Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރީ އަޅުގަނޑު: ރައީސް ޔާމީން

11 ސެޕްޓެމްބަރު 2018 | އަންގާރަ 08:36

ތިނަދޫގެ ދެ މެމްބަރުންނަށް ފާޑުވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 11 ސެޕްޓެމްބަރު 2018 | އަންގާރަ 08:36
ރައީސް އަބްދުﷲ ޔާމީން: މެމްބަރުން ދިއުން ފަސޭހަކޮށް ދޫކޮށް ނުލާނެ ކަމަށް ވިދާޅުވި

ރައީސް އަބްދުﷲ ޔާމީން: މެމްބަރުން ދިއުން ފަސޭހަކޮށް ދޫކޮށް ނުލާނެ ކަމަށް ވިދާޅުވި

ޕީޕީއެމް ދޫކޮށް، އިދިކޮޅު ފަރާތްތަކާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު އިއުތިރާފުވެވަޑައިގެންފިއެވެ.

ގދ. ތިނަދޫއަށް ވަޑައިގެން، އެ ރަށުގައި އަންގާރަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމަށް ލިބުނު އެންމެ ބޮޑު ނިކަމެތި ކަމަކީ މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް ދިއުން ކަމަށާއި އެކަމަކީ އެމަނިކުފާނު ފަސޭހަކޮށް، ދޫކޮށްލައްވާނެ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންނަށް މި އައި ނިކަމެތި ކަމަކީ އެއްވެސް ގޮތަކަށް އަޅުގަނޑު މި ޒައާމަތުގައި ހުރެގެން، ފަސޭހަކަމާ އެކީގައި ދޫކޮށްލާނެ ކަމެއް ނޫން. ހަމަ އެ ސަބަބަަށްޓަކާ، އަޅުގަނޑުމެންގެ ޕާޓީ ދޫކޮށްލާފައި އަޅުގަނޑުމެންގެ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރީ އަޅުގަނޑު. ﷲ، އަޅުގަނޑަށް ތައުފީގު ދެއްވީ. އެ މީހުންގެ ގޮނޑި ގެއްލިގެންދިޔައީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިނަދޫގެ ދެ ދާއިރާ ތަމްސީލު ކުރައްވާ ދެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ އޮޑިން ފުންމާލައިގެން، މެމްބަރުންތަކެއް ދިޔައީ ބޭނުންވާ އަމިއްލަ ކަންތައްތަކެއް ފުއްދަން ކަމަށެވެ. މަޖިލިސް އިންތިހާބުގައި ބޮޑު ލަޝްކަރެއް މަޖިލީހަށް ވެއްދި ކަމަށާއި ނަމަވެސް 13 މެމްބަރަކު އެ ޕާޓީ ދޫކޮށް ދިއުމުން، ޕާޓީއަށް ނިކަމެތިކަން ލިބިފައިވާ ވާހަކަ ރައީސް ޔާމީންގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ.

"މިކޮޅަށް އައިސްސަ ދެ ފަރާތަށް ދެފައި ލައިގެން ކުރެވޭނެ ކަމެއް ނޯންނާނެ. ފަހަރުގަ ސުވާލުކޮށްލަންޖެހޭ އެ މީހުންގެ އަނބިންނަށް އިހްލާސްތެރިތޯއޭ ވެސް. މިހާ ހިސާބަށް ކަންތައްތައް ގޮސްފައި މި ހުރީ. އަޅުގަނޑުމެންގެ ޕާޓީއަށް އައި ނިކަމެތި ކަމަކީ މިއީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް އިސް މަސައްކަތެއް ކުރެއްވި ކަމަށް ރައީސް ޔާމީން އިއުތިރާފުވެ ވަޑައިގެންފައި ވަނީ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމަށް ވެރިކަމަށް ކުރިމަތި ނުލެއްވޭ ގޮތް ހެއްދެވި ކަމަށް އަމިއްލަފުޅަށް އެމަނިކުފާނު މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައި ވަނިިކޮށެވެ.

ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެހެން ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ ޗޮއިސެއް އަދި ފުރުސަތެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ. ރާއްޖެއަށް އައިސްފައިވާ ބަދަލަށް ބަލާނަމަ، އެހެން ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ އިންސާފެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ނޫން ކެނޑިޑޭޓަކަށް ވޯޓު ދެއްވުމަށް ޗޮއިސެއް ނެތޭ. އެއަކަށް ފުރުސަތެއް ނެތޭ. އިންސާފުން ހާލަތަށް އައިސްފައި އޮތް ބަދަލަށް ބަލާކަމުގައި ވަންޏާ، އެހެން ނަމްބަރަކަށް ވޯޓު ދެއްވުމަކީ އެއްގޮތަކަށް ވެސް އިންސާފުގެ މީޒާނުން ކިރާ ކަމުގައި ވަންޏާ، އިންސާފުގެ ހަމަތަކުން ފައިސަލާ ކުރާ ކަމުގައިވަންޏާ އެއީ ޗޮއިސެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވޭ ގޮތް ހަދައި، އެ މެމްބަރުންނާ ނުލައި މަޖިލިސް ކުރިއަށް ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވަނީ ވެފައެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސާފު ހުކުމެއް ސުޕްރީމް ކޯޓުން ކޮށްފައި ނުވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެ މެމްބަރުން އިންތިހާބު ކުރަން ބައި އިލެކްޝަނެއް މިހާތަނަށް ނުބާއްވައެވެ. އޭގެ ފަހުން ދާދި ފަހުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވެސް ވަނީ ގުޅިފައިވާ ޕާޓީތަކާ ގުޅިވަޑައިގެންފައެވެ. އަދި ޕީޕީއެމުން ވަނީ އޭނާ ޕާޓީން ވަކިކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް