Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

މިއީ ތާރީހްގެ ތެރެއަށް ވަދެގެންދާނެ އިންތިހާބެއް، ބަދަލުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވޭ: އިބޫ

12 ސެޕްޓެމްބަރު 2018 | ބުދަ 10:09

ތާރީހާއި، ސަގާފަތަކީ ގައުމެއް ކުރިއަރައި ދިއުމަށް މުހިންމު ބައެއް، ތާރީހާއި ސަގާފަތް ހިމާޔަތްކޮށް ރައްކާތެރިކޮށްދޭނަން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 ސެޕްޓެމްބަރު 2018 | ބުދަ 10:09
މަރޮއްޓަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އިބޫއަށް މަރުހަބާ ދަންނަވަނީ

މަރޮއްޓަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އިބޫއަށް މަރުހަބާ ދަންނަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ތާރީހްގެ ތެރެއަށް ވަދެގެންދާނެ އިންތިހާބެއް ކަމަށާއި، އެ ބަދަލުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގޮވާލައްވައިފިއެވެ.

ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ށ. މަރޮއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުންނަށް ބަސް ބުނުމަށް ލިބޭ ފުރުސަތަކީ ތާރީގެ ތެރެއަށް ވަދެގެންދާނެ ފަދަ އިންތިހާބެއް ކަމަށެވެ. އެހެންކަމުން އެ ބަދަލުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވާންޖެހޭނެ ކަމަށާއި، ގެނެވޭ ބަދަލުވެގެންދާނީ ވެސް ތާރީހީ ބޮޑު ބަދަލަކަށް ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިބޫ ވިދާޅުވީ ކުރިއަށް 23 ސެޕްޓެމްބަރަކީ އައު ތަސްވީރެއް ފެނިގެންދާނެ ދުވަހެއް ކަމަށާއި، އެ ތަސްވީރުގައި ހުރިހާ ކުލައެއް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން އެ ތަސްވީރުގައި ރީނދޫ ކުލަ އާއި، ރަތް ކުލައިގެ އިތުރުން ފެހި ކުލަ އާއި، ފިޔާތޮށި ކުލަ ވެސް ހިމެނޭކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެ އުފާ ވެސް ތަސްވީރުގައި ކުލަޖެހުމުން އަންނަ މަންޒަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ފެންނަވަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ވަނީ ރައްޔިތުން ދައްކާ ހިތްވަރާއި ސަބާހަށް ޝުކުރު އަދާކުރައްވާފައެވެ.

މަރޮށި ރައްޔިތުންނާ މުހާތަބުކޮށް އިބޫ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

މަރޮއްޓަކީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ ރަށެއްކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ އެ ރަށުގައި ހުރި ފަދަ ތާރީހީ ތަންތަން ރައްކާތެރިކުރުމަށް އެމަނިކުފާނުގެ ސަރުކާރުގައި ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށެވެ. އަދި ތާރީހާއި، ސަގާފަތަކީ ގައުމެއް ކުރިއަރައި ދިއުމަށް މުހިންމު ބައެއް ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މަރޮށި، ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި އެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެރަށާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމެއްގައި މަރޮށި ބަދަރު ހައްދަވައިދެއްވާނެ ކަމަށާއި، ސިއްހީ ނިޒާމްގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެގޮޮތަށް ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި، ލލެބޯޓްރީގެ ހިދުމަތްވެސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަރޮށީގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅު އެމަނިކުފާނު މިއަދު ނިންމަވާލައްވާއިރު، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. އިބޫ އާއި ކެމްޕޭން ޓީމް ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް ހޫނު މަރުހަބާއެއް ދަންނަވާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
19 ފެބުރުއަރީ 2017

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

19 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް