، އެކަން އެގޮތަށް ހަމަޖައްސާ ދެއްވުމަށް ބުދަ ދުވަހު އެރަށަށް ވަޑައިގެންނެވި މިނިސްޓްރީގެ އޮފިޝަލުުންގެ އަރިހުގައި ވެސް ދެންނެވި ކަމަށެވެ. ނަމަވެސް ނަޝީދާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ގޯތި ދޫ ކުރުމުގައި މިނިސްޓްރީއަށް އެއްބާރުލުން ދޭން ކައުންސިލް އޮތީ ތައްޔާރަށް ކަމަށެވެ.

ނަޝީދާ ވިދާޅުވީ އިސްލާހިއްޔާ ހުރި ބިމުން ގޯތި ދޭން ނިންމިއިރު، މިއަދާ ހަމައަށް އެތަނުގެ ރެޖިސްޓްރީ ބާތިލު ކުރިކަމެއް އެނގިފައިނުވާ ކަމަށާއި އަދި އެތަނުގައި 17 މުވައްޒަފުން އުޅޭ އިރު މުދާތައްވެސް އަދިވެސް އެތަނުގައި އެބަހުރި ކަމަށެވެ.

މާފުށި ކައުންސިލްގަައި ހިމެނޭ ތިން ކައުންސިލަރުންނަކީ ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރަކާއި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރަކާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ކައުންސިލަރެކެވެ. ކައުންސިލްގެ ނާއިބު ރައީސް ނަޝީދާއަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ކައުންސިލަރެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
16 މާރިޗު 2017

ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް

16 މާރިޗު 2017
ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް
07 މާރިޗު 2017

"ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"

07 މާރިޗު 2017
 "ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް