Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ނަފްސާނީ ބައްޔަށް ފަރުވާދިނުމުގެ ގައުމީ އޮނިގަނޑާ އެކު އިބޫގެ ސިއްޚީ ސިޔާސަތު ހާމަކުރައްވައިފި

11 ސެޕްޓެމްބަރު 2018 | އަންގާރަ 02:30

ކޯލިޝަން ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނެ އެއްކަމަކީ ރައްޔިތުން ދުޅަހެޔޮ ސިއްޚަތެއްގައި ބޭތިއްބުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 ސެޕްޓެމްބަރު 2018 | އަންގާރަ 02:30
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް

ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް އެފަރުވާ އަސަންދައިގެ ދަށުން ކަވަރުކުރެވިގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ށ. އަދި ނ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ހޯމަ ދުވަހުގެ ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނެ އެއް ކަމަކީ ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްޚަތެއްގައި ބޭތިއްބުން ކަމަށާއި، އެކަމަށްޓަކައި ބޮއްސުންލާފައި އޮތް ދައުލަތުގެ ސިއްޚީ ނިޒާމަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ. އެގޮތުން ރާއްޖޭގައި އެކިއެކި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭންޖެހޭ މީހުން މަދުނޫން ކަމަށާއި އެއީ ސަމާލުކަން ދޭންޖެހިފައިވާ ކަމެއް ކަން އިބޫ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ސަރުކާރުގައި މެޑިކަލް ނެގްލިޖެންސް އަދި މެންޓަލް ހެލްތުގެ ޤާނޫނީ ފްރޭމްވޯކް އެކުލަވާލެވިގެންދާނެ ކަމަށާއި މެޑިކަލް ކައުންސިލް ފަދަ ގުނައަންތަކުގެ ދައުރު ސިއްޚީ ދާއިރާގައި ފުޅާކޮށް އެ އިދާރާތައް ހިންގުމުގެ އުސޫލްތައް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ ޤާނޫނީ ބަދަލުތައް ގެނެވިގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ސއްޚީ ދާއިރާ އާއި އެ ދާއިރާގައި މަސައްކަތްތެރިންނާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ހިމާޔަތް ލިބޭނެ ގާނޫނީ ނިޒާމެއް އެކަށައަޅައި ފުރިހަމަ ގޮތުގައި ތަންފީޒް ކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގައި އާސަންދައިގެ ޚިދުމަތް ތަޢާރަފް ކުރެވުނީ ޒަމާނުއްސުރެ މިގައުމުގައި އޮތް ބޭސްފަރުވާއަށް ސަލާންޖެހުމުގެ މަޖުބޫރީ ހާލަތު ބަދަލުކުރުމަށް ކަމަށާއި ނަމަވެސް އާސަންދައިގެ ނިޒާމް ތަޢާރަފްކުރި މަގްސަދު ހާސިލް ނުވެ އަދިވެސް ސިއްޚީ އެކި ބޭނުންތަކަށް، ޚާއްސަކޮށް ބޮޑެތި ބަލިތަކަށް ފަންޑުފޮށި ހުޅުވަން މިއަދު ޖެހިފައިވާކަން އިބޫ ފާހަގަ ކުރެއްވިއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގެ ތަސައްވުރަކީ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި އާސަންދައިގެ ނިޒާމްގެ މަންފާ ލިބޭ ގޮތަށް އޮތް ނިޒާމެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އަވަށްޓެރި ގައުމުތަކުގައި ދިގުމުއްތަގުގެ ވިސާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާރު ނުލިބޭ މެޝިނަރީ ސާރވިސް ފޯރުކޮށްދީ އެޚިދުމަތް ފުޅާކުރުމަކީ ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަސައްވުރުގައި އޮތް ކަމެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ނޭޝަނަލް އެމްބިއުލާންސް ނިޒާމެއް ގާއިމްކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ލިބޭ ގޮތަށް ކަނޑާއި އެއްގަމާއި ވައިގެ އެމްބިއުލާންސްގެ ޚިދުމަތް އެއް މަރުކަޒަކުން ބެލެހެއްޓި އަދި އަވަސް ތެރަމެޑިކް ޚިދުމަތް ލިބޭނެ ގޮތަށް ކޯލިޝަން ސަރުކާރެއްގައި ހަމަޖެހިގެންދާނެ ކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭންޖެހޭ ސިއްޚީ ޚިދުމަތަކީ ވެސް ހަރުދަނާ ކުރަންޖެހިފައިވާ ކަމެއް ކަމަށާއި ކޯލިޝަން ސަރުކާރުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޅަފަތުގައި ސިއްޚީ އެހީތެރިކަމާއި އަޅާލުން ލިބޭނެ ގޮތަށް ސިއްޚީ ނިޒާމްގެ ތެރެއިން ފަސޭހައިން ޚިދުމަތް ލިބޭނެ އުސޫލެއް ގާއިމް ކުރެވިގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ލޭ އެޅޭނެ ގޮތް އެކި ސަރަހައްދުތަކުގައި ގާއިމުކުރެވޭ ހޮސްޕިޓަލްތަކުގައި ލިބިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ސިއްޚީ ދަޢިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަން ނުކުރެވޭ ކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެކި ދާއިރާތަކުގެ ސިއްޚީ ޚިދުމަތްތެރިންގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް މުސާރައިން ހެޔޮ ބަދަލެއް ކޯލިޝަން ސަރުކާރުގެ ވެރިކަމުގައި ގެނެސްދެވޭނެ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރުގައި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރެވޭއިރު ހެލްތުވޯކަރުންނާއި ނަރުހުންގެ މުސާރަ ވެސް ބޮޑު ކުރެވިގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ހަތަރު ސަރަހައްދެއްގައި ފެންވަރު ރަގަޅު ހަތަރު ހޮސްޕިޓަލް ގާއިމް ކުރެވޭނެ ކަމަށާއި މި ހޮސްޕިޓަލްތަކުން ޒަމާނީ ވަސީލަތްތަކާ އެކު އެކި ދާއިރާތަކަށް ޚާއްސަ ސްޕެޝާލިސްޓުން މި ހޮސްޕިޓަލްތަކުގައި ތިއްބަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ހެލްތު ސެންޓަރުތަކުގައި ލެބޯޓްރީ އާއި އެކްސްރޭ އާއި ޑޮކްޓަރުންގެ ޚިދުމަތް ލިބޭ ގޮތް ހަމަޖެހި އަތޮޅު ހޮސްޕޓަލްތަކާއި ޓާޝަރީ ހޮސްޕިޓަލްތަކަށް ފަސޭހައިން ދަތުރު ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
14 މާރިޗު 2017

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

14 މާރިޗު 2017
ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު
10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
06 މާރިޗު 2017

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް