Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްޓައިލޯ ސެލޫން

ސްޓައިލޯ ސެލޫން: ތަފާތު ސެލޫނެއް

ބޭސިކް އަދި އެޑްވާންސް ބިއުޓީ އާއި ގުޅޭ ތަފާތު ގިނަ ކޯސްތަކެއް ދަނީ ހިންގަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 ޖެނުއަރީ 2017 | ހޯމަ 17:40
ސްޓައިލޯ ސެލޫން

ސްޓައިލޯ ސެލޫން

ކުޑައިރުން ފެށިގެން ބިއުޓީއަށް ޝައުގުވެރިވާ ސްޓައިލޯ ސެލޫންގެ ވެރިޔާ ފާތިމަތު ޝްރިޔާ ގަބޫލުކުރާ ގޮތުގައި ރީތި ވުމަކީ އަންހެންނަށް ވަކިން ހާއްސަ ވެފައިވާ ކަމެއް ނޫނެވެ. ފިރިހެނުންނަށް ވެސް ރީތިވުމުގެ ފުރުޞަތު އެބައޮތް ކަމަށް އޭނާ ގަބޫލުކުރެއެވެ.

ޝްރިއާ ބުނިގޮތުގައި މިދާއިރާއިން ބިއުޓީގެ އެކި އެކި ކޯސްތަކުގައި ބައިވެރި ތައުލީމް ހާސިލްކޮށްފައިވާއިރު އަދިވެސް ބޭނުންވަނީ ތަފާތު އެކި އާ ޚިޔާލުތައް މިދާއިރާއަށް ނެރެ ކުރިއެރުވުމެވެ.

އަބަދުވެސް ހުރިހާ ކަސްޓަމަރުންނަށް ވެސް އެއް ލެވެލްއެއްގައި ޚިދުމަތް ދިނުމަށް ބާރު އަޅާ ކަމަށާއި ތަފާތު އެކި ޕްރޮމޯޝަންތަކާ އެކު ރީތިވާން ބޭނުންވާ ކުދިންނަށް އެފުރުޞަތު ހުޅުވާލެވޭތޯ މަސައްކަތް ކުރާ ކަމަށް ޝްރިޔާ ބުންޏެވެ.

ސްޓައިލޯ ސެލޫނުން އެންމެ އިސްކަމެއްދީގެން ދެމުންގެންދާ ޚިދުމަތަކީ މޭކަޕް ކުރުން ކަމަށްވީ ނަމަވެސް ބިއުޓީއާ ގުޅޭ ތަފާތު ގިނަ ޚިދުމަތްތައް ދެމުންގެންދެއެވެ. އޭގެ އިތުރުން ވެކްސިން، މެނިކިޔޯ އަދި ޕެޑިކިއޯ ފަދަ ޚިދުމަތްތައް ދެމުން ގެންދެއެވެ.

މިދާއިރާގައި އެންމެ ބޮޑު ޗެލެންޖެއްގެ ގޮތުގައި އާރޓިސްޓުން އެކަކު އަނެކަކަށް ނުގުޅޭ މައްސަލައަކީ ދެރަވާ މައްސަލައެއް ކަމަށާއި މިފަދަ ކުރިއަށް ދެވެން އޮތް ދާއިރާއެއްގައި އެކަކު އަނެކަކު ގުޅުން ވަރަށް މުހިއްމު ކަމަށް ޝްރިޔާ ފާހަގަކުރި އެވެ.

ކުރިއަށް އޮތްތަނުގައި އަންހެން އަދި ފިރިހެނުންނަށް ވެސް ހާއްސަކޮށްގެން ޙިދުމަތް ދެވޭނެ ފަދަ ސެލޫންއެއް ހުޅުވުމަކީ ކުރެވޭ އުއްމީދެއް ކަމަށާއި ރީތިވުމަކީ ވަކި މީހަކަށް އޮތް ކަމެއް ނޫން ކަމަށް ނިންމާލަމުން ޝްރިޔާ ބުންޏެވެ.

ސްޓައިލޯ ސެލޫނުން ބޭސިކް އަދި އެޑްވާންސް ބިއުޓީއާ ގުޅޭ ތަފާތު ގިނަ ކޯސްތަކެއް އަންނަނީ ހިންގަމުންނެއެވެ.

ސްޓައިލޯ ސެލޫންއަކީ ކަސްޓަމަރުންގެ މެދުގައި ފަހަކަށް އައިސް "ނެޗުރަލް މޭކަޕްއަށް" ލޯބި ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދަމުން އަންނަ ސެލޫންއެކެވެ. އަދި މި ސެލޫންގެ ތަފާތު ކަމަކީ ވެސް މީހާގެ ހުންނަ ކުލައާ އެއްވަރަށް މޭކަޕް ކޮށްލުމާއި ނެޗުރަލް ލުކްއަށް ބަދަލެއް ނުގެނެސް ކޮށްލާ ރީތި މޭކަޕެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2018

އުރީދޫގެ އަހަރީ ދުވަހުގައި މުވައްޒަފުންގެ ފަރާތުން އަނެއްކާވެސް ތަފާތު ކަމެއް!

12 އޯގަސްޓު 2018
އުރީދޫގެ އަހަރީ ދުވަހުގައި މުވައްޒަފުންގެ ފަރާތުން އަނެއްކާވެސް ތަފާތު ކަމެއް!
11 އޯގަސްޓު 2018

ނަޝީ ކޭކްސްގެ އައުޓްލެޓެއް ވަރަށް ތަފާތު ހިދުމަތްތަކާއެކު ހުޅުމާލޭގައި ހުޅުވައިފި

11 އޯގަސްޓު 2018
ނަޝީ ކޭކްސްގެ އައުޓްލެޓެއް ވަރަށް ތަފާތު ހިދުމަތްތަކާއެކު ހުޅުމާލޭގައި ހުޅުވައިފި
26 ޖުލައި 2018

މިނިވަން ދުވަހާއި ގުޅުވައިގެން ޕޮއިސްއިން ތަފާތު މީރުވަހެއް!

26 ޖުލައި 2018
މިނިވަން ދުވަހާއި ގުޅުވައިގެން ޕޮއިސްއިން ތަފާތު މީރުވަހެއް!
23 ޖޫން 2018

ޔުނައިޑެޓް ފުޑް ސަޕްލައިސްގެ އާ ފިހާރު: ރީޓެއިލް ދާއިރާއަށް ތަފާތު ރަހަތަކެއް

23 ޖޫން 2018
ޔުނައިޑެޓް ފުޑް ސަޕްލައިސްގެ އާ ފިހާރު: ރީޓެއިލް ދާއިރާއަށް ތަފާތު ރަހަތަކެއް
12 ޖޫން 2018

ވަރަށް ތަފާތު އޮފަރތަކާ އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި

12 ޖޫން 2018
ވަރަށް ތަފާތު އޮފަރތަކާ އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު