Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު 2018

ށ. އަތޮޅަށް އިބޫ ގިނަ ވައުދުތަކެއް ވެވަޑައިގެން، ރައްޔިތުން ހެއްވާލައިފި

ފޮނަދޫގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރިއަަށްދާނެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2018 | އަންގާރަ 23:35
ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ: ށ. އަތޮޅަށް ގިނަ ވައުުދުތަކެއް ވެވަޑައިގެންނެވި

ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ: ށ. އަތޮޅަށް ގިނަ ވައުުދުތަކެއް ވެވަޑައިގެންނެވި

ށ. އަތޮޅުގެ ގިނަ ރަށްތަކަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ގިނަ ވައުދުތަކެއް ވެވަޑައިގެން، ރައްޔިތުންނަށް އާ އުއްމީދެއް ގެނެސް ދެއްވައިފި އެވެ.

ށ. ފޯކައިދޫގައި އަންގާރަ ދުވަހުގެރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އިބޫ ވަނީ ކެމްޕެއިނަށް ވަޑައިނުގެންނެވުނު ރަށްތަކަށް ވެސް އެމަނިކުފާނުގެ ސަރުކާރުގައި ކޮށްދެއްވާނެ ކަންކަން ހާމަ ކުރައްވާފައި އެވެ.

Advertisement - newsAdvertisement

ފޯކައިދޫގެ ބަނދަރު ބޭނުން ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ރަށުގެ ހެލްތު ސެންޓަރުން ރަނގަޅު ފެންވަރުގެ ޚިދުމަތެއް ނުލިބޭކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ހެލްތު ސެންޓަރަކީ 24 ގަޑިއިރު ޚިދުމަތް ލިބޭ ތަނަކަށް ހައްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެރަށުގެ އިންޖީނުގެ ހުރިތަނުން އެހެން ތަނަކަށް ބަދަލުކޮށް، ކަރަންޓުގެ ހިދުމަތް ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ. އަދި ސްކޫލް ބޮޑުކޮށް، ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫމަރާ އަށްވެސް އެމަނިނުފާނު ވެވަޑައިގެންނެވި އެއް ވައުދަކީ އެ ރަށުގެ ބަނދަރު ބޭނުން ކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމެވެ. އަދި ސިއްހީ މަރުކަޒު ފެންވަރު ރަނގަޅު ކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންނެވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބިލެތްފަހީގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވާހަކަ ދެކެވިފައި އެބަ އޮތް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެކަން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ. އަދި އެހެންމެ އެރަށުގެ ވެސް ބަނދަރު ބޭނުން ކުރުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ނަރުދޫ އަށް އެމަނިކުފާނު ވެވަޑައިގެންނެވި އެއް ވައުދަކީ އެ ރަށުގައި ހުރި ސިއްހީ މަރުކަޒު ބޮޑު ކުރުމެވެ. އަދި ހަމައެއާއިއެކު ސްކޫލް އެއް ދަންފަޅިއަށް ބަދަލުކޮށް، އެރަށުގައި ވެސް އިންޖީނުގެ ހުރި ތަން އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތައް އެހެން ތަނަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މާއުނގޫދޫގައި ހުރި ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް އަޅައިދިނުމުގެ އިތުރުން އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަންގާރަ ދުވަހުގެރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގެ ތެރެއިން

އިބޫގެ ވެރިކަމެއްގައި މިހާރުވެސް ވެރިކަން ކުރަމުންދާ ރަށް ފޮނަދޫގައި ހުރި ބައެއް އިދާރާތައް އެހެން ތަންތަނަށް ބަދަލު ކުރައްވާނެ ކަމަށް ދައްކަމުންދާ ވާހަކައަށް އެމަނިކުފާނު ވަނީ އެ ޖަލްސާގައި ރައްދު ދެއްވާފައެވެ. މި ގޮތުން އަތޮޅު ކައުންސިލް އިދާރާ ވެސް އަދި އެހެން އިމާރާތެއް އެ ހުރިތަނުން އެހެން ރަށަކަށް ބަދަލު ނުކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެހެންމެ އެރަށުގައި އަޅަން ނިންމާފައިވާ އެއަރޕޯޓްގެ މަސައްކަތް ވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ބާރު ސްޕީޑްގައި ކޮށް ނިންމާލެވޭނެ ކަމަށާއި، އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ވެސް ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން ފޮނަދޫއަށް ދެއްވި އެވެ. އޭގެ އިތުރުން އެރަށުގައި އަލަށް ހެދި ގެތަކަށް ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ށ. އަތޮޅުގައި ވެސް ޓޫރިޒަމް ފުޅާކުރުމަށްޓަކައި އެ އަތޮޅު ނަލަންދޫގައި ރިސޯޓު ހެދޭނެ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ހާރިޖީ ސިޔާސަތަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ދުނިޔެއަކީ އެއް ބަޔަކު އަނެއް ބައެއްގެ މަޝްވަރާއާއި މަދަދު ލިބިގެން ކުރިއަށް ދެވޭނެ ތަނެއް ކަމަށާއި ކޮމަންވެލްތުން ވަކިވެ، ޔޫރަޕިއަން ޔޫނިއަންއަށް ފާޑު ކިޔައިގެން ހޯދޭނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ. އިބޫ ވިދާޅުވީ ތަރައްގީ މިނެކިރަނީ އަމާންކަމުގެ މައްޗަށް ކަމަށެވެ.

"މިއަދު މި ރާއްޖޭގެ ހާލަތަކީ، އެއް ބަޔަކު ތިބީ ގޭގެ ކުލި ނުދެއްކި ހާސްކަމެއްގެ ތެރޭގައި. އަނެއް ބަޔަކު ބޭސް ފަރުވާ ނުލިބިގެން އެކަމުގެ ހާސްކަން މަތީ. މަސްވެރިންނާ އޮޑިވެރިން ތިބީ ލޯނު ނުދެއްކި ހާސްކަމެއްގެ ތެރޭގައި. މައިންބަފައިން ތިބީ މަސްތުވާތަކެތިން ދަރިން ސަލާމަތްނުވެގެން އެކަމުގެ ކަންބޮޑުވުންމަތީ، ވިޔަފާރިވެރިން ތިބީ މީރާއިން ކޮށްފާނެ ޖޫރިމަނާއަކާއި ހެދި ބިރުވެރިކަމެއްގެ ތެރޭގައި. ޒުވާނުން ތިބީ ވަޅިޖަހާފާނެތީ ބިރުން،" އިބޫ ވިދާޅުވިއެވެ.

ދިވެހިން ތިބީ މި އަނިޔާވެރިކަމާ ހެދި ހާސްކަމެއްގެ ތެރޭގައި ކަމަށާއި ނަމަވެސް ރާއްޖެއަކީ އާމާން މާހައުލަކަށް ހައްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފޯކައިދޫ އަކީ މާލެއިން އުތުރުގައި އޮތް އެންމެ ގިނަ މަސްވެރިން ތިބި ރަށްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ސަރުކާރުން އެރަށަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު