Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ކުޑަފަރި ސިވިލް ސާރވިސް މުވައްޒިފުން ދިިން ވަރުގަދަ މެސެޖް: ވަޒީފާއިން ކަނޑާލިޔަސް ހެޔޮ، އިންސާފުގެ މަގަށް ނިކުމޭ!

11 ސެޕްޓެމްބަރު 2018 | އަންގާރަ 13:54

އިބޫ ވަނީ ސިވިލް ސާރވިސްގެ މުވައްޒިފުން ދެއްކެވި ހިތްވަރަށް ސާބަސް ދެއްވާފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 ސެޕްޓެމްބަރު 2018 | އަންގާރަ 13:54
ނ. ކުޑަފަރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

ނ. ކުޑަފަރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

ނ. ކުޑަފަރީ ސިވިލް ސާރވިސްގެ ގިނަ އަދަދެއްގެ މުވައްޒިފުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދުކުރާކަން ހާމަކޮށް، ސިވިލް ސާރވިސް މުވައްޒިފުންނަށް "އިންސާފުގެ މަގަށް" ނިކުތުމަށް ގޮވާލައިފި އެވެ.

ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނ. ކުޑަފަރީއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ސިވިލް ސާރވިސްގެ ގިނަ އަދަދެއްގެ މުވައްޒިފުން ވަނީ ބައިވެރިވެފަ އެވެ. އަދި އެ މީހުން ވަނީ "އިންސާފުގެ މަގަށް ސިވިލް ސާވެންޓުން ނުކުމެ" ލިޔެފައިވާ ބެނާއެއްވެސް ބޭނުންކޮށްފަ އެވެ.

Advertisement - newsAdvertisement

އެ މުވައްޒިފުންގެ ތެރޭގައި ސުކޫލްގެ މުދައްރިސުންނާއި، ސުކޫލްގައި މަސައްކަތްކުރާ މުވައްޒިފުންގެ އިތުރުންވެސް ސަރުކާރުގެ އެެހެން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒިފުން ހިމެނެ އެވެ.

ބައްދަލުވުމުގައި ވާހަކަދެއްކި މުވައްޒިފަކު ބުނީ ބިރު ފަހަނައަޅައި ދިޔުމަށްފަހު ގިނަ ސިވިލް ސާރވިސްގެ މުވައްޒިފުން ނިކުތީ ޤައުމުގެ މުސްތަގުބަލަށްޓަކައި ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރިނަމަވެސް ފަރުވާލެއް ނެތް ކަމަށާއި، އިބޫގެ ވެރިކަމެއްގައި ވަޒީފާ އަލުން އަބުރާ ލިބޭނެކަމުގެ ޔަޤީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބޫ ވަނީ އެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ. އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅާ ދެކޮޅަށް އެންމެ ބޮޑަށް ސަރުކާރުން ކުރަމުންދާ ކެމްޕެއިނަކީ ސަރުކާރުގެ މުވައްޒަފުންނަށް ބިރު ދެއްކުމުގެ ކެމްޕެއިނެވެ. އެ ބިރަށް ނޫނޭކޭ ބުނެ ކުރިއަށް ނުކުތުމަކީ އުފަލެއް ކަމަށެވެ. ބައިވެރިވާ ސިޔާސީ ހަރަކާތަކާ ގުޅިގެން ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށާއި އެއީ ކުށެއް ކަމަށެވެ.

"މި ރަށުގެ ސިވިލް ސާވެންޓުގެ ބޮޑު ބައެއް ނުކުމެ އެ ތިބީ އިސްލާހަށް މިކުރާ މަސައްކަތުގައި ފަހަތަށް ނުޖެހި ކުރިއަށް ވަޑައިގެން މި މަސައްކަތުގައި އުޅުއްވަން، ވަރަށް ޝުކުރިއްޔާ އެ ބޭފުޅުންނަށް، މިއީ ކުޑަފަރީގެ ހިތްވަރު، ކުޑަފަރީގެ ނަމޫނާ،" އިބޫ ވިދާޅުވި އެވެ.

ނ. ކުޑަފަރިއަކީ ސަރުކާރު ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އުފަން ރަށެވެ. އެ ރަށަކީ އަބަދުވެސް އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ކޮންމެ އިންތިހާބެއްގައިވެސް އެ ރަށުގެ މެޖޯރިޓީ ލިބެނީ އިދިކޮޅު އެމްޑީޕީއަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް