Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫގެ އަހަރީ ދުވަސް

އުރީދޫގެ އަހަރީ ދުވަހުގައި މުވައްޒަފުންގެ ފަރާތުން އަނެއްކާވެސް ތަފާތު ކަމެއް!

އުރީދޫގެ ހުރިހާ ޑިޕާޓްމެންޓްތަކުން ބައިވެރިވެފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2018 | އާދީއްތަ 14:39
އުރީދޫ އިންޓަރ ޑިޕާޓްމެންޓް ޗެލެންޖު

އުރީދޫ އިންޓަރ ޑިޕާޓްމެންޓް ޗެލެންޖު

އުރީދޫގެ އަހަރީ ދުވަސް ފާހަރަކުރުމުގެ ގޮތުން އުރީދޫ ޑިޕާޓްމެންޓްތަކުގެ މެދުގައި ތަފާތު ޗެލެންޖުތަކެއް ބާއްވައިފިއެވެ.

އުރީދޫއިން ކުރިއަށް ގެންދިޔަ މިހަރަކާތުގައި އުރީދޫގެ މުވައްޒަފުން އޮފީހުގެ ކޮންމެ ފްލޯއަކުންވެސް ވަނީ ހަނދާނީ ބިނާއެއް ތައްޔާރުކޮށްފައެވެ. އެގޮތުން ތަފާތު އެކި ކަންކަން ދައްކުވާދޭ ބިނާތައް ވަނީ ތައްޔާރުކޮށްފައެވެ.

އުރީދޫގެ ސޭލްސް ޑިޕާޓުމެންޓުން މިފަހަރުގެ ޗެލެންޖުގައި ތައްޔާރުކޮށްފައިވަނީ ގޭމް އޮފް ތްރޯންސް ތީމަށް ބިނާއެކެވެ. އެގޮތުން "ވިންޓަރ އިޒް ކަމިންގ" އާއި ގުޅުވާލާއި ސޭލްސް ޑިޕާޓްމެންޓުން ބޭނުންކޮށްފައިވަނީ "ޑިޖިޓަލް އިޒް ކަމިންގ" އެވެ.

އެ ބިނާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް އުރީދޫ އިން ފުޅާ ކުރެވިގެންދިޔަ ގޮތް ވަނީ ދައްކާލާފައެވެ.

"މިބިނާއިން އުރީދޫ އިން މިހާތަނަށް ރާއްޖޭގެ އެކި ތަންތަނުގައި އަޅުގަނޑުމެންގެ ސަރވިސް ލިބޭ ސިގްނަލްތައް ފެނިގެންދާނެ." ސޭލްސްގައި މަސައްކަތް ކުރާ އުރީދޫ މުވައްޒަފެއް ބުންޏެވެ.

އުރީދޫ ސޭލްސް ޑިޕާޓްމެންޓުން ތައްޔާރުކުރި ބިނާ

މީގެ އިތުރުން އުރީދޫގެ ކަސްޓަމަރ ކެއަރ އާއި ކޮމަރޝަލް އެންޑް އެޗްއާރް އާއި ފައިނޭންސް ޑިޕާޓްމެންޓް އާއި ޓެކްނޮލޮޖީ އާއި އެންޓަރޕްރައިޒް ޑިޕާޓްމެންޓުންވެސް ވަނީ ތަފާތު އެކި ކަންކަން ދައްކުވައިދޭ މޮނިއުމެންޓްތައް ތައްޔާރުކޮށްފައެވެ.

އެގޮތުން ކޮމަރޝަލް އެންޑް އެޗްއާރް ޑިޕާޓްމެންޓުންވެސް ވަނީ ދިވެހި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަންޒަރުތައް ދައްކުވައިދީފައެވެ. ތައްޔާރުކޮށްފައިވާ ބިނާ އިން މިނިވަން ކަމުގެ އެއްބަސްވުން ދައްކުވައިދެއެވެ.

"ރާއްޖެއަށް މިނިވަންކަން ލިބިގެންދިޔައީ އެއްވެސް ވަރަކަށް ލޭއޮހޮރުވުމެއް ނެތިކަން ދައްކުވާދީފައިވޭ. ދުނިޔޭގެ ވަރަށް ބޮޑެތި ހަނގުރާމަކޮށްގެންވެސް މިނިވަންކަން ހޯދާފައިވޭ. ރާއްޖޭގައި ގަލަމުގެ ބޭނުންކޮށްގެން މިނިވަންކަން ހޯދާފައިވަނީ. އެގޮތުން މިނިވަންކަމުގެ ބިނާއެއް ތައްޔާރުކޮށްފައިވަނީ،" މުވައްޒަފަކު ބުންޏެވެ.

އުރީދޫ ކޮމަރޝަލް އެންޑް އެޗްއާރް ޑިޕާޓްމެންޓުން ތައްޔާރުކުރި ބިނާ

ފައިނޭންސް ޑިޕާޓްމެންޓުންވަނީ މުޅި ދުނިޔެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅާލެވިފައިވާ މިންވަރު ފެނިގެންދާ ބިނާއެއް ތައްޔާރުކޮށްފައެވެ.

މިފަދަ ބިނާއެއް ތައްޔާރުކުރުމުގެ ބޭނުމަކީ ޓެލެކޮމްގެ ޒަރިއްޔާއިން ގުޅާ ލުމުން މީހުންނަށް ލިބިގެންދާ ފައިދާ،" އުރީދޫގެ މުވައްޒަފަކު ކިޔައިދިނެވެ.

އުރީދޫ ފައިނޭންސް ޑިޕާޓްމެންޓުން ތައްޔާރުކުރި ބިނާ

ޓެކްނޮލޮޖީ ޑިޕާޓްމެންޓުން ދައްކުވާދީފައިވަނީ "ސިމް" އެކެވެ. އެގޮތުން ޓެކްނޮލޮޖީގެ ތެރެއިން ސިމްގެ ބޭނުން ކެނޑި، އޭގެ ބަދަލުގައި ތައާރަފްވެފައިވާ ޓެކްނޮލޮޖީ ތައް މި ބިނާއިން ރަމްޒުކޮށްދެއެވެ.

އުރީދޫ ކަސްޓަމަރ ކެއަރ ޑިޕާޓްމެންޓުން ތައްޔާރުކުރި ބިނާ

މީގެ އިތުރުން ކަސްޓަމަރ ކެއަރ އިންވެސް ވަނީ ދުނިޔެއަށް ދިމާވެފައިވާ ތަފާތު އެކި މައްސަލަތަކާއި އެކު ދުނިޔެ ދައްކުވައިދޭ ބިނާއެއް ތައްޔާރުކޮށްފައެވެ. މީގެ އިތުރުން އެންޓަރޕްރައިސް ޑިޕާޓްމެންޓުންވަނީ ނަސްރުގެ ދުވަހުގެ ހަނދާނީ ބިނާއެއް ދައްކުވައިދީފައެވެ.

މިދިޔަ އަހަރުވެސް އުރީދޫ އިން ވަނީ ތަފާތު ތީމްތައް ހިމެނޭ ގޮތަށް ޑިޕާޓްމެންޓްތަކުން ޗެލެންޖެއް ކުރިއަށްގެންގޮސްފައެވެ.

އުރީދޫގެ މުވައްޒަފުން ބުނީ، މިފަދަ ހަރަކާތެއް މުވައްޒަފުންގެ މެދުގައި ބޭއްވުމުގެ ސަބަބުން އެއް ފްލޯއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމަށެވެ. އަދި އާންމުކޮށް ނުކުރާ ކަންކަން ކޮށް މުވައްޒަފުންގެ ކްރިއޭޓިވިޓީ ދައްކާލުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް އުރީދޫގެ މުވައްޒަފުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

31 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު