Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ހަމަހަަމަ ފުުރުސަތު ދިނުމަށް ފުލުހުންގެ ކިބައިން ގުޅިފައިވާ ޕާޓީތަކުން އެދިއްޖެ

11 ސެޕްޓެމްބަރު 2018 | އަންގާރަ 23:18

ފުލުުހުންގެ މުވައްސަސާ ވަނީ ސިޔާސީވެފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 11 ސެޕްޓެމްބަރު 2018 | އަންގާރަ 23:18
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަަސް އަބްދުއްސައްތާރު

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަަސް އަބްދުއްސައްތާރު

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހަމަހަމަކަމާއެކު ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު ދިނުމަށް ގުޅިފައިވާ ޕާޓީތަކުން ފުލުހުންގެ ކިބައިން އެދިއްޖެއެވެ. ގުޅިފައިވާ ޕާޓީތަކުން ނަމްބަރ ފައިވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ދިވެހި ފުލުހުންގެ މުވައްސަސާއިން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިނަށް ހުރަސް އެޅޭ ފަދަ އަމަލުތައް ކުރަމުން އަންނަ ކަމަށާއި، އެގޮތަށް އަމަލު ނުކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އަނަސް ވިދާޅުވީ ހަމަހަމަކަމާއެކު ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު ހުރިހާ ކެންޑިޑޭޓުންނަށް ލިބިގެންވާއިރު ފުލުހުންގެ މުވައްސަސާއިން އިބޫގެ އަބުރުފުޅަށް ހުތުރުވާ ޒާތުގެ ވާހަކަ ދައްކައި، ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށްވެސް ހަމަހަމަކަމާއެކު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް އެއްބާރުލުން ދެއްވާނެ ކަމަށް ފުލުހުން ވިދާޅުވެފައި ނުވާއިރު، އިބޫއަށް ކެމްޕެއިން ކުރެވޭ ފަދަ މާހައުލެއް ދައްކަން މަސައްކަތް ނުކުރާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުންގެ މުވައްސަސާއިން ވަކި އަތަކަށް ބުރަވެ، ސިޔާސީ ކުލަޖެހިފައިވާކަމަށް އިޝާރާތް ކުރައްވާ އަނަސް ވިދާޅުވީ، ފުލުހުންގެ މުވައްސަސާއިން ސިޔާސީ ސްޓޭޓްމެންޓްތައް ނެރެމުން އަންނަ ކަމަށެވެ. ކެމްޕެއިން މިހާތަނަށް އައިއިރު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްއަށް އަމާޒުކޮށް ހުޅުމާލެއިން ދެވުނު ހަމަލާވެސް ތަހްޤީޤް ކުރެވިފައިނުވާ ކަމަށް އަނަސް ވިދާޅުވިއެވެ.

"ހުޅުމާލެއިން އިބޫ ގަޔަށް ކަޅުތެޔޮޖެހި. އަދިވެސް ތަހްގީގު ކުރެވިފައިނެތް. އެ މީހަކުވެސް ހޯދާފައެއް ނެތް، ރައީސް ނަޝީދު ކަރުބުރިކޮށްލަން ގޮވާލީ މީހާވެސް ހޯދިފައެއް ނުވޭ،" އަނަސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ފުލުހުންގެ މުވައްސަސާގެ އަމަލުތަށް މިހާރު ހުރި ގޮތާއި ދޭތެރޭ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ފުލުހުންގެ މަސްއޫލިއްޔަތަކީ ޤައުމުގެ އަމާންކަން ބެލެހެއްޓުން ކަމަށްވާއިރު، ފުލުހުންގެ މުވައްސަސާގައި ވަރަށް ބޮޑަށް ސިޔާސީ ކުލަޖެހިފައިވާ ކަމަށެވެ.

"މިހާތަނަށްވެސް ކުށެއް ކޮށްފައިނުވާ މީހެއް އިބޫއަކީ، ފުލުހުން އަމަލުކުރާ ގޮތާއި ދޭތެރޭ ކަންބޮޑުވޭ" ސަމީރު ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ފުލުހުންގެ މުވައްސަސާގެ އަމަލުތައް މިހާރު ހުރި ގޮތާއި ދޭތެރޭ ކަންބޮޑުވެ، ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ނުއުމާން ވިދާޅުވީ ރިޔާސީ އިންތިޚާބު އޮންނަ ދުވަހު ހަމަނުޖެހުން ހިންގަން ބަޔަކު މަސައްކަތް ކުރާ ކަމަށް ބުނެފައިވާއިރު، އެއީ ކޮން ބައެއްކަން އަދިވެސް ބުނެފައިނުވާ ކަމަށެވެ.

"ގުޅިފައިވާ ޕާޓީތަކުން އެންމެ ބޮޑު އިސްކަމެއްދެނީ ސުލްހަ މަސަލަސް ކަމަށް. އެހެންކަމުން ހަމަނުޖެހުމެއް ހިނގާފާނެ ފަދަ އެއްވެސް ކަމަކަށް ގުޅިފައިވާ ޕާޓީތަކުން ތަރުހީބް ނުދޭނެ،" ނުއުމާން ވިދާޅުވިއެވެ.

މައުމޫން ރިފޯމް މޫވްމަންޓްގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ފުލުހުންގެ ތެރެއިން މަދު ބަޔަކު ސިޔާސީ ވެގެން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާ ކަމަށެވެ.

" ތަހްގީގް ކުރަންޖެހޭ މައްސަލަތައް ތަހުގީގު ނުކޮށް، އެހެން ކަންތައް ތަހުގީގުކުރަން މަސައްކަތް ކުރަނީ. ފުލުހުން ކެމްޕެއިން ކުރަން އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ދައްކަން މަސައްކަތް ކުރަނީ،" އަމީތު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް