Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޮނޑި ގެއްލުނު މައްސަލަ

ރައީސް ޔާމީން 12 މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ރައީސް ޔާމީންގެ ޝަރުތުތައް ފުރިހަމަ ވޭތޯ ބަލަން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2018 | ބުދަ 08:32
ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ނޫސްވެރިންނަށް މައުލުމާތު ދެއްވަނީ

ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ނޫސްވެރިންނަށް މައުލުމާތު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ 12 ގޮނޑި ގެއްލުވާލީ ރައީސް ޢަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު އަމިއްލަފުޅު އެއްބަސްވެވަޑައިގެންފައިވާތީ އެކަން ބަލައިދިނުމަށް ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ ކުނޫޒްގައި 12 މެމްބަރުންގެ ފަރާތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ޤާނޫނީ އެއްވެސް ބާރެއް ރައީސް ޔާމީނަށް ލިބިވަޑައެއް ނުގަންނަވާ ކަމަށާއި މިއީ މުއައްސަސާތަކަށް ނުފޫޒް ފޯރުވައިގެން ހިންގެވި ޖަރީމާތަކެއް ކަމަށެވެ. އަދި އެކަން ފުލުހުންނާ ސިފައިން ބެލުމަށް ގޮވާލައްވާ ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އެމްޑީޕީ އާއި ޖޭޕީން ހޮވުނު މެންބަރުން ޕީޕީއެމަށް ވަޑައިގެންނެވިއިރު އެއްވެސް މައްސަލައެއް ނެތް ކަމަށާއި މިހާރު ވެސް ބައެއް މެމްބަރުން ޕީޕީއެމްގައި ތިއްބެވިއިރު ވެސް އެއީ މައްސަލައަކަށް ނުވާ ކަމަށެވެ. އަދި ރައީސް ޔާމީން ގެންގުޅުއްވަނީ ކަނޑުގެ ޤާނޫނު ނުވަތަ ޖަންގަލީގެ ޤާނޫނު ކަމަށާއި ބާރު ގަދަ މީހާ ބާރުގައި ކަންކުރާ އުސޫލު ކަމަށެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ ކިބައިގާ ހުންނަންޖެހޭ ޝަރުތު ރައީސް ޔާމީންގެ ފުރިހަމަވޭތޯ ބަލަން ޖެހޭ ކަމަށާއި ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ އިންތައް ފަހަނައަޅާފައިވާކަން އަމިއްލަފުޅަށް އިއުތިރާފްވެ ވަޑައިގަންނަވާފައިވާތީ ފުލުހުންނާއި ސިފައިން އެކަން ބަލަން ޖެހޭ ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރ ވައްޑެ) ވިދާޅުވީ ކޯޓުގެ އެއްވެސް ކަމަކާ ބެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތިނަދޫގައި ދެއްކެވި ވާހަކަފުޅުން އެނގިގެން ދަނީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ހާލަތުއް ޟަރޫރޫރާއޭ ވިދާޅުވެ ކަންކަން ކުރައްވާފައިވާކަން ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވިދާޅުވީ މަޖިލިސް މެންބަރުން ހުވާކުރައްވަނީ ރައްޔިތުންނަށާއި ދިވެހި ޤައުމަށް އިޚްލާސްތެރިވުމަށް ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އަންގަވާހާ ގޮތަށް ކަންކުރަން ނޫން ކަމަށެވެ. ޕީޕީއެމް ދޫކުރައްވައި މެމްބަރުން ނުކުންނެވީ ޤާނޫނު އަސާސީއާ ޚިލާފްވެ ކުރައްވާ ކަންކަމުގެ ސަސަބަބުން ރައްޔިތުންގެ ޚިދުމަތްތަކުގެ އަގުބޮޑުވެ މުޅި މަޖިލިސް ފާލުން ނެއްޓުމުން ކަމަށެވެ. އަދި ރައްޔިތުންގެ ޙައްޤުގައި ކުރެއްވި ކަންކަމުގެ ސަސަބުން ޤާނޫނު އަސާސީ އާއި ޤާނޫނާ ޚިލާފަށް ގޮނޑި ގެއްލުވާ ނުލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއް ލަތީފް ވިދާޅުވީ ހުރިހާ ކަމަކަށް ވެސް ރައީސް ޔާމީން އިއުތިރާފްވަމުން ދަނީ އަމިއްލަފުޅަށް ކަމަށާއި ސަލާމަތީ ޚިދުމަތްތަކުން މިހާރު ރައީސް ޔާމީން ހައްޔަރު ކުރަން ޖެހޭނެ ކަމަށެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ ބުއްދި ސަލާމަތުން ހުރިތޯ ބަލަން ޖެހޭ ކަމަށާއި އެއްވެސް މުއައްސަސާއަކުން އެކަން ނުކުރެވޭ ކަމަށް ވަންޏާ ރައްޔިތުން ނުކުމެ ކުރަން ޖެހޭ ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަކީ މިހާރު ބުއްދި ފަސްވެފައި ހުރި މީހެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކަވަނީ އެހެންވެގެން ކަމަށެވެ. މުސްތަފާ ވެސް ވަނީ ފުލުހުންނާއި ސިފައިން ނުކުމެ އެމަނިކުފާނު ހައްޔަރު ކުރެއްވުމަށް ގޮވާލައްވާފައެވެ.

ޕްރެސް ނިންމަވާލައްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ވިދާޅުވީ މައްސަލަ ވެއްދުމަށްޓަކައި ޤާނޫނީ ވަކީލުންނާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ފަރާތުން 8 މެމްބަރަކު މިގޮތަށް ވިދާޅުވެފައި މިވަނީ އެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލީ ރައީސް ޔާމީން ކަމަށް ގދ. ތިނަދޫގައި އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވުމާ ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު