Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫ އެވާހަކަފުޅު ދެއްކެވީ ފުލުހުން ބަދުނާމުކުރުމުގެ އެއްވެސް ނިޔަތެއްގައެއް ނޫން: މާރިޔާ

11 ސެޕްޓެމްބަރު 2018 | އަންގާރަ 12:12

ރައީސް ޔާމީން ވިދާޅުވެފައިވޭ ފުލުހުންނަކީ ވަރަށް ކޮރަޕްޓް ބަޔެކޭ: މާރިއާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ސެޕްޓެމްބަރު 2018 | އަންގާރަ 12:12
އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ

އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ

ދިވެހި ފުލުހުންގެ މުއައްސަސާ ބަދުނާމުކުރުމުގެ އެއްވެސް ނިޔަތެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ނެތްކަމަށް އެމަނިކުފާނުގެ ތަރްޖަމާނު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ. މާރިއާ މިހެން ވިދާޅުވީ އިބޫ ފުލުހުން ބަދުނާމުކޮށް ކަންތައްތަކެއް ހާމަކޮށްފައިވާކަމަށް ބުނެ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ޝިފާނު ވިދާޅުވީ ގަސްދުގައި ފުލުހުންނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. ރައްޔިތުންނާއި ފުލުހުންނާ ދެމެދު ރައްޔިތުންގެ ވިސްނުން ބަދަލު ކުރުމަށްޓަކައި ގަސްތުގައި މި ފަދަ ވާހަކަތައް ދެއްކުމަކީ ފުލުހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝިފާން ވިދާޅުވީ ފުލުހުން މިކަން ބަލައި، ކަން ހިނގާފައިވާ ގޮތް ދިރާސާކުރުމުން އެފަދަ ހާދިސާއެއް އޯގަސްޓްމަހުގެ 14 ވަނަ ދުވަހު ހިނގާފައިވާ ކަމަށެވެ. ނަމަވެސް އެކަން ހިންގާފައިވަނީ އިބޫ އެ ވިދާޅުވި ގޮތަށް ނޫން ކަމަށް ވެސް ޝިފާނު ވިދާޅުވި އެވެ.

އިބޫ ވިދާޅުވެފައި ވަނީ އިބޫއަށް އެކަން ދިމާވި މީހަކު ހިއްސާކުރި މައުލޫމާތެވެ.

"ކަނޑު ގަދަވެގެން ދޯނި އަޑިއަށްދާން ފެށި. މެއާއާ ހިސާބަށް ފެން އަރާފައި ހުއްޓާ ފުލުހުންނަށް ތިމަންނަ ގުޅާލީމޭ. ގުޅާފަ ބުނީމޭ ދޯނި އަޑިއަށްދަނިއްޔޭ. ތިމަންނައަށް އެހީތެރިވެދޭށޭ. ކުޑަ އިރުކޮޅަކުން އެހެން ކޯލެކޭ އައީ. އެކޯލުގައި ބުނީ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަންހޭ. ތިމަންނަ ބުނީމޭ ތިމަންނަގެ ދޯނި މިއޮތް އަޑިއަށްދަނިއްޔޭ. ތިމަންނައަށް ތިވާހަކައެއް ނެތޭ ދެއްކޭކަށް. ތިމަންނަ ވޯޓުދޭނީ އިންސާފަށޭ. ކުޑައިރުކޮޅަކުން ފުލުހުން ގުޅައިފި. ގުޅާފައި ބުންޏޭ މިވަގުތަކު ލޯންޗެއް ނެތޭ ފޮނުވޭކަށް. ލޯންޗެއް ހަމަޖައްސާފިއްޔާ ތިމަންނަމެން ތިތަނަށް ދާނަމޭ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޯނި އަޑިއަށޭ ދިޔައީ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވެފައި ވަނީ މިކަމުން އެނގިގެންދަނީ އިންސާފު ނެތް މިންވަރު ކަމަށާއި މިކަން ވެގެން ގޮސްފައި ވަނީ ވަކި ކުލައަކަށް ވަކި ބަޔަކަށް ތާއީދު ކުރައްވާތީ ކަމަށެވެ.

މާރިއާ ވިދާޅުވީ ފުލުހުން ކުރަންޖެހޭ މާބޮޑެތި މަސައްކަތް ހުއްޓާ ރިޔާސީ ކެންޑިޑޭޓްގެ ވާހަކަތަކެއް ތަހުގީގުކުރާކަމަށް ބުނުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. މާރިޔާ ވިދާޅުވީ ނާއިބު ރައީސްކަމުގައި އަހުމަދު އަދީބު ހުންނަވަނިކޮށް އެމަނިކުފާނު ހައްޔަރުކުރުމާއި ގުޅިގެން ރައީސް ޔާމީން ގައުމާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މުއްސަސާއަކީ ވަރަށް ކޮރަޕްޓް މުއައްސަސާއެއްކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ކަމަށެވެ. އެ ވާހަކަތަކުގެ ތަހުގީގު ކުރައްވަންތޯއޭ ވިދާޅުވެ މާރިއާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް