Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ބަޔާން

ކާނަލް ނާޒިމް ފްރޭމް ކުރީ ސިފައިންގެ ޝޫޓިން ގެލަރީގައި އަޅުގަނޑު ބޭނުުން ކުރި ފިސްތޯލައިން: އަދީބު

12 ސެޕްޓެމްބަރު 2018 | ބުދަ 11:47

ނާޒިމް ފްރޭމް ކުރީ ރައީސާއި ޝިޔާމް ރާވައިގެން ކަމަށް ތުހުމަތުކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ސެޕްޓެމްބަރު 2018 | ބުދަ 11:47
2014 ވަނަ އަހަރުގެ މެއި މަހު އެމްއެންޑީއެފްގެ ޝޫޓިން ގެލަރީ ހުޅުވި ރަސްމިއްޔާތުގައި އަދީބު

2014 ވަނަ އަހަރުގެ މެއި މަހު އެމްއެންޑީއެފްގެ ޝޫޓިން ގެލަރީ ހުޅުވި ރަސްމިއްޔާތުގައި އަދީބު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ފްރޭމް ކުރީ ސިފައިންގެ ޝޫޓިންގ ގެލަރީއެއް ހުޅުވައިދީ އެތަނުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބޭނުން ކުރެއްވި ފިސްތޯލައިން ކަމަށް އޭނާ އަމިއްލަފުޅަށް ވިދާޅުވެއްޖެއެވެ.

ސިފައިންގެ ޝޫޓިންގ ގެލަރީ ހުޅުވާފައި ވަނީ 2014 ވަނަ އަހަރުއެވެ. އެތަން ހުޅުވައި ދެއްވުމަށްފަހު، އަދީބު ވަނީ ފިސްތޯލައެއް ބޭނުން ކުރައްވައިގެން، އެތަނުގައި ޝޫޓު ކުރައްވާފައެވެ. ކާނަލް ނާޒިމްގެ ގެކޮޅުން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނު ކަމަށް ބުނެފައިވާއިރު، ސިފައިންގެ ޝޫޓިން ގެލަރީގައި ބޭނުން ކުރި ފިސްތޯލަ އެތަނުން ބޭރުވި ގޮތެއް އަދީބު ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައެއް ނުވެއެވެ.

Advertisement - newsAdvertisement

އަދީބުގެ ފަރާތުން ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނާޒިމް ފްރޭމްކޮށްފައި ވަނީ އަސްކަރިއްޔާގެ ހިންގަވަން ހުންނެވި އިސްބޭފުޅަކާއި ދައުލަތުގެ އިސް ބޭފުޅެއް ރާވައިގެން ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށެވެ. އެ ބަޔާނުގައި އެބޭފުޅުންގެ ނަންތައް ހިމަނާފައި ވިޔަސް، އަބުރުގެ ގާނޫނުގެ ދަށުން، އެއިން ބޭފުޅެއްގެ ބަހެއް ނެތި، އެ މީހުންގެ ނަންތައް ހާމައެއް ނުކުރެވެއެވެ.

ކާނަލް ނާޒިމް ފްރޭމްކޮށްފައި ވަނީ ސިފައިންގެ ޖެނަރަލަކު ސިފައިންގެ ތެރެއިން ކުރަން ބޭނުންވާ ވިޔަފާރީގެ "ޑީލް"ތަކާއި ކަންކަން ކުރުމަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް އަދީބުގެ ބަޔާނުގައިވެއެވެ. ނަމަވެސް ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ނާޒިމް ހުންނަވައި، މާލެއިން ފެނުގެ ހިދްމަތް ކެނޑުނު ދުވަސްވަރު އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ނާޒިމް ކަމަށް ވެފައި އަދި ނާޒިމަކީ ސިފައިންނާއި ރައްޔިތުންގެ މެދުގައި މަގްބޫލް ބޭފުޅަށް ވަމުންދާތީ އެކަމާ ސިފައިންގެ އިސް ޖެނަރަލަކާއި ދައުލަތުގެ އެންމެ އިސް ބޭފުޅަކު މަޝްވަރާ ކުރެއްވި ކަމަށް ވެސް އަދީބުގެ ބަޔާނުގައި ވެއެވެ.

އަދީބުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން ނާޒިމް ވަކިކުރެއްވި ނަމަވެސް އަދީބު ފްރޭމް ކުރުމަށް އިސް މަސައްކަތްތަކެއް ކުރެއްވި ޖެނަރަލަކަށް މަގާމުގެ ކުރިއެރުން ލިބިވަޑައިނުގެންނެވި ކަމަށެވެ. އޭނާއަށް މަގާމުގެ ކުރިއެރުން ނުލިބުނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީގެ ފަޅިން، މޫސާ އަލީ ޖަލީލު ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުން ކަމަށެވެ.

އަދީބުގެ ބަޔާނާއި ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ތަރުޖަމާނު އިބްރާހީމް މުއާޒު އަލީއަށް ގުޅުން ކޮމެންޓެއް ކުރައްވަން ބޭނުން ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އަދީބުގެ ބަޔާނުގައި އެމްއެންޑީއެފަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން، އެމްއެންއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް