Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އިސްލާމީ ވެރިންނަކީ ހުސް އަނގަ ތަޅާ ބައެއް ނޫން: އަލީ ޒާހިރު

11 ސެޕްޓެމްބަރު 2018 | އަންގާރަ 23:25

މި ގައުމުގައި މިހާރު ހުރި ވެރިމީހާގެ ފުށުން ފެންނަނީ މުޅިން ދިމާ އިދިކޮޅު ސިފަތަށް ކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 11 ސެޕްޓެމްބަރު 2018 | އަންގާރަ 23:25
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު

އިސްލާމީ ވެރިންނަކީ ހުސް އަނގަ ތަޅާ ބައެއް ނޫންކަމަށާއި، އަމަލީ ގޮތުން އެކަން ފެންނަން ޖެހޭކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ށ. ފޯކައިދޫގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައިވެރިވަޑައިގެންނެވި ކެމްޕެއިން ޖަލްސާގައި އަންގާރަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ، އިސްލާމީ ތާރީހުގައި އަދުލުވެރި ވެރިންގެ ކިބައިން ފެނިގެން ގޮސްފައިވަނީ، އަމަނާތްތަކަށް ރައްކާތެރިވުމާއި، ތެދުވެރިކަން ކަމަށެވެ. އެހެންނަމަވެސް މި ގައުމުގައި މިހާރު ހުރި ވެރިމީހާގެ ފުށުން ފެންނަނީ މުޅިން ދިމާ އިދިކޮޅު ސިފަތަށް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މި ރައީސްގެ ފަރަތުން ގޯހެއް ފެނުނީމައި އެވާހަކަ ދައްކާމީހަކަށް ނަމަ ޓެރެެރިޒަމްގެ ހުކުމްކޮށް ޖަލަށް ލަނީ. މީތޯ އިސްލާމް ދީނަކީ. މި އިސްލާމް ދީނުގެ ވާހަކަ ތޯ އަބަދު މި ދައްކަނީ،" އަލީ ޒާހިރު ވިދާޅުވިއެވެ.

އިސްލާމް ދީނޭ ކިޔައިގެން ސަރުކާރުން ވޯޓު ހޯދުމުގެ ބޭނުމުގައި މަކަރުވެރި ރޭވުމުގެ ދަށުން ދީން ހަތިޔާރަކަށް ބޭނުންކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެެވެ. އެފަދަ ވާހަކަތަކަށް ދިވެހި ރައްޔިތުން ނުހެއްލުމަށް އަލީ ޒާހިރު ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ އެއީ އޮޅުވާލުމެއް ކަމަށާއި، އެއީ "ދީނީ ކާޑު" ކުޅުމަށް ދައްކާ ވާހަކައެއްކަމަށެވެ.

ނިމިގެން މި ދިޔަ ފަސް އަހަރުގެ ތެރޭގައި އެއީ، ހަގީގަތެއް ނެތް ހޮޅި ވާހަކަތަކެއްކަން ސާފުވެގެން ހިނގައްޖެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. ދީނުގައި އޮންނަނީ، މީހުންގެ މުދަލަށް ރައްކާތެރިވުމާއި، އަމާނާތްތަކަށް ރައްކާތެރިވުންކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު މުސާރައިގެ ދެބައިކުޅަ އެއްބައި ނަގަމުން އައި ބޭފުޅާ މިއަދު ފެނުނީ ބުރިބުރިއަށް ގެ ހިއްލާލި މަންޒަރުކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކޮށް، ތިމަންނާއަށް ރައްޓެހިންނާއި ހެޔޮއެދޭ މީހުން އެހީދޭ ކަމަށް ވިދާޅު ނުވެވޭނެ ކަމަށާއި، އަދި އެ އެހީގައިވެސް މަގާމުގެ ގޮތުން ނުހިއްޕެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ރައީސް ޔާމީން ބިރު ދައްކަމުންދާ ކަމަށާއި، މޭގައި އަތްޖަހާ ނަޝީދަށާއި ގާސިމަށް ކުރިމަތި ނުލެވޭ ގޮތް ހެދީ ތިމަންނާ ކަމަށާއި، މެމްބަރުންގެ ގޮނޑި ގެއްލުވާލީ، ތިމަންނާއޭ ވިދާޅުވީ ބިރު ދައްކައިގެން ތިމަންނާއަކީ ބާރުއޮތް މީހެއްކަން ދައްކައި، ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
10 ފެބުރުއަރީ 2017

ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި

10 ފެބުރުއަރީ 2017
ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް