Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ޔާމިން އެ ހުންނެވީ ހިބަރު ވަދެއްގައި ޖެހިފައި: އަބްދުﷲ ޝާހިދު

11 ސެޕްޓެމްބަރު 2018 | އަންގާރަ 23:45

އަނިޔާ ލިބުނު މީހުން ބުނަނީ އަނިޔާއަށް ބޯ ނުލަނބާނެ ކަމަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 11 ސެޕްޓެމްބަރު 2018 | އަންގާރަ 23:45
މިއަދު އިބްރާހިމް މުހައްމަދު ސޯލިހާއެކު ޝާހިދު ކަނޑިތީމަށް ވަޑައިގެން ހިންގަވާފައި ވަޑައިގަންނަވަނީ

މިއަދު އިބްރާހިމް މުހައްމަދު ސޯލިހާއެކު ޝާހިދު ކަނޑިތީމަށް ވަޑައިގެން ހިންގަވާފައި ވަޑައިގަންނަވަނީ

ރައީސް އަބްދުﷲ ޔާމިން އެ ހުންނެވީ "ހިބަރު ވަދެއްގައި ޖެހިފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ށ. ފޯކައިދޫގައި އަންގާރަ ދުވަހުގެރޭ ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު، ރައީސް އަބްދުﷲ ޔާމިން ހުންނެވި ހާލަތު ސިފަ ކުރެއްވީ ހިބަރެއް ވަދުގައި ޖެހުމުން ވާނެ ގޮތް ވެފައި ހުންނެވި ބޭފުޅެއް ގޮތުގައި އެވެ.

Advertisement - newsAdvertisement
"ހިބަރު ވަދެއްގައި ބުޅިއެއް ނީންނާނެ. އިންނާނީ ތިމަރަ ބަރެއްލާފައި ދޫކޮށްފައި. ހިބަރު ވަދެއްގައި ހިބަރު ޖެހުމަށް ފަހު ދެން އެ ސޮރު ކުރާނެ ކަމެއް ނޯންނާނެ. ފުމުނަސް ނަގާނީ. ބަޑިއެއް ޖެހިޔަސް ނަގާނީ. ތެޅުނު ވަރަކަށް ވާނީ ބަލި. ޔާމިނަށް އަޅުގަނޑު ދަންނަވާނީ މަނިކުފާނޭ، މަނިކުފާނު ތި ހުންނެވީ ހިބަރު ވަދެއްގައި ޖެހިފަ އޭ،" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމް ނުކުރައްވާ މަސައްކަތެއް ނެތް ކަމަށާއި ނަމަވެސް އެމަނިކުފާނު އެ ހުންނެވީ މިއަދު ޖަލަށް ލާފައިކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ އެ ހާލަތުގައި ވެސް ރައީސް ޔާމީނާއެކު ހައްދަވާނެ ޑީލެއް ނޯންނާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވާ ކަމަށެވެ.

ފޯކައިދޫގައި ބޭއްވި ޖަލްސާގެ ތެރެއިން:- ފޮޓޯ ރާއްޖެ.އެމްވީ

ހައްގު ބަސް ބުނި ލީޑަރަކު ވިއްޔާ ޖަލަށްލައި، މިނިވަން މީޑިއާތައް ބަންދުކުރުމަށް މަސައްކަތް ކުރަމުން ގެންދަވާއިރު އެ ހުރިހާ ފަރާތްތަކުންވެސް ބުނަމުން ގެންދަނީ އަނިޔާވެރިކަމަށް ބޯނުލަނބާނެ ކަމަށާއި، އެހެން ކަމުން ރައީސް ޔާމީން އެ ހުންނެވީ "ހިބަރު ވަދެއްގައި ޖެހިފައި" ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

"ބޮޑު ކަންނެލި އުކާލާހެން މަޖިލިސް މެމްބަރުން ނަގާ އުކާލީ. މަޖިލިސް މެމްބަރުން ތިބީ ގޮތްދޫކުރާ ގޮތަކަށްނޫން. ރައްޔިތުންގެ މަޖިލިސް މެމްބަރުން ތިބީ ފަހަތަށް ޖެހޭކަށްވެސް ނޫން. މަޖިލިސް މެމްބަރުން ތިބީ މި އަނިޔާވެރިކަމުން ގައުމު މިންޖުކުރަން ވެގެން، ޔާމިނަށް އަޅުގަނޑު ދަންނަވާނީ މަނިކުފާނު ތިޔަ ހުންނެވީ ހިބަރު ވަދެއްގައި ޖެހިފައިއޭ،" ޝާހިދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް ޖަލަށްލާފައިވާއިރު ވެސް އެމަނިކުފާނު އަދިވެސް ވިދާޅު ވަނީ އަނިޔާވެރިކަމަށް ބޯނުލަނބާނެ ވާހަކަފުޅު ކަމަށް ވެސް ޝާހިދު ފާހަގަ ކުރެއްވި އެވެ.

"ހިބަރު އޮތީ ބޭނިފައި، އެ ސޮރު އޮތީ ލޮޑުވެފައި. ހިބަރު ނަގާ ތައްޓުމައްޗަށް ނަގާ އެއްލާނަން. އިންސާފުގެ މަގަށް ރާއްޖެ ގެންދާނަން،" ޝާހިދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް