Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސަންފްރަންޓް ސޭލް

ސަންފްރަންޓް މިރަކަލް ސޭލް މިފަހަރު ވަރަށް ތަފާތު!

މިރަކަލް ސޭލް ފަށާފައިވަނީ އޭޕްރިލް ހަވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އެޕްރީލު 2018 | ބުދަ 09:52
ސަންފުރަންޓް ލިވިންގް ޝޯރޫމް

ސަންފުރަންޓް ލިވިންގް ޝޯރޫމް

ކޮންމެ ރޯދަމަހަކާ ދިމާކޮށް ސަންފްރަންޓުގެ ފަރާތުން ބާއްވަމުން އަންނަ މިރަކަލް ސޭލް އޭޕްރިލް ހަވަނަ ދުވަހު ވަރަށް ތަފާތުކޮށް ފަށައިފިއެވެ.

ސަންފުރަންޓް ލިވިންގގައި ބާއްވާ މި ހާއްސަ ސޭލް މި އަހަރުވެސް ކުރިއަށްދާނީ ރޯދަމަސް ފެށުމާއި ހަމައަށެވެ.

ސަންފްރަންޓް ލިވިންގގެ މެނޭޖަރ މުހައްމަދު އިކްރާމް ވިދާޅުވީ ކުރީ އަހަރުތަކާއި ޚިލާފަށް މި އަހަރުގެ ސޭލް ތަފާތުވާނެ ކަމަށާއި ސޭލްގެ މުއްދަތުގައި ކުރިން ސާމާނު ވިއްކަމުން ދިޔަ އަގަށްވުރެ ހެޔޮ އަގެއްގައި ސާމާނުތައް ލިބިގެންދާނެ ކަމަށެވެ.

ސޭލްގެ މުއްދަތުގައި ހެޔޮއަގެއްގައި ތަކެތި ވިއްކުމަށް ނިންމާފައިވާއިރު ސޭލްގައި ބަދިގޭގައި ބޭނުން ކުރާ ސާމާނާއި، ފަރުނީޗަރާއި އަދި ގޭތެރެއަށް ބޭނުންވާ އެހެނިހެން ސާމާނު ލިބޭނެ ކަމަށް ސަންފްރަންޓުން ބުންޏެވެ.

ސަންފްރަންޓުން އިތުރަށް ބުނީ އެތަނުން ގަންނަ މުދާ މާލެ އަދި ހުޅުމާލޭގެ ރައްޔިތުނަށް ގެއާއި ހަމައަށް ޑެލިވަރީ ކޮށްދޭނެ ކަމަށާއި ވިލިމާލޭގެ ރައްޔިތުންނަށް ފެރީ އާއި ހަމައަށް މުދާ ފޯރުކޮށްދޭނެ ކަމަށެވެ. އަދި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކުންވެސް މުދާ ގަތުމުން ދޯނި ފަހަރަށް މުދާ ފޯރުކޮށްދޭނެ ކަމަށްވެސް ސަންފްރަންޓުން ވަނީ ބުނެފައެވެ.

ސަންފްރަންޓުން ބުނީ މި ޕްރޮމޯޝަންގެ ތެރެއިން، އެކިއެކި ފައިނޭންސް ލީސިންގް ސްކީމްތައް މެދެވެރިކޮށްވެސް ވިޔަފާރި ކުރެވޭނެ ކަމަށެވެ.

ސަންފްރަންޓުން ބުނީ ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް ސޭލް ބޭއްވުމުގެ މަޤްސަދަކީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތެކެތި ފޯރުކޮށްދިނުން ކަމަށެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

23 އޯގަސްޓު 2017
އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ
14 އޯގަސްޓު 2017

ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

14 އޯގަސްޓު 2017
ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
05 އޯގަސްޓު 2017

މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް

05 އޯގަސްޓު 2017
މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް
21 ޖޫން 2017

މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!

21 ޖޫން 2017
މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!
10 ޖޫން 2017

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު