Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

މަންޒަރު ވަރަށް ސާފުކޮށް އެބަ ފެނޭ، އިރާދަ ކުރެއްވިއްޔާ ބޮޑު ތާއިދާއެކު ކާމިޔާބު ކުރާނަން: އިބޫ

12 ސެޕްޓެމްބަރު 2018 | ބުދަ 13:00

ކޮމަންޑޫއިން ބޮޑު ތާއިދެއް ލިބޭނެ ކަމަށް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 12 ސެޕްޓެމްބަރު 2018 | ބުދަ 13:00
ކޮމްންޑޫގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން:-އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި

ކޮމްންޑޫގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން:-އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި

މުޅި ރާއްޖެއިން ފެންނަ މަންޒަރު ވަރަށް ސާފު ކަމަށާއި އިރާދަ ކުރެއްވިއްޔާ ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ށ.ކޮމަންޑޫއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ރައްޔިތުން ތިބީ ވަގުތު ނުޖެހިގެން ކަމަށާއި ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނީ ކޮމަންޑޫ އާއި ށ.އަތޮޅުގެ ރައްޔިތުންގެ ބޮޑު ތާއީދާއެކު ކަމަށެވެ.

Advertisement - newsAdvertisement
"ތިޔަ ބޭފުޅުން އަވަހަށް ވޯޓުލާންވީ. 23 ސެޕްޓެމްބަރު ވަނަ ދުވަހު ތިމާގެ މީހުންނާއި ރައްޓެހިންނާއި އަވަށްޓެރިންނާއެކު ނިކުމެ ވޯޓު ފޮށިތައް ފުރާލުން. އިރާދަ ކުރެއްވިއްޔާ ކާމިޔާބުވާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އިންތިހާބަށް ނިކުތީ ކުރިމަތީ މުހިންމު ކަންތައްތަކެއް އޮވެގެން ކަމަށާއި އޭގެ ތެރެއިން އެއް މައްސަލައަކީ ރާއްޖޭގައި އިންސާފު ގެއްލިފައި އޮތުމާއި ސަރުކާރުން ވައްކަން ކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ބޭފުޅުންގެ އެޖެންޑާ އަކީ އިންސާފު ހޯދާ ދިނުމާއި ރިޝްވަތު ދިނުމާއި ވައްކަން ކުރުން ހުއްޓުވާ ގެއްލިފައިވާ ފައިސާ ހޯދުމުގެ އިތުރުން ޒިންމާ ވާންޖެހޭ ފަރާތްތަކުން ޒިންމާދާރު ކުރުވުން ކަމަށެވެ.

ކޮމަންޑޫގައި މިއަދު ބޭއްވި ބައްދަލުވުގެ ތެރެއިން:-ކޮމަންޑޫއިން ވަނީ ހޫނު މަރުހަބާއެއް އިބޫއަށް ކިޔާފައި

ރާއްޖެ ތަރައްގީ ކުރުމާ ގުޅޭ ގޮތުން ސިޔާސަތުތަކެއް އެބަހުރި ކަމަށް ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ޖެހޭނީ ގުދުރަތީ ވަސީލަތްތައް ފުރިހަމައަށް ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އެކަން ކުރެވޭނީ ކައުންސިލަރުން ބާރުވެރިކޮށް މާލީ އެހީތެރިކަން ދީގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ތަނެއް ތަރައްގީ ކުރަން ބޭނުންނަމަ ކޮށްދޭން ޖެހޭ ކަމަކީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން. އޭގެ ފަހުގައި އެހެން ކަންކަން ކޮށްދޭން ޖެހޭނީ،" އިބޫ ވިދާޅުވި އެވެ.

ނިކުމެ ތިބީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން ކަމަށާއި ކޮމަންޑޫގައި މިހާރަށް ވުރެ ރަނގަޅަށް ނަރުދަމާ އާއި ފެނުގެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ރަނގަޅު ހިދުމަތެއް ލިބޭ ތަނަކަށް ހަދާދިނުމުގެ އިތުރުން ކޮމަންޑޫގެ ބަނދަރު ރަނގަޅު ޕްލޭނަކާއެކު ބޮޑު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް